ޖޭޕީގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ކުރީގެ ރައީސް މައުމޫނާ ސަލާމް ކުރައްވަނީ: އިދިކޮޅު ކޯލިޝަން ގުޅިގެން އެއް ކެންޑިޑޭޓަކު ނެރެން ނަޝީދު ވަނީ ގޮވާލައްވާފައި---މިހާރު ފޮޓޯ: ހުސެއިން ވަހީދު
21 އޮކްޓޯބަރ 2017 - 19:00
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތައް ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާ ކުރަން ޖުމްހޫރީ ޕާޓީން ތައްޔާރު ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިޔާޒް އެގޮތަށް ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބުގައި ހޮވަން ޖެހޭނީ އިދިކޮޅު ފަރާތްތައް ގުޅިގެން ނެރޭ އިންތިގާލީ ރައީސެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން ރިޔާޒް ކުރެއްވި ޓްވީޓެއްގައިވަނީ އަންނަ ރިޔާސީ އިންތިޚާބާއި 2019 ގައި އޮންނަ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު ކޯލިޝަން ގުޅިގެން މަސައްކަތް ކުރާނެ ގޮތާ ބެހޭގޮތުން މަޝްވަރާ ކުރަން ޖުމްހޫރީ ޕާޓީން ތައްޔާރު ކަމަށެވެ. މިއީ ނަޝީދު އެ ގޮވާލެއްވުމާ ގުޅިގެން އިދިކޮޅު ކޯލިޝަންގެ ޕާޓީއަކުން ޖަވާބު ދިން ފުރަތަމަ ފަހަރެވެ.
އިނގިރޭސިވިލާތުގެ ހިމާޔަތުގައި މިވަގުތު ހުންނެވި ނަޝީދު ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަން ގުޅިގެން އިންތިގާލީ ރައީސަކު ހޮވުން ނޫން އިތުރު ގޮތެއް ނެތް ކަމަށާއި މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.
އިދިކޮޅު ކޯލިޝަން ހުރިހާ ލީޑަރުންހެން މިވަގުތު ތިއްބެވީ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ފަދަ ހާލަތެއްގަ އެވެ. ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާނަށް ދިގު ޖަލު ހުކުމެއް އައިސް، އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ގެއްލިފައިވާއިރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ކުރީގެ ރައީސް މައުމޫނަށް 65 އަހަރު ފުރިފައިވާތީ ރިޔާސީ އިންތިޚާބުގައި އެ ދެ ބޭފުޅުންނަށް ވާދައެއް ނުކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮކަންޑިމޭން
22 October 2017
މަޝްވަރާކޮށްގެން އަލިމަގެއް ނުފެންނާނެ. އެންމެންވެސް ބޭނުންވަނީ ވެރިކަން. ވެރިކަމަށް މީހަކު ނެރެންޖެހޭ ހިސާބުން ހުޅު ފަޅައިގެންދާނެ. މިއީ އަމިއްލަ މައިންބަފައިންނާއި ރޭދުވާ ޔަޤީންވާ ފަދައިން ޔަޤީންވާ ކަމެއް.
ޝަހާމު ޝަރީފް
22 October 2017
އިދިކޮޅު ޕާޓީތައް ފޭއިލްވީ، މިހާ ދުވަސްވީއިރުވެސް ޕާޓީގައިތިބި ނުފޫޒްގަދަ ދެތިން މީހެއްގެ ކިބައިން ޕާޓީތައް މިނިވަންކޮށް މިނިވަން އިންތިހާބަކުން ހޮވާ ޕާޓީގެ ރައީސަކަށް ނުވަތަ ޕްރައިމަރީއަކުން ހޮވާ ކެންޑިޑޭޓެއް ޢާންމުންނަށް ދާއްކާ އޭނާ މުޅި ބިމަށް ރުކުރުވާލަން ނުކެރިގެންނެވެ. އެހެންނޫނަމަ، 2018 ގެ އިންތިހާބުގެފުރަތަމަ ބުރުގައި ޖޭޕީގެ ފަރާތުން އުމަރުނަސީރު، އެމްޑީޕީގެ ފަރާތުން، ޕްރޮފެސަރު އުގައިލް ހުންނާނީ މިހާރު ހަމަޖެހި ނިމިފައެވެ. ދެވަނަ ބުރަކަށް ދާއިރު ދެއްތޯ އަނެއް ކެންޑިޑޭޓަކަށް ތާއީދުކޮށްގެން ކުރިއަށްދާނީ....!
ހެހެހެހޭ
22 October 2017
ބާގީ އޯކޭ ކޯލިޝަން؟
ހުސޭނުބެ
22 October 2017
ގުޅިގެން ކުރާކަށް ދެން މާގިނަ ކަންތައްތަކެއް ނުހުންނާނެ!!! ހުރިހާ ކުޅިއެއްވަނީ ކުޅެ ނިމިފަ!! ބެދިތާށިވެފަ!!! އަރާނެ އިތުރު ގެއެއް ނެތް!!! ސަރުކާރުންވަނީ ބޮނދު ބުޑަށް ސައިކިޔާފަ!!!
ހަސަނު
22 October 2017
މި ވަގުތު އެހެން ގޮތެއް ނެތް.. ގައުމު މިވަނީ ހާއްސަ ހާލަތެއްގާ.. މީ ހުރިހާ ސިޔާސީ މީހުން ގުޅިގެން ގައުމު ސަލާމަތް ކުރަން ވީ ވަގުތު.. އޭގެ ފަހުން ސިޔާސީ ވިސްނުމަށް ދީލާލަން ވާނީ...
4432
21 October 2017
އެނެއް ކޯލިށަން އެނެއްކާ... ކުޅޭ ކުޅިވަރަކަށް ހަދައިފި މިކަންތައްވެސް.
ޔަަނަ
21 October 2017
ޔެސް
ނަނާހުވަފެން ދުށީމޭ
21 October 2017
އުގުޅިގެން ނުކުމެ ވެރިކަންހޯދާ ވެރިކަންވައްޓާ... އެއްފޮށިން ހޮވާފަ އަނެއްފޮށިން ވައްޓާފަ. މިވެސް ލީޑަރުންނޯ.
ކުނި
21 October 2017
މުޅި ގައުމު އެކުގާ މި އަނިޔާވެރިކަމަްq ނޫނެކޭ ބުނަންޖެހޭ
ޙަސަން
21 October 2017
މުޅި ޤައުމު އެއްކޮށް މި އަނިޔާވެރިކަމާ ދެކޮޅަށް ނުކުންނަމާ ...
4453
21 October 2017
އެއްއިރެއްގެ އެމްޑީޕީން އަނިޔާވެރިޔަކަށް ގޮވި މިހަކާއެއްކޮށް މިހާރު އެނެއްކާވެސް އަނިޔާވެރިކަމޭކިޔައިގެން ތިނިކުންނަން އުޅެނީ..