ކުރީގެ ރައީސް ނަޝީދު ރައީސް ޔާމީން ހުވާކުރެއްވި ދުވަހު ސަލާމްކުރައްވަނީ.
21 އޮކްޓޯބަރ 2017 - 22:38
ދިވެހިން އިންތިގާލީ ސަރުކާރެއް ބޭނުމެއް ނުވާ ކަމަށް ބުނެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޕީޕީއެމް ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ފާޑު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ހޮވަންޖެހޭނީ އިންތިގާލީ ރައީސެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ މުޚާތަބު ކުރައްވައި، ނަޝީދު ވިދާޅުވީ މިހާރު ކަންކަން ހިނގަމުންދާ ގޮތަށް ބަލާއިރު މިނިވަން އިންތިޚާބެއް ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އެހެންވެ، އެމަނިކުފާނުގެ ގަބޫލުފުޅު ކުރައްވަނީ 2018 ގައި ހޮވަން ޖެހޭނީ ގުޅިފައިވާ ޕާޓީތަކުގެ ތެރެއިން ނެރޭ އިންތިގާލީ ރައީސެއް ކަމަށާއި އެ ރައީސެއްގެ ދައުރަކީ މުއައްސަސާތައް އިސްލާހުކޮށް، މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ގާއިމް ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
Dhivehin Inthigaaly sarukaarakah beynumeh nuvey. Rayyithun beynun vanee Tharaggee aai eku kuri ah dhaan.RY ah 2018 kashavru koh dheyn.IA
— Abdul Raheem Abdulla (@Banafsaa) October 21, 2017
އަބްދުއްރަހީމް ކުރެއްވި ޓްވީޓު
ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން އަބްދުއްރަހީމް ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ ދިވެހިން އިންތިގާލީ ސަރުކާރެއް ބޭނުމެއް ނުވާ ކަމަށާއި ރައްޔިތުން ބޭނުންވަނީ ތަރައްގީއާއެކު ކުރިޔަށްދާން ކަމަށެވެ. އަދި ރައީސް ޔާމީނަށް 2018 ވަނަ އަހަރުގެ އިންތިހާބު ކަށަވަރުކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަތެއް ފެބްރުއަރީ 2012ގައި ރައީސް ނަޝީދު ބަލިކޮށްފައި. އިންޝާ ﷲ ދެން އަލަކުން މޮޅެއް ނުވާނެ. ކޮންމެހެން މާމޮޅު ވާހަކަދައްކާނެ ކަމެއް ނެތް،" އަބްދުއްރަހީމް ވިދާޅުވި އެވެ.
Hurihaa Gothakun Hisaabu Jeheemaa ves @MohamedNasheed ah 2018 ah kurimathi nulevey, Dhen #Inthigaalee
— Ahmed Nihan (@ahmed_nihan) October 21, 2017
ނިހާން ކުރެއްވި ޓްވީޓު
އޭނާގެ އިތުރުން ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ ހުރިހާ ގޮތަކުން ވެސް ހިސާބު ޖެހީމަ ވެސް ރައީސް ނަޝީދަށް 2018ގައި ކުރިމަތިނުލެވޭ ކަމަށެވެ.
"މުހައްމަދު ނަޝީދަށް ދެން ވެރިކަން ނުކުރެވޭނެކަން ސައިންޓިފިކް އުސޫލްތަކުން ވެސް ވަނީ ކަށަވަރުވެފައި،" ނިހާން ވިދާޅުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައިޖޭ
23 October 2017
މިއަދު ދިވެހިން އެނމެ ބޭނުމީ އިންތިގާލި ސަރުކާރެއް އޮވެ ބޭނުންވާ ވަރުގަދަ ނިޒމެއް ގާއިމު ކުރުވަން. ޖުޑިޝަރީ މިނިވަނ ކުރަން ބޭނުން، މިނިވަން މުއައްސަސާ ތައް މިނިވަން ކުރަން ބޭނުން. ﷲއިރާދަފުޅުން ދާދި އަަވހަހަށް އިނތިގާލީ ސަރުކާރެއް ގާއިމު ކުރެވޭނެ... އަލްހަމްދުލިއްލާހި
ހަސަންq
24 October 2017
ކޮންމެ މީހަކު އަގަހުޅުވާފަ ދިވެހީން ބޭނުންވާ ގޮތޭ ނުބުނެ ތިމާ ނުވަތަ ތިމަންމެން ބޭނުންވަނީ މި ގޮތަށޭ ކިޔާ ބަލަ. މިގައުމުގައި ތި އިންތިގާލީ ރައިސަކު ހުންނަން ނުޖެހޭނެ ކަމަށް ދެކޭ ރައްޔިތުންވެސް މަދެއްނޫން. އަދި އިނތިގާލި ރައީސެއްގެ ވާހަްކަ ގާނުނ އަސާސީއަކު ނުވެސްނެތް
މެންޓަލިސްޓް
22 October 2017
ދިވެހިން މިހާރު ބޭނުންވަނީ މިހާރު މިއޮތް ސިސްމްގެ ވެރިކަމެށްނޫން ،،،، ދިވެހިން ބޭނުްންވަނީ މިހާރު ބޭރުގައުމަކުން ބޮޑު ކުންފުންޏެއްގެ ސީއީއޯ ގެނެސް ރާއްޖެހިނގަން ،،، އޭނާގެ ދަށުން ދެންއޮންނާނީ ރައްޔަތުން ހޮވާ 5 މެންބަރުންގެ ބޯޑެއް ،،،، އެބޯޑް ޗެއަރކޮށް ގައުމު ހިންގާނީ ސީއީއޯ ،،،،، ދެން މަޖިލިސް އުވާލިމަށްފަހުން ،، ހުރިހާ ބިލްތަކާއި އެހެނިހެންކަންކަން ކުރާނީ ސީދާ ރައްޔަތުން ،،، ޑައިރެކްޓް ޑިމޮކްރެސީ ދެންއޮންނަންވީ ،،، އެސްއެމްއެސްގެ ޒަރިއްޔާއިން ވޯޓްލެވޭނެ ،،، ހުރިހާ އެންމެންނަށް ބައިވެރިވެނޭނެ ،،، ބިލްތަކާއި ފާސްކުރަންވީ ކަންކަން މޯބައިލް އެޕުން ކޮންމެމީހަކަށް ލިބޭނެ ،،، ބޭނުންކޮމެންޓެއް ކުރެވޭނެ ،،، ވޯޓްގައި އެންމެންނަށް ބައިވެރިވެނޭނެ ،، އޭރުން ކޮންމެ ރައްޔަތަކީވެސް އެބުނާ މަޖިލިސްގެ މެންބަރެއްކަމުގައި ވާނީ ،،، ގައުމު ވަގުތުން އިސްލާހްވާގެންދާނެ ،،، ވަރަށްވެދުން
ޕޮކަންޑިމޭން
22 October 2017
އިއްޒަތްތެރި އަދުރޭ ބުނުއްވި ގޮތެއް. މަނިކުފާނަކީ އިންތިހާއަށް ދިވެހިން ބޭނުންވާގޮތް ދަންނަ ސިޔާސީ މުފައްކިރެއް.
އުމަރު
22 October 2017
ދިވެހިން ބޭނުންވޭ މިނޫން ވެރިކަމެއް، ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ދިވެހިން ބޭނުމެއްނުވޭ،
ަައަދުރެ
22 October 2017
ހަމަެއެކަނި ދިވެހިންނަކީ އަދުރެ ތަ ؟
ރަދީފް
22 October 2017
ދެން ޔާމީން މަރުވަންދެން އޭނާއަށް ވެރިކަން ލިޔެދީފަ ބާއްވަބަލަ.އިންތިހާބެއް ވެސް ބާއްވާކަށް ނުޖެހޭނެ.
އަބުދުގެ ދަރި
22 October 2017
ލާމު އަތޮޅަށް ދައިލަތުން ދެއްވާ ބަޖެޓާ ވަޒީފާގެ %80 ފޮނަދޫ އަށް އޮއްސިއެއް ކަމަކު ދެން ފޮނަދޫ ރައަޔުތުން އަބުދުއް ރަހީމެއް ނުހޮވާނެ އެވެ.ތި އާއިލާގައި (ބީރު މީހެއް ވިޔަސް އަދިރި މީހެއް ވިޔަސް) ވަޒީފާ ނުލިބޭ މީހަކު ނެތެވެ. ޕީޕީއެމް އަކީ މީނާގެ މިލްކެ ބާއެވެ.
ަދުރޭ
22 October 2017
ދިވެހި ވެރިކަމަށް އަދުރޭ!!!
އަލިބެއްޔާ
22 October 2017
ދަރުބާރު ފެކްޝަންތެރޭގައި ޙިޔާލު ތިހެން ހުއްޓެއްކަމަކު މަގުމަތީގައި ވާހަކަހުރީ ތަފާތުކޮށް. އެހެންބަޔަކަށް ޖަލްސާއެއްބާއްވަން ތަންނުދީ މާމޮޅުބަޔެއްކަމަށް ހީކޮށް ބޭއްވި ޖަލްސާގައިވެސް ތިމާމެން ރައްޔަތުންނަށް ވިއްކާނެ އެއްޗެއް ނެތިގެން ދެއްކީ މުޅީންވެސް އެމްޑީޕީއާއި ނަޝީދުގެ ވާހަކަ. އެއްވެސް ހިސާބަކުންވެސް ރައީސް ނަޝީދު ވެރިކަމަށް ކުރިމަތިނުލެވޭނަމަ ދެން އެވާހަކަ މާގިނައިން ތިދެބޭފުޅުންނަށް ދެއްކެންވީ ކޮން ސަބަކާހުރެތޯ؟ ބިރުގަންނަނީ ކޮންކަމަކާތޯ؟
އަލީ ނާޒިމް
22 October 2017
ކަލެއައްދޯ އެގެނީ ދިވެހިން ބޭނުންވާ ކަންކަން؟