މައުމޫން މީގެ ކުރިން ރާއްޖެ ވަޑައިގަތުމަށްފަހު އެއާޕޯޓުގެ ބޭރުގައި ނޫސްވެރިންނާއި ވާހަކަދައްކަވަނީ: ގުޅިފައިވާ ސިޔާސީ ޕާޓީތައް އެއްބައިވަންތަކަމާއެކު ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވަނީ ދެއްވައިފަ.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
26 ޑިސެމްބަރ 2017 - 23:13
ރާއްޖެ އަށް މިހާރު ދިމާވެފައިވަނީ ސިޔާސީ ކާރިސާއެއް ކަމަށާއި އެކަމުން ސަލާމަތްވާން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ސުނާމީ ހާދިސާ އަށް 13 އަހަރު ފުރުމާއި ގައުމީ އެއްބައިވަންތަ ކަމުގެ ދުވަހުގެ މުނާސަބަތުގައި މައުމޫން ދެއްވި މެސެޖުގައި ވިދާޅުވީ މިފަދަ ދުވަހެއް ފާހަގަކުރާ އިރު، ސުނާމީ ހާދިސާގައި ދިވެހިން ދެއްކި ގައުމީ ރޫހު ހަނދާން ކޮށް އެ ކަމުން އިބުރަތް ލިބިގަންނަން ޖެހޭ ކަމަށެވެ. އަދި ގައުމަށް ދިމާވާ ކޮންމެ ހިތާމަވެރި ދަނޑިވަޅެއްގައި ގައުމީ މަސްލަހަތު އިސްކޮށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ދަރިކަނބަލުން، ޔުމްނާ މައުމޫން މެދުވެރިކުރައްވައި ވީޓީވީން ފޮނުއްވި މެސެޖުގައި މައުމޫން ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވަނީީ ސިޔާސީ ކާރިސާއެއް ކަމަށެވެ.
މީގެ 13 އަހަރު ކުރިން އެރި ސުނާމީން އަރައިގަންނަން ދިވެހީން މުޅި ދުނިޔެ އަށް ދެއްކި އެއްބައިވަންތަކަން ނަމޫނާއަކަށް ބަލައިގެން އެކަމުން މިންޖުވާން މަސައްކަތް ކުރަންޖެހޭ ކަން، އެ މެސެޖުގައި ވެ އެވެ.
"ދިވެހިރާއްޖެ އަށް މިހާރު ވެސް ދިމާވެފައި މިވަނީ ބިރުވެރިކަމާއި ނާމާންކަމުގެ ދުވަސްތަކެއް، އެތައް ބައިވަރު ރައްޔިތުންނަކަށް ދަނީ ނުހައްގުން އަނިޔާ ލިބެމުން. އޭރު ވެސް ސުނާމީ ކާރިސާ އިން އަރައިގަތުމަށް މުޅި ދުނިޔެ އަށް ދިވެހީން ދައްކުވައިދިން އެއްބައިވަންތަކަން ނަމޫނާއަކަށް ބަލައިގެން، ދިވެހިރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ "ކާރިސާ" އިން ސަލާމަތްވުމުގެ މަސައްކަތް، ދިވެހިން ކުރަންޖެހޭ،" މައުމޫނުގެ މެސެޖުގައި ވެ އެވެ.
އިދިކޮޅު ފަރާތްތަކުގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ހާއްސަ ބައްދަލުވުމުގައި ދެއްވި އެ މެސެޖުގައި މައުމޫން ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތައް އެއްބައިވަންތަކަމާއެކު ދެމިތިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެހެހޭ
28 December 2017
މަހީ ކުރީ ގުޅިފަކަމަށް
މުފައްކިރު
27 December 2017
ހަމަޔަށް ހިގާބިގާވެ ނޫޅޭއިރުވެސް ވެރިަކމުގެ ލައްޒަތާ ފޮނިކަމުގައި ކަނުބަދެވިފައި. 30 އަހަރުން ގައުމަށް ކުރީ ކޮންފައިދާއެއް.
އަލީ.
27 December 2017
ތިޔަބޭފުޅާޔައްވެސް ހަމަޔައް ނުހިނގޭ ދުވަހާ ލަދުންނަމަވެސް ނުތަކަޅުކުރާދުވަސް އަންނާނެ މައުމޫނު އެވިދާޅުވީ ހަމަރަނގަޅު ވާހަކަފުޅެއް މިސަރުކާރުން މަގޭވޯޓުފޭރިގަތީ ރިސޯޓު ހިއްސާ ދޭނަމޭ ކިޔައިގެން ހަނދާންއެބަހުރިތަ ކޮންމެ އާއިލާޔަކައް ޑޮކްޓަރެއް އެބަހުއްޓޭބުނެ ފޯމުފުރުވީ ހަނދާން އެބަހުރިތަ ކުޅުދުއްފުށީގަ ޓާޝެރީ ހޮސޕިޓަލެއް އަޅައިފީމޭބުނީ ހަނދާން އެބަހުރިތަ
މަޝޭ
28 December 2017
ރިސޯޓް ހިއްސާ ބޭނުންވެގެން އުޅޭ މީހުންނަށް ލިބޭ..!! ކޮންމެ އާއިލާ އަކަށް ޑޮކްޓަރ އެއް ނެތް ދުވަހެއް ނާދޭ..!!!
މަނޭސް
27 December 2017
ސިޔާސީ ކާރިސާ މީގެ ތިރީސްއަހަރުކުރިން އަހަރެމެން ތަޖުރިބާކުރިން!މީ އެޒަމާނެއް ނޫން މީ ރައީސް ޔާމީނުގެ ތަރައްގީގެ ޒަމާން.30 އަހަރުން ރައްޔިތުންނަށް ނުލިބުނު ކުރިއެރުން މި5 އަހަރުތެރޭ ލިބިގެންދާތީ ހިތައްކެއނުވަޏާ އެއީ އަމިއްލަ މައްސަލައެއް.އަހަރެމެން ނޫޅެމު މިޒައާމަތުގަ ކާރިސާއެއް އައިސްގެންނެއް.
ހުސޭނުބެ
27 December 2017
މައުމޫނު ހާދަވަރެކޭ މިހިރަވަނީ!! މީނާ ހަނދާނެއް މިހާރަކު ނެތް މީނާ 30 އަހަރު ދުވަސްވަންދެން ކުރި ޚުދުމުޚުތާރު ވެރިކަން މަތިން!! އެވެރިކަމުގައި އެތަކެއް މީހުންނަށް ނުޙައްގުން އަނިޔާދިން ވާހަކަ އޭރުވެސް މިހާރުވެސް ރައްޔިތުންގެތެރެއިން ބަޔަކު ދައްކާ!!! އެންމެ ގިނައިން އޭރުކުރި އަނިޔާގެ ވާހަކަ ދެއްކި އެއްބަޔަކީ އެމްޑީޕީގެ ފަރާތުން!!! އަދި ހަމަ 30 އަހަރު ދުވަސްވަންދެން ކޮރަޕްޝަންގެ އެތަކެއް ޢަމަލެއް މައުމޫނުގެ ސަރުކާރުން ހިންގާފައިވޭ!! މިވާހަކަތައްވެސް އެންމެ ގިނައިން ދައްކާ ބަޔަކީ އެމްޑީޕީ އާ އަދި ބައެއް އެހެން ރައްޔިތުން!!! މިހާތަނަށް މިރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންއަކީ އެފްޕީއައިޑީގެ ކޮރަޕްޝަން!! އެމައްސަލައެއް ނުބަލާ!!! ދެން އެއަރމޯލްޑިވެސްގެ ކޮރަޕްޝަން އެވެސް ނުބަލާ!! މިކަހަލަ އެތައް ކޮރަޕްޝަނެއް މައުމޫނުގެ ވެރިކަމުގައި ހިންގާފައިވޭ!! އެހެރީ އޯޑިޓް ރިޕޯޓްތަކުގައި ފެންނަން!! އޭރު އަނިޔާ އާއި ކޮރަޕްޝަންގެ ކާރިސާއެއް އޮތީ 30 އަހަރުވަންދެން!! ދެން ރައްޔިތުން ނިކުމެ އެނިންމާލީ!!!
ގޮނާސަކް
27 December 2017
ސިޔާސީ ކާރިސާ އެއް ދޯ ތަމެންގެ ތިރީސް އަހަރުގައި މީހުން ޖަލަށް ލައިގެން އަދި މުޅި ގައުމުގައި ޑްރަގް އާންމު ކޮށްގެން ދާއިމަށް ވެރިކަމުގައި ތިބެން ވެގެން ކުރީ. ޔަގީނުން ވެސް އިނގޭ ކަމަކީ ތަމެންގެ ވެރިކަމުގައި ކަން ރާއްޖެ އަށް ޑްރަގް އާންމުވީ. ތަމެންގެ ފެމިލީ ތައް ޑްރަގަށް ގޮސް ހުސްވުމުން އެމެންނަށް ސަރުކާރުގެ ޚަރަދުގައި ފަރުވާ ދޭން ދޯ ރިހެބިލިޓޭޝަން ސެންޓަރެއް ވެސް ހިންމަ ފުށީގައި އެޅީ. އިޓްސް ގޮނާ ސަކް ދޯ.
ޕޮކަންޑިމޭން
27 December 2017
މައުމޫނުގެ 30 އަހަރުގެ ހުދުމުހުތާރު ވެރިކަމެއް ސިޔާސީ ބަހާރު މޫސުމެކޭ ކިޔާނެ ދިހަ ވަރަކަށް ދިވެހިންވެސް ނޫޅޭނެ.
ބޮޑު ސޯބު
27 December 2017
ކލޭނޭ މައުމޫނު ޤައުމު ނުވިއްކާ ތަރައްޤީ ކުރީ އިންސާނުން. މައުމޫނު ކުރިމަސައްކަތުން އުފެއޑިi ވަސީލަތް ތަކުން މގުހޯދާދިނީމާ މައުމޫނު ކުރކަމެއް ނުފެްނާނެ މިއަދު ކޯޑިނޭޓަރުންނަކަށް ތިބޭފުޅުންގެ މިއަދުގެ އުމުރަކީ ތަރަޤީ ކިޔާވަރގެ އުމުރެއް ނޫން. 45 އަަހަރު ކުރިޔަށް ޖެހެލީމާ މއުމޫނު ކުރި މަސައްކަތް ފެނިފައިވާ މީހުން ތިބޭނެ.
ދީމާހު
27 December 2017
މިސިޔާސީ ކާރިސާއިން ސަލާމަތްވާނީ މުސްކުޅި އުމުރުގައި އަމިއްލަ އެދުން އެއްކިބާކޮށް، ދިވެހިންގެ އަމިއްލަ ހާލައިގެން ކުރިޔަށް ދިޔުމަށް މަނިކުފާނު ފުރުސަތު ދެއްވައިގެން. މަނިކުފާނަކީ އެއްވެސް އިޚްލާސްތެރިކަމެއް ނެތް ބޭފުޅެއް. މަނިކުފާނަށްވެސް ރައްޔިތުން 30 އަހަރުގެ ފުރުސަތެއް ދެއްވައިފި ދެއްތޯ؟ މިވަރުދެން އެންމެ ރަނގަޅެއް ނޫންތޯ؟ ފުދިއްޖެ ނޫންތޯ؟ ދުނިޔޭގެ އެއްވެސް ގައުމެއްގައި ތިޔަހެން އުޅުއްވާ ރައީސެއް އެބައުޅުއްވާތޯ؟
ފަޅުވެރިން
27 December 2017
ޝައްކެއްވެސް ނެތެވެ! ރާއްޖެއަށް ވަނީ ސިޔާސީ ކާރިސާއެއް ދިމާވެފައެވެ! އެކާރިސާއަކީ މިތަނުގައި 30 އަހަރުވަންދެން ވެރިކަންކުރި މީހާގެ ކިބައިން އަދިވެސް ވެރިކަމުގެ އަލާ ނުފިލައިގެން އަދިވެސް ވެރިކަން ލިބޭތޯ މަރުފަލިޖެހުމެވެ! 30 ވެގެންގޮސް، 40 އަހަރު ވާއިރުވެސް ދިވެހިންނަށް އެކާރިސާއިން ސަލާމަތް ނުވެވުނުކަމެވެ! އެކާރިސާއިން ދިވެހިން ސަލާމަތް ކޮށްދިނުމުގެ ތަޅުދަނޑި އޮތީ މައުމޫން ޢަބްދުލްޤައްޔޫމް ކިޔާ މީހެއްގެ އަތުގައެވެ!
މެންޓަލިސްޓް
27 December 2017
އާދެ ދިވެހިބަހުން ވަރަށް ފަސޭހައިން ކިޔާލެވޭނެ ބަސްބަސް ހުންނާނެ ،،،، އަދި އަރަބިބަހުންވެސް ،،، މިސާލަކަށް ' ވަހްދަތް " .... ދިވެހިންވެސް ހުރޭ އެކަަހަލަ ބަސްތަށް ،،، " އެއްބައެއްވަންތަކަން " ،،، މިހުންނަނީ ލިއެކިއުމުގައި ސްފްހާ ފަޅުފިލުވާލަން ބޭނުންކޮއްއުޅޭބަސްބަސް ،،،، އެބުނާ އެއްބައިވަންތަކާއި ވަހްދަތެއްވެސް ނޯންނާނެ ،،، ކޯލިޝަންވެސް ހެދިދާނެ ،،، އިއްތިހާދުވެސް ހެދިދާނެ ،،،، ބޭރުން އަތްދިގު ގަމީސްލާފައި ބެގީޖަހާފައި ޓައި އެޅީމައި ފޮޓޯއިން ފެންނާނީ ދާދިއެއްކަހަލަ އެއްބަޑުއެއްބަފާ ބަައެއްގެގޮތުގައި ،،، ނަމަވެސް އެކްސްރޭވިޝަންއަކުން ބަލާލާއިރު އެންމެން މިތިބެނީ ހަސަދަވެރިންގެ ގޮތުގައި ،،، ހިތުގައި އަނދަމުންދަނީ އަގުރު އަލިފާން ،،، މީރާއްޖޭގައި ފެންނާންއޮތް ހަގީގަތަކީ ،،،، މިއަސްލުގަބޫލްކޮއްގެން އެހެން ހެޔޮ ގޮތެއްހޯދޭނީ ،،،، މައައްސަލާމާ