އަންނަ ހަފުތާގެ އާދީއްތަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން މިއަދު ނިންމަވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީން އެގޮތަށް ނިންމެވީ މުވައްޒަފުންގެ ލުއިފަސޭއަކަށްޓަކައި ކަމަށެވެ.
ކަލަންޑަރުގައި ކުރިން އޮތް ގޮތުން ނަމަ، މި ހަފުތާ ބަންދާއި އާ އަހަރު ފެށޭ ދުވަހާ ދެމެދު އަންނަ ހަމައެކަނި ރަސްމީ ދުވަހަކީ އާދީއްތަ ދުވަހެވެ. ނަމަވެސް ރައީސް ޔާމީން މިހާރު ނިންމެވި ގޮތުން ނަމަ، އާ އަހަރާ އެކު ހަތަރު ދުވަހުގެ ބަންދެއް ވަޒީފާއަދާކުރާ މީހުންނަށް ލިބޭނެ އެވެ.
އާ އަހަރުގެ ފުރަތަމަ ދުވަހަކީ އަންނަ ހަފުތާގެ ހޯމަ ދުވަހެވެ.