13 ޖެނުއަރީ 2018 - 15:38
ބޮނބިނަރު އުފައްދާ މެޝިނެއް ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، އެ ރަށު ކައުންސިލަށް ހަދިޔާކުރައްވައިފި އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަބްދުއް ލަތީފު ހަސަން ވިދާޅުވީ، މިދިޔަ ހަފުތާގެ ތެރޭގައި އެ މެޝިން ލިބިފައިވާ ކަމަށެވެ. އަދި އޭތި ބަހައްޓާނެ ތަނެއް ތައްޔާރުކުރަމުން އަންނަ ކަމަށާއި އަންނަ ބުރާސްފަތި ދުވަހު، މެޝިން ބޭނުން ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ބޮނބިނަރު އުފައްދާ މެޝިނެއް ނަޝީދު މި ހަދިޔާކުރެއްވީ، އެ ރަށުގައި ތަރައްގީކުރާ އެއާޕޯޓާއެކު، ފަންގިވިނުމާއި ރޯނު ވެށުމުގެ މަސައްކަތަށް ހީނަރުކަމެއް އަތުވެދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ. މި މެޝިނަކީ ބޮނބި ފާކޮށް އެއިން ބޮނބި ނަރު ހަދާ އެއްޗެކެވެ.
އެއާޕޯޓް ހެދުމަށްޓަކައި ކުޅުދުއްފުށީ ކުޅި އާއި ފަޅުން ވަނީ 15 ހެކްޓަރުގެ ބިން ހިއްކައިފަ އެވެ.
މީގެ ކުރިން އެ ރަށުގައި ބޮނބި ފާކުރީ ކުޅީގައި އެ ބޮނބިތައް ވަޅުލައިގެންނެވެ. ނަމަވެސް އެއާޕޯޓު މަޝްރޫއާއެކު، އެ ތަނުގައި އެ މަސައްކަތް ކުރުން ވަނީ ހުއްޓަމަކަށް އައިސްފަ އެވެ. އެހެންވެ އަލަށް ލިބުނު މެޝިންގެ ސަބަބުން ބޮނބި ފާ ކުރަން ފަސޭހަވެގެންދާނެ ކަން ކައުންސިލުން ފާހަގަކުރެއްވި އެވެ.
ކުޅުދުއްފުށީ ކުޅީގައި މިިދިޔަ ނޮވެމްބަރު މަހު އަންހެނަކު ބޮނބި ފާ ކުރުމުގެ މަސައްކަތުގައި.-- ފޮޓޯ: އަހުމަދު ޝައްފާހު / މިހާރު
"މި މެޝިނުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މަސައްކަތް ކޮށްލާ. ރަށުގެ ސާފުތާހިރުކަމާއި ފެން ފަށަލައަށް މި ލިބޭ ގެއްލުންތަކާ ތިމާވެށީގެ ގޮތުން ވެސް އެންމެ ރަނގަޅު ގޮތުގައި މިކަން ކުރެވޭނެ ވަސީލަތަކަށް މެޝިން ވެގެންދާނެ،" އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މެޝިން ބޭނުންކުރަން ފަށާއިރުު އެންމެ މެޝިނެއް ހުއްޓަސް އުނދަގުލެއް ދިމާނުވާނެ ކަމަށެވެ. ވިސްނުން ހުރީ އެއަށް ލިބޭ ޑިމާންޑުތަކާ އެއްވަރަށް މެޝިންތައް އިތުރުކުރުންކަން ކައުންސިލުން ފާހަގަކުރި އެވެ.
އެ މެޝިން ދިގުމިނުގައި އަށް ފޫޓު އަދި އުސްމިނުގައި ހައެއްކަ ފޫޓު ހުންނާނެ ކަމަށް ކައުންސިލުން ބުންޏެެވެ.
ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރަން ކުޑަ ފީއެއް ނެގުމުގެ ވިސްނުން ހުރި ކަމަށް ކައުންސިލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮނބި
15 January 2018
ބޮނބި ފާކޮށް ބޮނބިތަޅާ، ލީލިދަމާ، ރޯނުވަށާ އުޅުނީ އެކަމަށް އެއްވެސް އުޖޫރައެއް ނުދީ! ދެން ތިކަންވެސް ވާނި ބޮޑު ވިޔަފާރިއަކަށްތާ ދޯ....
ހަސަން އަލީ
15 January 2018
ކުޅި ހަލާކުކޮށްފައި އެކަމުގެ ބަދަލުތަ މީ؟
ކުޑަކަމަނަ
14 January 2018
ފައިސަލް ނަސީމް ނޫނީ ކަމުދާ މެމްބަރަކު ނެތް. އޭނައަކީ ތިޔަ މެމްބަރުކަމެއް ލިބުނީއްސުރެ އޭނަގެ ދާއިރާ އަށް އެހީވަމުން އަންނަ މީހެއް. ވަރަށް ސަލާމް...
ރަނގަޅު
14 January 2018
ރަނގަޅު ކަމެއް. އަދި މިއަށް އެއް މެޝިން އިތުރުކޮށްލުން ރަނގަޅު. ނާށިކުނޑި ހަދާ މެޝިނެއް. ނާށިކުނޑިއަކީ މަސާޖްކުރުމަށް ވަރަށް ކަމުދާ ކުނޑިއެއް. ދަތްއުނގުޅުމަށް ކަމުދާ އެއްޗެއް. ރާއްޖޭގައި ރިޒޯޓުތަކުގައި ބޭނުންކުރެވޭނެ.
މުހައްމަދު ފިކުރީ
14 January 2018
ސާބަހޭ ރައީސް ނަޝިދު.... މަނިކުފާނަށް 2018 ކާމިޔާބު ވާނެ
ޙަނީފް
14 January 2018
ގަމާރު ވިޔަސް ބޮޑުވަރު: އެހެންޏާފަހެ ބޮޑު އެކުރުން އެއޮތީ މެމްބަރު ނަޝީދު އޭ ލިޔެފަ. އެހެން އޮއްވާ އެހެން މީހަކަށް ކްރެޑިޓް ދޭން މަސައްކަތް ކުރުމަކީ ގަމާރުކަން ނޫން ދެން ކޮންކަމެއްތޯ؟
އަލީ އަހްމަދު ގެމަނަފުށި
14 January 2018
ރައީސް ނަޝީދަކީ، މީހުންގެ އިހްސާސް ތައް ދަންނަ މީހެއް... ނަޝީދު ކިހާރަނގަޅު
ބުރާޖީ
14 January 2018
ކަލޯ ހަމައިގަތަ؟ ލޮލަށް މިރުސް ކުނޑި އެޅިފަތަ؟ ގަމާރު ވިޔަސް ބޮޑުވަރު: އެހެންޏާފަހެ ބޮޑު އެކުރުން އެއޮތީ މެމްބަރު ނަޝީދު އޭ ލިޔެފަ. އެހެން އޮއްވާ އެހެން މީހަކަށް ކްރެޑިޓް ދޭން މަސައްކަތް ކުރުމަކީ ގަމާރުކަން ނޫން ދެން ކޮންކަމެއްތޯ؟
ގާޒީ
13 January 2018
އެތަން ފުޑާލާފަ ތިކުރަނީ މަލާމާތްތަ؟
ކުޅުދުއްފުށީގަވިޔާ
13 January 2018
ކުޅުދުއްފުށީގަވިޔާ އެންމެ ބޮބި ގިނައީ!
ޑޭންޖުރެސް
13 January 2018
ބޮނބި ނަރު އުފައްދާ މެޝިނެއް ރަށު ކައުންސިލް އާއި ހަވާލު ކުރުމުން ތިޔާއިން ވާނެ ގޮތަކީ ތިޔާއިން ބޮނބި ނަރު އުފައްދަން ދޭން ޖެހޭނެ މުޅި ރައްޔިތުންނަށް. ތިޔާ މެޝިން އޮޕަރޭޓް ކުރާ މީހާއަށް މުސާރަ ދޭނެ މީހަކު ނުވާނެއެވެ. ތިޔާ މެޝިން މެއިންޓެނެންސް ކުރާނެ މީހަކު ނުވާނެއެވެ. ނަތީޖާ އަކީ ތިޔާ މެޝިން ހަލާކުވެގެން ގޮނޑަށް އުކާލުން ނުވަތަ އެ ބަަހައްޓާ ތަނެއް ގައި ބަހައްޓާފައި ހުއްޓާ އޭގެ މަތީގައި ބެންޑޭ މެން ސަތަރި އަޅައިގެން ތާސް ކުޅުމެވެ. މީ އާންމު ކޮށް ޔުނިސެފް އާއި ޔޫއެން އިން ތިޔާ ގޮތަށް ދަ ރާއްޖެތެރެއަށް ހަދިޔާ ކޮށްފައި ހުރި މެޝިންސް ތަކުގެ އެންޑް ޕޮޮއިންޓަކީ.
މެންޓަލިސްޓް
13 January 2018
ތިޔައީ ވަރަށް ބޮޑު ކުރިއެރުމެއް ،،،، ބޮބިނަރަކީ މިހާރު ދުނިޔޭގެ ކުރިއަރަމުން އަންނަ ޓެކްނިލޮޖީގައި އެންމެ ހަލުވިކޮށް ޑޭޓާ ގެންގޮސްދޭ އެއްނިޒާމް ،،، ފައިބަރ އޮޕްޓީކަށްވުރެންވެސް ހަލުވިވެފައި އޭގެ ބޭންޑްވިތް ރަގަޅު ،،، އަދި އަގަށްބެލިކަމުގައިވިޔަސް މާފައްކާ ،،،، އަޅުގަނޑަށް ހީވަނީ ގޫގުލް އިން ފަންޑުކޮއްގެން ހަދައިގެން އުޅޭ ޑީވޭވް ކުއަންޓަމް ކޮމްޕިއުޓަރ އަށްވެސް ތިޔަ ބޮނބިނަރު ބޭނުންކުރެވޭނެހެން ،،،، އަޅުގަނޑު މެންބަރު ނަޝީދުއަށް ޝުކުރުދަންނަވާ ހާލު ރާއްޖޭގެ ފަހުގެ ތާރީހްގައި އުފެދުނު އެންމެ މޮޅު އިންވެންޓަރ ކަމުގައި ދަންނަވަން ،،،، އަދި ދުނިޔޭގެ ލެވެލްގައިވެސް ނިކޯލާ ޓެސްލާ މެންފަދައިން ގުނާލެވޭނެ ،،، މައައްސަލާމާ