ވެލާނޭ އިންޓަނޭޝަނަލް އެއާޕޯޓް އަނދިރީގައި. ފޮޓޯ: އަބްދުﷲ ޖަމީލް/މިހާރު
23 ޖެނުއަރީ 2018 - 23:51
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކުގައި ކަރަންޓު ކެނޑިއްޖެ އެވެ.
މިރޭގެ 11:30 ހާއިރު އެއާޕޯޓުން އެކުގައި ކަރަންޓު ކެނޑުނު އިރު، ދެ ފްލައިޓެއް އޮތީ ފުރަން ތައްޔާރުވެފަ އެވެ. އެއީ ހޮންކޮންގް އެއާވޭސް އާއި ޓާކިޝް އެއާވޭސް އެވެ.
އެއާޕޯޓުން ކަރަންޓު ކެނޑިފައިވާ އިރު، ބައިނަލްއަގުވާމީ ދަތުރުތަކުގެ އިތުރުން އެތެރޭގެ ދަތުރުތައް ވެސް އެބަ ކުރިއަށް ދެ އެވެ.
އެއާޕޯޓްގެ ބައިނަލްއަގުވާމީ ޓާމިނަލާއި އެތެރޭގެ އުދުހުންތަކަށް ބޭނުންކުރާ ޓާމިނަލްގައި ވެސް މި ވަގުތު ކަރަންޓު ނެތް އިރު، އެ ތަންތަނުގައި ހުރި އިމަޖެންސީ ލައިޓްތައް ފިޔަވައި އެހެން އެއްވެސް އަލިކަމެއް ނެތެވެ.
އެއާޕޯޓް ކޮމްޕެނީގެ ކަމާ ބެހޭ މުވައްޒަފަކާ ގުޅޭ ގޮތް ނުވުމުން، ކަރަންޓު ކެނޑުނީ ކީއްވެގެން ކަން އަދި ސާފުވާ ގޮތެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސް
24 January 2018
ހާސް ކަނޑާލާ.. ދުނިޔޭގެ އެންމެ ކާރޫބާރު ބޮޑު އެއް އެއަރޕޯޓުކަމަށްވާ އެޓްލާންޓާ އިންޓަރނޭޝަނަލް އެއަރޕޯޓުންވެސް މިދިޔަ ޑިސެމްބަރު މަސް ތެރޭ ކަރަންޓު ކެނޑި އެތަން ހުއްޓުމަކަށް އައި. މިދައްކަނީ އެމެރިކާގެ ވާހަކަ. ދެން އަހަރެމެންކަހަލަ ތިންވަނަ ދުނިޔޭގެ ގައުމެއްގެ އެއަރޕޯޓުން ކަރަންޓު ދިޔުމަކުން މައްސަލައެއް އެބައޮތްތަ؟
ރ.މޫސަބޭ
24 January 2018
އެއާ ޕޯޓުން ކަރަންޓު ކަޑާފަތަ އެއްރޭޓަކުން ކަރަންޓު ބިލް ހަދަނީ.
ސައްދާމް
24 January 2018
އުފެދުމުގައި ވެސް ބާޠިލް އެއްޗެއް އެކަމަކު 5 ބިލިއަން އަށްވުރެ ގިނަ ރުފިޔާ ދައްކަން ޖެހުނު...........އެކަމަކު އެ ފައިސާ ދައްކަން ޖެހެނީ ބާތިލު އެއްޗެއް ކަމަށް ބުނި ބަޔަކު ނޫން...............ދިވެހި ދަރިންގެ ފައިސާއިން....... މިހާރު ދެން ޖެހޭނީ އަތްޖަހަން...........
ޙުސެން
24 January 2018
ލަދު ގަނޭ...ބޭޜު މީހުން ކުރިމަތީ
ައަބުދުލް މުއްތޮލިބު
24 January 2018
ސުކުރިއްޔާ ރައީސް ޔާމީން
ޭހެން
24 January 2018
ޚިދުމަތް ދެވޭނެ އިރެއް އިނގެން މާބޭނުން ޚިދުމތް ކެނޑުނު ސަބަބައްވުރެ
ކޮތަރުގެ އަސަރު
24 January 2018
ޖީއެމްއާރަށް އެއާރޕޯރޓް ދިނީ ޤައުމު ފަގީކުރަން ކަމަށް ގޮވި މިނިސްޓަރު ކޮބާ؟؟ ޖީއެމްއާރުން ތިޔަ އެއާރޕޯރޓް ހިންގިނަމަ ކަރަނޓް ނުކެނޑޭނެއެވެ. މިހާރު ތިޔަ އެއަރޕޯރޓަކީ ނިވިދިއްލޭ ފައްޗެކޭ ކޮބާ ތަފާތަކީ؟ ފުރާ އެއްމެންގެ އަތުން ޓެކްސް ނާގާއިރު ރައްޔިތުން ހަނާވަނީޔޭ ފަނާވަނީއޭ ގޮވި މީހުން ކޮބާ؟؟ ވޮއިޑް އެބް އިނީޝިއޯ ވެފަ ތިޔައޮތީ!
ކަރަންޓޭ
24 January 2018
ރޭގަނޑު މިގަޑީގަ ކަރަންޓު ކަޑަން އަންގާފަ އޮންނާނީ... އެންވެ އެކަނޑާލީ... ކަރަންޓު ކެނޑުނީ އަކީ ނޫން..