ރޯދަ މަހުގެ ރޭތައް އިހްޔާކުރަން މައުމޫން ފައުންޑޭޝަން އިން އިންތިޒާމްކޮށްގެން އިސްލާމީ މަރުކަޒުގައި ބޭއްވި ޖަލްސާގައި މައުމޫން ވާހަކަ ދައްކަވަނީ. -- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
13 ޖުލައި 2016 - 11:04
ޕީޕީއެމްގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތް ކުރިއަށް ދާތީ އެއްވެސް ކޮމެޓީއެއް ނުބާއްވަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަނެއްކާވެސް އަންގަވައިފި އެވެ.
މައުމޫން މިގޮތަށް އެންގެވީ، އެމަނިކުފާނުގެ ހުއްދަ ނެތި ކޮމެޓީތައް ނުބާއްވަން އަންގަވާފައި ވަނިކޮށް، ޕާޓީ އޮފީހުން ބޭރުގައި ސުލޫކީ ކޮމެޓީ ބާއްވައި ޕާޓީގެ ބައެއް މެމްބަރުންނާ މެދު ފިޔަވަޅު އަޅާތީ އެވެ.
ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ މީހުން ހިމެނޭ ސުލޫކީ ކޮމެޓީން ވަނީ މައުމޫންގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫނާއި ކައުންސިލް މެމްބަރު އަދި ޖެންޑާ މިނިސްޓްރީގެ ކުރީގެ އެގްޒެކެޓިވް ކޯޑިނޭޓަރު އާމިނަތު ނާދިރާ އާއި ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ޕާޓީން ވަކިކޮށްފަ އެވެ.
ޕީޕީއެމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ޕާޓީގެ އިސްލާހީ ޕްރޮގްރާމް ކުރިއަށް ދާތީ ކޮމެޓީތައް ނުބޭއްވުމަށް މައުމޫން އެދިވަޑައިގަންނަވާ ކަން ސުލޫކީ ކޮމެޓީ އަށް ވެސް ލިއުމަކުން އަންގާފައިވާ ކަމަށެވެ.
ސުލޫކީ ކޮމެޓީގެ ނިންމުންތައް ސައްހަވާނެ ކަމަށާއި އެ ނިންމުންތައް ތަންފީޒުކޮށްދޭން ޕާޓީ އޮފީހުގައި އެ ކޮމެޓީން ވަނީ އެދިފަ އެވެ.
ރައީސް ޔާމީނާއި މައުމޫނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ބޮޑުވެ ޕާޓީ ތެރޭގައި މިހާރު ވަނީ ދެ ފެކްޝަން އުފެދިފަ އެވެ. ޕާޓީގެ ހިންގުން ހަރުދަނާކުރަން އިސްލާހީ އެޖެންޑާއެއް މައުމޫން އެކުލަވާލައްވާފައިވާއިރު ޕާޓީ ކައުންސިލްގެ ހުއްދަ ނެތި އެމަނިކުފާނަށް އެކަން ނުކުރެއްވޭނެ ކަމަށް ރައީސް ޔާމީން ފެކްޝަންގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިމޮކްރަސީ-ޒީރޯ
13 July 2016
ޕާޓީ ހަރުދަނާ ކުރެވޭނީ، މިހާރުގެ ރައީސް ޕާޓީން ވަކިކޮށް، ސަރުކާރު ހިންގާ ކޯލިޝަނުން ވަކިވުމުންނެވެ. ބައްޔަށް ޝިފާ ހޯދަން ބައެއްފަހަރު ހިތި ބޭސް ބޯންޖެހޭނެއެވެ. އެހެން ނޫނަސް މިހާރުގެ ވެރިކަމަކީ، ޕީޕީއެމްގެ ވެރިކަމެކޭ ދެންނެވޭކަށްނެތެވެ. ޝުކުރިއްޔާގައުމު
ހަސަން
13 July 2016
މީނާކަމެއްކުރީޔާ އޯކޭ އެހެންމީހަކު ކަމެއްކުރީޔާ ގަވައިދާ ހިލާފްވީ.
ސައިކޮލޮޖިސްޓް
13 July 2016
މައުމޫން އަކީ ޕީޕީއެމްގެ ފައުންޑާރ އަދި ޕީޕީއެމް ޕީޕީއެމް އަކަށްވަނީ މައުމޫން އުޅޭތީ. ޑީަޢރުޕީ އަށް ވީގޮތް ހަނދާން ނެތުނީތަ އިކޮނޮމިސްޓުންތަށް؟
ހުމާމު
13 July 2016
މެންޓަލިސްޓުގެ ނަމުގައި ކޮމެންޓް ކޮށްފައިވާ މީހާއަށް ބުނެލަން އޮތީ މުޙައްމަދު އިސްމާޢީލަކީ ޕީޕީއެމްގެ މެންބަރެއް ނޫނޭ. އެއީ އެމް.ޑީ.އޭ (ސަންޓްރެވަލް ޝިޔާމުގެ ޕާޓީ) ގެ މެންބަރެކޭ.
ފަޒީލް
13 July 2016
ތިއޮތީ ލިޓްލް ސިންގަޕޫރަށް ދެވިފަ
ޢަބުދުﷲ
13 July 2016
މަނިކުފާނު ތިޔަހެން ނުހައްދަވާ އަޅުގަނޑުމެންގެ ރައީސް އަށް ފުރިހަމަ އިޚުތިޔާރާއި އެކީ މި ގައުމު ތަރައްޤީކުރުމުގެ ފުރުޞަތު ދެއްވާ.
ހަސަނު
13 July 2016
ތަރައްގީތޯ ކުރައްވަނީ؟ އެތައްބިިއަން ރުފިޔާއެއް ވީނުވީއެއް ނޭގި ގެއްލިއްޖެ. އެތަން މިލިއަން ރުފިޔާ އެއް ހޭދަ ކޮށް ހަދާ ތަންތަން ޖެހިގެން އަންނަ ދުވަހު މަރާމާތަށް ބަންދު. ރައްޔިތުން ބޭރުގެ ގައުމުތަކަށް ދަރާ ވިކިއްޖެ. އެމް.އެމް.އޭގެ ރިޒަވް ދަށަށް. މީތޯ ތަރައްގީއަކީ؟
ތިބޭދެން
13 July 2016
ކޮމެޓީ ތައް ނުބާއްވަން ރައީސް މައުމޫނު އެންގެވީމާ ޖެހޭނީ އެގޮތަށް އެކަން ހިންގާށެވެ. ޕީޖީ ގްރޫޕް ލީޑަރުންނަށް ކުޑާ ކޮށް ސައިޒު އޮޅިގެން އުޅޭހެން ހާދަ ބޮޑަށް ހީވެއެވެ. ޕީޕީއެމްގެ އެންމެ މަތީ ފަންގިފިލާ އަކީ އެއީ ރައީސް މައުމޫނު އެވެ. ރައީސް މައުމޫނު ވިދާޅުވީމާ އެވިދާޅުވާ ގޮތަށް ކަންކަން ހިންގަން ޖެހޭނީ. ޕީޕީއެމްގެ މެމްބަރުންގެ ބެލެނިވެރި ފަރާތަކީ އެއީ ޕީޕީއެމްގެ ރައީސް އެވެ. އެއީ ޕީޖީ ގްރޫޕެއް ނޫނެވެ. ޕީޖީ ގްރޫޕް ތިއްބަވާ ބްރޯ އާއި އެކު ލަސްވެގާސް ގޭމް ކުޅެން.
މެންޓަލިސްޓް
13 July 2016
ތިޔަށްކިޔަނީ ޑިކްޓޭޓަރޝިޕްއޭ ، ޕީޕީއެމްވިޔަސް ، އެެހެންޕާޓީއެއްވިޔަސް މަޝްވަރާގެ އުސޫލުން ކައުންސިލުން ޕާޓީހިންގަންވާނީ ، އެއީއިސްލާމީ އުސޫލަކީ ، ދެންއޮތީ ޕީޖީގުރޫޕްގެ ވާހަކަ ، ޕީޖީގުރޫޕްއެއް ނުލައި ސިޔާސީޕާޓީއަކަށްނުވާނެ ، ޕާރލިމަންޓްގައި އެއްވެސް އަޑެއްއިއްވޭބަޔަކަށްވެގެން ސިޔާސީ ޕާޓީއެއްގައި ބުރަދަނެށް ހުންނާނީ ، ވީމާ ޕީޖީގުރޫޕަށް ޕާޓީގެ ބާރުތަށްއޮންނަންވާނެ، ، އެހެންނޫނަސް އެމެންބަރުންނަކީ ރައްޔަތުން ހޮވާފައިތިބިބައެއް ، ދެންއޮތީ ޕީޕީއެމްގެ ޕީޖީގުރޫޕަކީ އަބުރެއް އިއްޒަތެއްއޮތްބައެއްތޯ ؟ ޖަވާބަކީ ރިޝްވަތާއި ކަޅުފައިސާގެ އަހްލުވެރީންކަމަށް ޙުދު ރައީސްޔާމިން ވިދާޅުވި އެއްދުވަހު ގައުމާ މުޙާތަބުކޮށް، ، އަދި ޕާޓީގެ މަޖިލިސްމެންބަރު މުހައްމަދު އިސްމާއިލްވެސް ވިދާޅުވި ކަޅުފައިސާބެހިވާހަކަ ، ވީމާ ތިޔަޕާޓީގެ ޕީޖީގުރޫޕަކީ ކޯޓަކުން ހުކުމްކޮއްގެން ނަމަވެސް ބޭރުކުރަންޖެހޭބައެއް ، މީހަގީގަތަކީ ،
އަހަރެން
13 July 2016
ޕީޕީއެމް ހިންގުން ހަރުދަނާކުރުމަށް ރައީސް މައުމޫން ކުރައްވާ މަސަތްޕުޅަށް ޕާޓީގެ މެމްބަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ފަޚުރުވެރިވަން...ޝުކުރިއްޔާ ރައީސް މައުމޫން
ނުބައި
13 July 2016
ސްލޫކީ ކޮމެޓީން ނިންމި ނިންމުން ސައްޚަ ނުވާނެއެވެ. ސަބަބަކީ ސްލޫކީ ކޮމެޓީން ވަކިކުރި މެމްބަރުން އެ ކޮމެޓީ އަށް ޖަވާބު ދާރީ ވުމަށް ޓަކައި އެކޮމެޓީން ފިޔަވަޅު އެޅި ޕާރޓީގެ މެމްބަރުންނަށް އަންގާފައިވާ ލިޔެ ކިޔުމެއް ނެތެވެ. އަދި އެފަދަ މެމްބަރުންނަށް އެލިޔެ ކިޔުުން ލިބުނު ކަމުގެ ލިޔެ ކިޔުން ނެތެވެ. ފުރަތަމަ ފެށުން މިކަމުގައި އެއްވެސް ސައްހަ ކަމެެއް ނެތި ސްލޫކީ ކޮމެޓީން ބޭއްވި ބައްދަލު ވުމަކީ އެއީ ފެށުމުގައި ވެސް ނުބައި ކޮށް ގޮސް ފައިވާ ކަމަކަމަށް ވާތީވެ އެއީ އުފެދުމުގައި ވެސް ބާތިލް ނިންމުމެއް ކަމަށް ނިންމާ ހުކުމް ކުރީމެވެ.