މާލެ: އޭޕްރީލް 13، 2017- އިންޑިއާގެ ފޮރިން ސެކްރެޓަރީ ޑރ.ސުބްރަމަންޔަމް ޖައިޝަންކަރު އާ ރައީސް ޔާމީން ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
08 ފެބުރުއަރީ 2018 - 21:59
ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއް އެންމެ ފުރަތަމަ ޒިޔާރަތްކުރަން ހަމަޖެއްސި މަންޒިލަކީ އިންޑިޔާ ކަމަށާއި ނަމަވެސް އެ ގައުމުގެ އޮފިޝަލުންނަށް މި ދަނޑިވަޅުގައި ބައްދަލުކުރެވެން ނެތުމުން އިންޑިޔާ އަށް ނުދާން ނިންމީ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅޭ މައުލޫމާތު، އެކުވެރި ބައެއް ގައުމުތަކާ ހިއްސާ ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބުންތަކެއް ތިން ގައުމަކަށް ފޮނުއްވަން ވަނީ ނިންމައިފަ އެވެ.
ރައީސް ޔާމީންގެ މަންދޫބުން ފޮނުއްވަނީ ޕާކިސްތާނާއި ޗައިނާ އަދި ސައޫދީ އަރަބިއްޔާ އަށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ޗައިނާ އަށް، އަދި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ރޭ ވަނީ ޕާކިސްތާނަށް ފުރާވަޑައިގެންފަ އެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ސައޫދީ އަރަބިއްޔާ އަށް މިއަދު ފުރާވަޑައިގަންނަވާނެ އެވެ.
ސިޔާސީ ހަލަބޮލިކަމާއެކު ސަރުކާރާއި އިދިކޮޅު ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ރޭ ވަނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ސަފީރުންގެ ވަފުދެއް ވެސް ރާއްޖެ ވަޑައިގެންފަ އެވެ. ނަމަވެސް ދިވެހި ސަރުކާރުގެ ވަޒީރުން އެ ބޭފުޅުންނާ ބައްދަލުކުރައްވަން ވަގުތު ދެއްވާފައި ވަނިކޮށް އެ ވަފުދު ފުރައިގެން ދިޔައީ ކަމަށް ސަރުކާރުން ބުންޏެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނީ، އީޔޫގެ ވަފުދުގެ ބޭފުޅުން ފޮރިން ސެކްރެޓަރީ އަހުމަދު ޝަރީރުއާ އެކު ކާމިޔާބު ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އެ ބައްދަލުވުމުގައި ރާއްޖެ މިހާރު އޮތް ހާލަތު ކިޔައިދީފާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސްލިހު
10 February 2018
ބަލަ އަހަރުމެންގެ ރިޒްގަކީ އިންޑިޔާގެ މިލްކެއްތަ؟ ކަލޭމެންނަކީ އިންޑިޔާގެ އަޅުންތަ. ކަލޭމެންގެ އިމާންކަން އޮތީ ކޮންތަނެއްގައި. ކިހާ ދެރަވަރުކަމެއް މިއީ. ކަލޭމެންނަކީ މިގައުމަށް ދިމާވެފައިވާ އެންމެ ބޮޑު މުސީބާތް. ކަލޭމެންގެ ސުންޕާކަމުން ނަޖާވުން އެދި ދުޢާ ކުރަން.
ފަސީ
10 February 2018
ރައީސްގެ މަންދޫބު ޒިޔާރަތް ކުރަން އިންޑިޔާ އިން ފުރުސަތެއް ނުދިން، މިވެސް ހަމަ ޚާރިޖީ ގޮތުން ލިބުނު ނަސްރު ދޮގެއްތޯ
މުރާސިލް
09 February 2018
މިއަދުވެސް ދެކުނު އިންޑިޔާގެ ޓުރެވިންޑަރަމަށް ދިއުން ދިވެހިން ހުއްޓާލާފިއްޔާއި އެތަނުގެ ރައްޔިތުން ތިބޭނީ ބަނޑަށެވެ. އަހަރެމެން ދިވެހިންނަށް ތިހެން ނިކަމެތިކޮށް ކަންކަން ކުރަންޏާއި އަލޭމެން އެކަމަށް ދައްކަންޖެހޭ އަގު ކުޑަނުވާނެކަން ހަނދާންކުރަން ޖެހެއެވެ.
މުރާޖާ
10 February 2018
ރާއްޖޭމީހުން ނުގޮށްގެން ކަހިރުވަކެކޭވެސް ހިތައްނާރާނެ އިންޑިޔާމީހުނަށް..
އަރޫ
09 February 2018
ދެން ހަނޑޫކޮޅާ ހަކުރުކޮޅާ ފުށްކޮޅަށްވެސް ފުރުޞަތު ނުދޭނެ އޭރުން އޮންނާނީ ހަތަރެސްކަން ހަމަވެފަ
ހަލި
10 February 2018
އިރާދަކުރެއްވިއްޔާ އިންޑިއާ އިން އަހަރެމެންނަށް ހަނޑޫ، ހަކުރު، ފުއް. އަދި މިނޫނަސް ކެއުން ބުއިމައް ބޭނުންވާ ތަކެތި ހުއްޓާލިއަސް އަހަރެމެންް މިގައުމުގެ ރައްޔިތުން ބަނޑަކަށް ނުޖެހޭނެ.ނަމަވެސް ކޮންމެސް ވަރެއްގެ އުނދަގުލަކާ ކުރިމަތި ލާން ޖެހޭނެ ނަމަވެސް މުސްތަގުބަލުގައި މިއައްވުރެ މާރަނގަޅު މަގެއްވެސް ހޯދިދާނެ.
ބަކުރުބޭބެ
10 February 2018
ކަލޯ އިންޑިޔާގަ އެކަނިއެއްނޫން ހަނޑުލާ ހަކުރާ ހުރީ. މިހާރުވެސް ރާއްޖެއަށް އެންމެގިނައިން އެތެރެކުރަނީ އިނޑިޔާ އަކުން ނޫން. ޖޭ ހިންދް
ޑަމްބެލް ބޯއީ
10 February 2018
ގައުމީ ސަލާމަތަށްޓަކައި ވެސް އިނޑިޔާ އަށް ބަރޯސާވުމަށް ހައްލު ތަކެއް ހޯދަން ޖެހޭ. މިއީ މާކުރިންވެސް ކުރަންޖެހޭ ކަމެއް. މި ގޮތަށް ދިވެހން ބްލެކްމެއިލް ކޮށްގެން އިނޑިޔާ އަށް ވާނެ މޮޅެއް ނޯނާނެ.
ޟޯޑީ
09 February 2018
އިންޑިޔޢަކީ ދިވެހިންނަށް ގެޔޮއެދޭ ގައުމެް ނޫން.
ބަތްކައްކާ
09 February 2018
ޕްލީޒް ތިވިސްނާ ގޮތަކަށް އެއްވެސް ގައުމަކުން އަނެއްގައުމަކަށް އެހީއެއްވިޔަސް އަނިޔާއެއްވިޔަސް ނުދޭނެ. ހުރިހާ އެއްޗަކީ ސެލްފް އިންޓްރެސްޓް އެންޑް ސެލްފް ޕްރިޒަވޭޝަން.
ނަޝް
09 February 2018
ވިސާ ކެންސަލް ކޮށްފަ ވަރަށް އަނިޔާ ދެނީ، އަނިޔާ ލިބެނީ ވެސް ދިވެހި ރައްޔިތުން ތަކަކަށް،
ބޮދަރޑް
09 February 2018
ރައީސްގެ މަންދޫބު ޒިޔާރަތް ކުރަން އިންޑިޔާ އިން ފުރުސަތެއް ނުދިން ނަމަ އޭގެ ޕްރައިސް ޕޭބެކް ކުރަން ޖެހޭނެއޭ އިންޑިއާ އިން ވަރަށް ލާރޖް ކޮށް އެކަން އިންޑިއާ އިން ދަންނަން ޖެހޭނެއޭ އަދި އެކަން ކެބިނެޓް މިނިސްޓަރުން ވެސް އަދި ސަރުކާރުގެ ކުންފުނި ތަކުގެ ބޮޑުން ވެސް ދަންނަން ޖެހޭނެއޭ. ދެން ސަރުކާރުގެ އެއްވެސް ކޮންޓްރެކްޓެއް ލަންކާ އަދި އިންޑިއާ ބަޔަކަށް ދީގެން ނުވާނެއޭ އެ ދޭން ޖެހޭނީ ސީދާ ޗައިނާ މީހުންނަށޭ އަދި ރާއްޖޭގެ ރިސޯރޓްް ތަކުން ވާރކް ވިސާ އިންޑިއާ އަދި ލަންކާ މީހުން ނަށް ލިބޭނީ އެމެން ހުށައަޅާ ސެރޓިފކެޓްސް ތަކަކީ އެއީ މޯލްޑިވްސް އެކްރިޑޭޝަން ބޯރޑް ގަބޫލުކުރާ ސެރޓިފިކެޓްސް ތަކަށް ވުމުންނޭ އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީން ދޭ ޓެސްޓަކުން ފާސް ވެސް ވުމަށް ފަހު އެ ޔުނިވަރސިޓީން 6 މަސް ދުވަހުގެ އޮރިއެންޓޭޝަން ޕްރޮގްރާމެއް ހެދުމުންނޭ އެކަން ކުރަން ޖެހޭނީ އެމެން އަމިއްލަ އަށޭ. ޓު މީ އައި އޭމް ބޮަދަރޑް އޮފް އިންޑިއާ އަދި ލަންކާ މީހުން ރިސޯރޓްސް ތަކުގެ މަތީ މަގާމް ތައް ފުރާތީވެ.
ުމުދިބެ
09 February 2018
އެހެންނުވާނީ އިންޑިޔާ މީހުންވިއްޔަ ރާއްޖޭގެ މީހުންގެ އެހީގައި މިއުޅެނީ.. ކަލޭގެ ލަދުހަޔާތާ އެކީގައި ވިސްނުމާ ބުއްދިވެސް ތިޔަހެރަ ފެންނަނީ އަރުއްވައިގެންފައި
ރިނީ
09 February 2018
އަބަދު އަބަދު ބޭރުފަރާތްތަކުން ރާއްޖޭގެ ދާޚިލީ ކަންކަމާ ބޭރުގައުމުތަކުން ނުބެހެން ގޮވާބަޔަކު ކީއްކުރަންބާ ބޭރުގައުމުތަކަށް ވަފުދުތައް ފޮނުވަނީ.
ކަނަމަނަ
09 February 2018
ބަޔަކުމީހުން ރާއްޖޭގެވެރިކަން ނުލިބިގެން ހަދާދޮގުތައް އޮޅުންފިލުވައިދޭން އެބަޖެހޭދޯ.
ދެ ފުލެޓްގެ ވެރިޔާ
09 February 2018
ޜައީސް މައުމޫނު އާއި އުއްތަމަ ފަނޑިޔާރު ޖަލަށް ލި ހިސާބުން މީނަގެ މަކަރު ވެރިކަން އިންޑިއާ އަށް އެގުނީ ތާއެވެ؟
ހާމިދު ދާއީ
09 February 2018
މިހުރިހާ ކަމެއްގެ އަޑީގައި އޮތީ އިންޑީއާއާއި، މިސަރަހައްދަށް ކަނޑައަޅާފައިވާ އެމެރިކާ ސަފީރު (އިންޑީއާ ދަރިކޮޅުގެ) ކެޝޮފް އެވެ. އެހެންވެ، އަސްލު އިންޑިއާ މިފަހަރު ދަތުރުން ކެންސަލް ކޮށްލި ނަމަވެސް ފަރުވާލެއް ނެތެވެ. މިއަދު އިންޑިއާ ހިތައް އަރާނެ، އެބޮޑު ބިއަ އިންޑީއާ ދޫކޮށްލާފައި، ރާއްޖޭން ވަފުދެއް މިފޮނުވީ، އެމީހުންގެ އެންމެ ވާދަވެރި އެއްގައުމުކަމަށްވާ މުސްލިމް ޕާކިސްތާނަށްކަން. ރަނގަޅު ފިލާވަޅެއް އިންޑީއާއަށް ތިޔަ ލިބިގެންދިޔައީ. މިހާރު އިންޑިއާ ސަރުކާރުގެ ރަސްމީ ފަރާތްތަކުން ރާގު ބަދަލުކޮށް ބަޔާންތައްވެސް ދޭން ފަށައިފި. ޢަހަރުމެންގެ ގައުމަށް ގައްދާރުވާ ކުރީގެ ރައީސުން ފަދަ ބަޔަކަށް ފުރުޞަތު ދޭކަށް ނެތިން. ގޯސް ޕްރޮޕޮގެންޑާ ފެތުރުނުކަން އަމިއްލެއަށް ގަބޫލު ކުރެވިގެން ރާއްޖެ ޓީވީ ވެސް ހުއްޓާލައިފި. އެހައްރޭ ވެރިކަން ބަދަލު ކުރާށޭ ކިޔާފައި ހަރުގެ ދޮށަށް އެއްވި މީހުން ކޮޅުވެސް މަދުވެ، ދެތިން މީހުނަށް ވެއްޖެ. މިއަދު ހުކުރު ނަމާދަށް ފަހު ދުވާވެސް ކުރާނެކަމެއް ނޭންގޭ... !
މަހަށްދޭ
09 February 2018
އިންޑިއާ މާބޮޑަށް ނުފުއްޕާތި އިނގޭތޭ. މަހަށް ދޭބަލަ އިންޑިއާ.