ކުރީގެ ރައީސް މައުމޫން: ދޫނިދޫ ޖަލުގައި ބެހެއްޓުމަށް ފަހު އެމަނިކުފާނު ވަނީ މާފުށީ ޖަަލަށް ބަދަލުކޮށްފައި. --ފޮޓޯ/މިހާރު
11 ފެބުރުއަރީ 2018 - 11:48
ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމް، ދޫނިދޫ ޖަލުން މާފުށީ ޖަލަށް ބަދަލުކުރި ފަހުން އެމަނިކުފާނަށް "ވީގޮތެއް ނޭނގޭ" ކަމަށް ވިދާޅުވެ ވަކީލުން މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހުސެއިން ޝަމީމް ވިދާޅުވީ މައުމޫނާ އެންމެ ފަހުން ގުޅުނީ، މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އޭގެ ފަހުން އެމަނިކުފާނަށް ގުޅުމުގެ ހުއްދަ ދީފައި ނުވާއިރު، ބައްދަލެއް ވެސް ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ މައުމޫނާ ބައްދަލުކުރަން ވަކީލުން މިއަދު މަސައްކަތް ކުރުމުން، އެ ފުރުސަތު ދެވެން ނެތް ކަމަށް ކަރެކްޝަންސް އިން ބުނެފައިވާ ކަމަށެވެ.
މައުމޫންގެ އިތުރުން، މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ ވެސް ވަކީލުންނަށް ބައްދަލުނުކުރެވޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.
"ރައީސް މައުމޫނާ ބައްދަލުކުރަން [ވަކީލުން ކަރެކްޝަންސަށް ހުށަހެޅި] ފޯމެއް ވެސް ބަލައެއް ނުގަނޭ. އެއްވެސް އެއްޗެއް، ހެދުމެއް ވެސް ބަލައެއް ނުގަނޭ. އާއިލީ ބައްދަލުވުމެއް ވެސް ނުދިން. އެއްކޮށް ގުޅުން ކެނޑިފައި މިހާރު ވަނީ،" ޝަމީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރައީސް މައުމޫންގެ ހާލު ބެލޭނެ އެއްވެސް ގޮތެއް މިހާރު ނެތެވެ.
"އެހެނެއް ނުހެދޭނެ، ކުއްލި ނުރައްކަލުގެ ހާލަތަށް ވިއަސް،" ޝަމީމް ވިދާޅުވި އެވެ.
Very concerned that @Corrections_Mv is not even accepting forms for lawyer visits and family visits for @maumoonagayoom saying that #StateOfEmergency is in effect. @hrcmv @amnesty @UNHumanRights @ICRC @EU_Maldives @USAmbKeshap @JamesDauris @AkhileshIFS
— Yumna Maumoon (@yumna_maumoon) February 11, 2018
މައުމޫންގެ ބައްދަލުވުންތަކަށް ހުރަސްއަޅާފައިވާތީ ދަރިކަނބަލުން ޔުމްނާ ކުރެއްވި ޓުވީޓެއް.
1- ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުން.
2- ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުން.
3- ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ، އެކަމަަށް ރޭވުންތައް ރޭވުން.
.@Corrections_Mv has no lawful basis for their denial of access to @maumoonagayoom
— Maumoon Hameed (@maanhameed) February 11, 2018
He has now been kept incommunicado for over 24 hours. His family have even been denied permission to send him a change of clothes.@hrcmv @PoliceMv @PGO_MV
By law, this constitutes torture.
މައުމޫންގެ ހާލަތާ ގުޅޭގޮތުން ވަކީލް މައުމޫން ހަމީދު ކުރެއްވި ޓުވީޓެއް.
ޝަމީމް ވިދާޅުވި ގޮތުގައި މައުމޫނާ ބައްދަލުނުކުރެވޭ ގޮތް ހެދިއިރު، މާފުއްޓަކީ ކުއްލި ނުރައްކަލުގެ ތެރޭގައި ހިމަނާފައިވާ ރަށެއް ނޫނެވެ. "ކުއްލި ނުރައްކަލުގެ ހާލަތޭ" ކިޔައި ހައްގުތަކަށް ހުރަސްއެޅުމަކީ، ޝަމީމް ސިފަކުރެއްވި ގޮތުގައި، ވަރަށް ބޮޑު ޖަރީމާއެކެވެ.
ރައީސް މައުމޫނަށް ޓެރަރިޒަމުން ފެށިގެން ބޮޑެތި ތުހުމަތުތަކެއް ކުރާއިރު އެމަނިކުފާނާ ވާހަކަ ދައްކަން ވަކީލުން ބޭނުންވާ ކަމަށާއި އެ ފުރުސަތަށް ނުދޭނަމަ "ގެއްލުވާލައިގެން އުޅެނީއޭ" ބުނެވޭނެ ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.
"އެއީ ހަމަ ޓޯޗާގެ އަމަލެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ޝަމީމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނޑުކޮސް
11 February 2018
މުއައްސަސާތަކުގަ ތިތިބެނީ ލިޔަން ކިޔަންވެސް ނުދައްނަ ބަޔަކީތަ؟ ކުއްލި ނުރައްކަލުގެ ހާލަތުގަ ކުރެވޭނެ ކަންތަކާ ނުކުރެވޭނެ ކަންތައް ލިޔެފަ ވިއްޔާ އެއޮތީ. މީހަކު ދެބަންދިހާރު ނުވިއްޔާ ދެރަ.
ށިވާ
11 February 2018
ދުންޔާ ލަދެއްނުގަނޭތައް
ހަަސަންބީ
11 February 2018
އަނިޔާވެރިންވެސް ދުނިޔާގައި ތިބޭ އެކަމަކު މިވަރުގެ ކަމެއް ނުދެކެން... މާތްﷲގެ އިރާދަފުޅުން ރައީސް މައުމޫނަށް ހިތްވަރު ދެއްވާ، ކެތްތެރިކަން ދެއްވާށި އާމީން
އަހުމަދުބެ
11 February 2018
މަސައްކަތް ކުރަނީ ބިރުގަންނުވާލާށެވެ. ގަދަކަމުން ބަޔާން ނަގާށެވެ. ތަފާތު ދައްކާނީ ރައްޔިތުންނެވެ.
ކަޅުހޮއްކޮ
11 February 2018
ރާއްޖޭގެ ހުރިހާ އިސްރަށްވެހިން މައުމޫން އާއި ބައްދަލުކުރުމަށްއެދި ޕޮލިސް އަށް ސިޓީ އަކުން ދަންނަވަން ފެނޭ. ހާއްސަކޮށް 30އަހަރުގެ ދައުރުގައި މިނިސްޓަރުކަން ކުރެއްވި އިއްޒަތްތެރި ބޭފުޅުން މިކަމާ އިސްނެންގެވުން ރަގަޅުވާނެކަމަށްފެނޭ.
ހާސަރު
11 February 2018
މިވަރަށް ކަންތައްދާއިރުވެސް ފުލުހުންނާއި ސިފައިން ނޫސްބަޔާންތައް ތައް ނެރެނީ ސަލާމަތީ ޚިދުމަތުގެ އަގުވެއްޓޭފަދަ އަދި އިތުބާރު ގެއްލޭފަދަ ވާހަކަ ދައްކާމީހުނާމެދު ފިޔަވަޅުއަޅާނަމޭ! ސަލާމަތީ ޚިދުމަތްތަކުން ދިމާލަށް ފާޅުގާ ގާނޫނާއި ގަވައިދައް ބެލުމެއްނެތި ކަންތައް ކުރާނަމަ ރައްޔިތުން ކުރާނީ ކޮން އިތުބާރެއް! ޕީޕީއެމަށް ވަކިގޮތެއް ބާކީދެން ހުރި އެންމެނަށް ވަކިގޮތެއް ފާލުކަން ބޮޑުކޮށް ސަލާމަތީ ޚިދުމަތްތަކުން ހަދަމުންދާއިރު ޗުއްޕުވެސް ނުބުނެ ތިބެންވީތަ!؟ ކީއްވެބާ ގާނޫންއަސާސީ މިހާރު ނެތޭ އުވާލައިފީމޭ މިމީހުނަށް ބުނަންނުކެރިގެން މިއުޅެނީ!؟
ޖުހާ
11 February 2018
މައުމޫން އަބްދުލްގައްޔޫމް ވިޔަސް އިންސާފު ލިބެންޖެހޭނެ. އެއީއަދި 30 އަރުވަންދެން ހުދުމުހުތާރު ވެރިކަމެއް ކޮއްފަހުރި ބޭފުޅެއްނަމަވެސް.
އިންސާރފް
11 February 2018
އިމެޖެންސީ އެލުވިޔަސް ރުމާލު2 އަށް މީހުން އެއްކުރެވޭ. މައުމޫނާ ބައްދަލު ނުކުރެވޭ. ކޮބާ އިންސާރފް؟ ދިވެހި ގައުމަށް އަގު ނުކުރެވޭ ހިދުމަތް ކޮށްފައިވާ ރަން 30 އަހަރުގެ ބާނީ ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ އަށް އިއްޒްތް އަުވާ ގޮތަކީ މީތަ؟ ހައްގުން ކަމަކާލައިގެން ނަމަ އޯކޭ!
ޙުޔް
11 February 2018
މޑޕ ޖަގަހައަށް އެއްވާމީހުން ކޮއިފުޅުގެ ލޮލަކަށް ނުފެނޭތޯ؟
ޒިންމާ
11 February 2018
އޯކޭތާ ދުންޏާ ވިދާޅުވާނެ ތިކަމުގެ ވެސް ޒިންމާ ނަގަންޖެހޭނި ނަޝީދޭ.. ޖަލުގެ ކަންކަމަކީވެސް ނަޝީދު ބަލަހައްޓަންޖެހޭކަންކަން ވިއްޔާ.. ސަރުކާރަކުން އެއްވެސް ޒިންމާއެއް ނަގާކަަށް ނުޖެހޭނެ.. އެ ނިމުނީނު
އިންސާރފް
11 February 2018
ގައުމު ވިއްކާލާ ލާރިކޮޅު ކަހާލާ މަގެ ގައުމޭ ނުކިޔައްޗޭ! މައިންނާއި ދަރިން ބިކަކޮށް ގޮޅިއަށް އަޅާލާ މަގެ ދީނޭ ނުކިޔައްޗޭ! މައުމޫނަށް އަނިޔާދީ ގެއްލުވާލާ އިސްރައްވެއްސޭވެސް ދެން ނުކިޔައްޗޭ!!