ޚަބަރު / ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫންގެ ހާލުކޮޅު ގޯސްވެ، ޖަލަށް ޑޮކްޓަރެއް ގެންދަނީ

ޖަލު އޮފިސަރުންގެ ބެލުމުގެ ދަށުން މައުމޫން މާލެ ގެނެސް ކޯޓަށް ހާޒިރު ކުރަނީ. އެމަނިކުފާނުގެ ހާލުކޮޅު ގޯސްވެފައިވާ ކަމަށް ވަކީލުން ބުނޭ.- މިހާރު ފައިލް ފޮޓޯ

ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސިއްހީ ހާލުކޮޅު އަނެއްކާ ވެސް ގޯސްވެ، އެމަނިކުފާނަށް ފަރުވާ ދިނުމަށް މާލެއިން މާފުށީ ޖަލަށް ޑޮކްޓަރުން ގެންގޮސް ފަރުވާދޭން ނިންމައިފި އެވެ.

މައުމޫންގެ ވަކީލް، ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް "މިހާރު" އަށް މިއަދު ވިދާޅުވީ މާފުށީ ޖަލުގައި ހައްޔަރު ކޮށްފައިވާ މައުމޫންގެ ހާލުކޮޅު ގޯސްވި ކަމުގެ މައުލޫމާތު ލިބިވަޑައިގަތީ، މައުމޫންގެ ވަކީލުންގެ ބައްދަލުވުމެއް ހެނދުނަށް ތާވަލް ކުރުމަށް ފަހު، ކެންސަލް ކުރުމުން ކަމަށެވެ. އަދި މައުމޫނަށް ފަރުވާ ދިނުމަށް މާލެ އިން ޑޮކްޓަރެއް ގެންދިއުމުގެ ކަންކަން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، މިކަމާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަހެއް އަދިއެއް ނުވެ އެވެ.

މައުމޫން، އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ ޖުލައިގައި ހުކުމް ކުރީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯނު ނުދެއްވި ކަމަށް ބުނެ، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެގެންނެވެ.

މިދިޔަ ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ މައުމޫން ހައްޔަރު ކުރީ އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލި ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތްތައް ކްރިމިނަލް ކޯޓުގައި ދަނީ ހިންގަމުންނެވެ. ޓެރަރިޒަމްގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް މައުމޫންގެ މައްޗަށް އަންނާނެ އެވެ.

އުމުރުފުޅުން 80 އަހަރަށް ވުރެ މައްޗަށް ގޮސްފައިވާ މައުމޫން ގެންދަވަނީ ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮއްޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ.

62 ކޮމެންޓް, 241 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 88%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޔު

22 August 2018

ޖަލޭ.... އެޕާޓްމަންޓެއް ނޫންތަ؟ އެއީ

The name is already taken The name is available. Register?

ހޮނޑާފުށީބޮުޑުހުސޭނު

22 August 2018

މީދެން ބޮޑުވަރު ދެއްތޯ ، ވެރިކަމާއި ބޫތުކެއަސް

The name is already taken The name is available. Register?

އައިމިނާ

22 August 2018

ރައީސް މައުމޫން ގެއަށް ބަދަލުކޮށްދެއްވުންއެދި މި ސަރުކާރުގެ ދެފައިގަހިފާ އާދޭސްކުރަން.

The name is already taken The name is available. Register?

ސިދުގީ

22 August 2018

މިލިޔުނު ބުރާންޗަކައް ނޭނގޭތަ އެތާ ޑޮކުން ތިބޭކަމެއް؟

The name is already taken The name is available. Register?

ޢިބަ

22 August 2018

މައުމޫން ދެކެ ހާދަ ބިރެކޭ ތިގަން ނަނީ.ބަލި ވީމަ ވެސް ހޮސްޕިޓަލުން ފަރުވާ ކުރުމުގެ ހައްގުންވެސް މަހުރޫމް ކުރީ.މިއީ ގައުމުގެ އިއްޒަތް ތެރިއެއްގެ ހާލު.އާދައިގެ ގައިދީން ބަލިވުމުން ލިބިދޭވެ ފަރުވާ ވިސްނާބަލަ.ޖަލުގަ ފަރވާނުލިބި ގައިދީން މަރުވާސަބަބު ވަރަށް ސާފު.އަނިޔާވެރިކަމުގެ ސަގާފަތް

The name is already taken The name is available. Register?

އަލީ ނާޒިމް

22 August 2018

މިހާރު ކަންތައް ހުރި ގޮތުން، ދެންް ދިވެހިންގެ ބޯކާލެވޭނީ، ހަމައެކަނި ދީނީ ކާޑު ކުޅެގެން. އަދިވެސް އެކަމުން ބޯކާލެވޭނެ ވަގުތު އެބައޮތް. ހުތް އަނބު، ރިހާކުރާ ޖަހައިގެން ކާހެން ހަމަ ކާލެވޭނެ. ޢެކަމަކު، މިކަމައް ދެތިން އިލްމް ވެރިންނެރެ، ބިރު ފަތުރަންޖެހޭ އެބަ. ބުނަން ޖެހޭނީ އިދިކޮޅަކީ “ލާދީނީ ބަޔެކޭ”، އަރަބި ބަހުން. ޢެ ނިމުނީ. ދިވެހިން ގަބޫލު ކުރާނެ. އެކަން ފަށައިގަނެވޭނެ މަދު ޑޮލަރ ކޮޅަކުން. ޢެކަމު ބުނަން، މާލަސް ވަންދެން މަޑުކޮއްފިއްޔާ ފަހަރުގަ ބޮނޑިބޮއެފާނެ! އަވަސް ކުރައްޗޭ.

The name is already taken The name is available. Register?

އައިމިނާ

21 August 2018

ވައްކަމާއި ފޭރުމާއި އަނިޔާކުރުމާއި މީހުންގެއްލުވުމާއިމިފަދަކަންތައްކުރާބައެއްގެ ހުންނާނީ ކޮންކުލުނެއްތޯ؟ ކޮންރަހުމެއްތޯ؟ ކޮންއޯގާތެރިކަމެއްތޯ؟

The name is already taken The name is available. Register?

25 ބުރި

21 August 2018

25 ބުރީގެ ހޮސްޕިޓަލް މާފުއްޓަށް ގެންދިޔަނަމަ ދެއްތޯ.

The name is already taken The name is available. Register?

އާއިޝާ

21 August 2018

މައުމޫނާއި އޭނަގެ އައުވާނުން ޖަލަށް ދާންޖެހުނީ ސަޖިދައިގައި އޮއްވާތަ؟ 30 އަހަރުވެސް މަދުވީ. 5 ފަސް އަހަރު ދީގެން ހުރެ ކޮއްކޮ އަށް ހަރާން ކޯރުވީ. އެމްޑީޕީ އާއި ބައިއަތު ހިފީ އޭނަގެ އަމިއްލަ އެދުން އޮތްވަރުން. ޢަހަރެން އޭރުވެސް އަދި މިހާރުވެސް އެމްޑީޕީ އާ ދެކޮޅު. ތިބުނާ މައުމޫނަށް ވާނީ ދެމީދާފެހި ބުޅަލަށް ވާވަރު. ޢމޑޕ މީހިނަށްވެސް މިހާރު މައުމޫނާ އަދީބަކީ ހުދުފޮތިކޮޅަކަށް ވެއްޖެ.

The name is already taken The name is available. Register?

ހޮނޑާފުށީބޮުޑުހުސޭނު

22 August 2018

ސެޕްޓެމްބަރ 23 ފަހުން އެގޭގެ ދެމީދާފެހި ބުޅަލަކީ ކާކުކަން

The name is already taken The name is available. Register?

ރޮކެޓް ސައިންސް

21 August 2018

މައުމޫމަށް ޖެއްސުން ކުރީމާ ވޯޓު އިތުރަށް ލިބޭނެކަމަށް ހީނުކުރާށެވެ. ޔާމިންއެވެ ތިހައްދަވަނީ ގޯހެކެވެ. އެކަމަކު ދެން ތި ގޯސް ރަނގަޅުކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ތިހިރީ ދެކޮޅުން ފިތިބާރުވެފައެވެ. ޔާމިންއެވެ ތިއީ ހާދަ ނުވިސްނޭ މީހެކެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454