އެމްޑީޕީގެ ހަރުގެ ކައިރީގައި މުޒާހަރާ ކުރި ބަޔަކު އެ ސަރަހައްދުން ފުލުހުން ދުރަށް ޖައްސާއިރު، މެމްބަރު އަލީ ހުސެއިން މީޑީއާއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
01 މާޗް 2018 - 17:25
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހާޒިރުވާން މިއަދު އަމުރުކޮށްފި އެވެ.
އަންނަ އާދީއްތަ ދުވަހުގެ މެންދުރު 1:30 އަށް ރާއްޖޭގެ އެންމެ މަތީ ކޯޓަށް ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިން ހާޒިރުވާން އެންގީ، އަމުރުގައިވާ ގޮތުން އެ ކޯޓުގެ ބޭނުމަކަށެވެ. އިތުރު ތަފުސީލެއް ނެތެވެ.
މިހާރު އިދިކޮޅު ހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލް އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހާޒިރުކުރާއިރު، އޭނާގެ ވަކީލު ކަމުގެ ހުއްދަ ވެސް ދޮޅު އަހަރެއްހާ ދުވަސް ވަންދެން އޮތީ ހިފަހައްޓައިފަ އެވެ. އޭނާ އަށް ވަކީލް ކަމުގެ ހުއްދަ އަލުން ދިނީ މިދިޔަ މަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެމުނު
01 March 2018
މިހާރު ނޫހަށްކޮމެންޓު ކުރާ ގިނަ މީހުންގެ ސިކުނޑީގެ މައްސަލައެއް އުޅޭހެން ހީވަނީ. ބުއްދި ހަމަނޫން މީހުން ދައްކާކަހަލަ ވާހަކަ ދައްކަނީ.
falaku ain
01 March 2018
ފުލުހުންގެ ދައުރު އަދާކުރަނީބާ؟
ވަކަފޫޅު
01 March 2018
ހީވަނީ ގޮޑީގެ ދުވަސްދިޔައީހެން. ވަކީލުކަންވެސް ނުކުރެވޭނެ އެހެންވީމާ މަސްވެރިކަމާ އުޅެންފެނޭ ރަގަޅު ކައްޕިއެއް ހުރި ކަންނެލިއޮޑިއެއް ހޯދަން ފެނޭ
ދަރަވަންދޫ
01 March 2018
ކެންދޫ ދާއިރާއަށް ހުރި ތުރާލެއް.
ޢަބްދުﷲނާފިޒު
01 March 2018
ވޯޓުލައިގެން މަޤާމަށް ހޮވާފަ، ދެން މިހާރު ކުއްލިއަކަށް ކޮން ކޮހެއް ތިގޮވަނީ، ހިނދިކޮޅުގަ ދެއްތޮ.
ނަސޭ
01 March 2018
ހާސްނުވާތި! ލިބޭނީ އިރާދަކުރެއްވިއްޔާ އުފާވެރި ހަބަރެކަން ޔަޤީން ކުރޭ!
ނުބައިހާނު
01 March 2018
ހުއްދަ ހިފައިގެންދާތި. އެމީހުން ހިފަހައްޓަން ބޭނުމިއްޔާ އަވަހަށް އެ ހިފަހައްޓަން ދީފަ އާދޭ އަހަރެމެނާ އެކު މުޒާހަރާކުރާ.
ޒިންދަގީ
01 March 2018
އެކޯޓުގެ ފަނޑިޔާރުކަން ދެނީކަންނޭގެ.. އަވަހަށްދޭ..
އައިއެފް
01 March 2018
ދިޔުމުގެ ކުރިން ތިންފަނޑިޔާރުންނަށް ފޯނުކޮށްފައި އަމުރުގެ ސައްހަކަން ކަށަވަރު ކޮށްފައި ބަންޑާރަނައިބުގެ ލަފާހޯދާފައި ހާޒިރުވޭ. މިއީ ރ.ޔާމީނު އެންމެފަހުން ދަސްކޮށްދެއްވި ފިލާވަޅު.
ނައޫފް
01 March 2018
ސްޕްރީމް ކޯޓްގެ އަމުރަށް ނުކިޔަމަންތެރިވި ފަރާތްތަށް ތިޔަ ކޯޓަށް ހާޒިރުކުޜަކަށް ނުކެރުނު. އެންމެ މަތީ ކޯޓުގެ އަމުރު ތަންފީޒެއްނުވި. އަދި އެބަޔަކަށް އަދަބެއްވެސް ނުލިބުނު.
ނިދާމް
01 March 2018
ފަސް ފަޑިޔާޜުން އިއްތިފާގުން ނެރުނު އަމުރު ތަންފީޒް ނުކުރި ވަޒީރުން ހާޒިރުކުރާކަށް ނުކެރުނު. އެއްކަލަ ރާއްޖެތެރެ ދެރަ ސޮރުވީމަ ހާޒިރުކުރަންކެރެ.