މެމްބަރު ޔާމީން މީޑިއާއާ ވާހަކަ ދައްކަވަނީ: ރާއްޖެ ޓީވީ ބަންދު ކުރުމަށް ގޮވާލެއްވި
18 މާޗް 2018 - 22:25
ރާއްޖެ ޓީވީ ހުއްޓުވާލަން ނޫނީ ބަންދު ކުރަން ޖެހޭ ކަމަށް، އެ ސްޓޭޝަނުގެ އިސްވެރިއެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވާންދެން މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ރަޝީދު މިއަދު ގޮވާލައްވައިފި އެވެ.
ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯގެ މަގާމާއި ފަހުން އެތަނުގެ އެޑްވައިޒަރެއްގެ ގޮތުގައި ވެސް ހުންނެވި ޔާމީން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ކަންކަން ބޮއްސުންލައިގެން ދިޔުމުގެ ކުރިން، ވީހާ ވެސް އަވަހަކަށް އެ ސްޓޭޝަން ބަންދު ކުރަން ޖެހޭ ކަމަށެވެ. އަދި އަނިޔާވެރިކަމަށް ގޮވާލުމަކީ ނޫސްވެރިކަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ޔާމީން މިހެން ޓްވީޓް ކުރެއްވުމާއެކު އޭނާއާ އެކު އެތަނުގައި މަސައްކަތް ކުރެއްވި ބައެއް ނޫސްވެރިން ވެސް ޓްވީޓުގައި ރައްދު ދިނެވެ.
ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ޔާމީން ރާއްޖެ ޓީވީއާ ގުޅިވަޑައިގެންނެވި އިރު އެތަން ހިންގަމުން ދިޔައީ މާލެޓީވީގެ ނަމުގަ އެވެ. އޭނާއާއެކު ދެން އިސްކޮށް އެތަނުގައި މަސައްކަތް ކުރެއްވީ މިހާރު ސަންގު ޓީވީގެ ސީއީއޯ އިބްރާހިމް ވަހީދު (އަސްވާޑް) އެވެ. އެކަމަކު ފަހުން އެ ދެބޭފުޅުން ރާއްޖެ ޓީވީން ވަކިވެ ވަޑައިގެން، ސަންގު ޓީވީ އުފެއްދީ އެވެ.
RaajjeTV should be banned or shut down sooner or later, but before this country goes beyond. Encouraging violence is NOT Journalism.
— Yamin Rasheed (@YaminRasheed) March 18, 2018
ކުރިން އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު މިހާރު ސަރުކާރާއެކު މަސައްކަތް ކުރައްވަމުން ގެންދަވާ ޔާމީންގެ މި ޓްވީޓާއެކު ސޯޝަލް މީޑިއާގައި އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ.
ބައެއް މީހުން ބުނިގޮތުގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް، ތަނެއް ނައްތާލަން ޔާމީން ގޮވާލެއްވި އިރު އެތަނަކީ އޭނާ މީހަކަށް ހެއްދެވި ތަނެވެ. އަދި މިހާރު ރަނގަޅު މަގާމެއްގައި ހުންނެވުމަށް ފަހު، ކުރިން މަސައްކަތް ކުރިތަން ނައްތާލަން ގޮވުމަކީ "ކުއްޅަވަފަލު ރަންޏަކަށް" ވުން ކަމުގައި ވެސް ބައެއް މީހުން ސިފަ ކުރި އެވެ.
އާއްމު ގޮތެއްގައި އިދިކޮޅު ފަރާތްތަކުގެ ހަބަރުތައް ގެނެސްދޭ ރާއްޖެ ޓީވީ ބަންދުކުރުމަށް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވެސް ވަނީ މީގެ ކުރިން އެކި ފަހަރު މަތިން ގޮވާލައްވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސް
20 March 2018
މީނާވެސް ޔާމިނައް ފަހުވަގުތު ދޯކާދޭނެ ކަން ޔަގީން
ހުރިހަސަދަބޭރުވާތަން
20 March 2018
ވަގުތުގެ ކުރީން އެތެރޭގަ ހުރިހަސަދަބޭރުވާތަން އެބަފެނެ!
ނަޖްވާ
20 March 2018
ފައިސާގެ ވާހަކަ އެއްކިބާގަ ބާއްވާ، އިމްތިހާނުގަ ކޮޕީ ކުރަމުން ދާ މަންޒަރުވެސް ފެނޭ އިނގޭ! ދެން ކޮން ވާހަކަ އެއް ދައްކާކަށްތަ އަޅެ!
ޕަސީ
20 March 2018
ޓެސްޓުން ކޮޕީކޮށްގެން ހޯދި ފާސް ބާތިލު ކުރަން ހުށަހެޅުން މާ ބުއްދިވެރި ކަމަށް ފެނޭ.
ާާައާާރިިއްޕެ
20 March 2018
ޙައްގުބަސް ބުނުުއްވާ ޔާމީނު ނޫނީ
ދޮންތުއްތު
20 March 2018
މި ސަރުކާރުން ގައުމުގެ އަމާން ކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ އަޅަންޖެހޭ އެއް ފިޔަވަޅަކީ ތީ. ތިކަން ލަސް ކުރުމަކީ ރީނދުލޭމެން ނުކުޅެދުންތެރިކަމޭ އެބުނަނީވެސް ތި ވާހަކައަށް. އެމީހުންނަށްވެސް އެނގޭ އެކަން.
ހެހެހެހެހެހެ
20 March 2018
މަ ތިވާހަކަ ގޮވާތާ ކޮން ޒަމާނެއް. ކީއްވެ ކަލޭމެން ނުލިޔަނީ އެވާހަކަ.
ދަންޑެހެލް
20 March 2018
ރާއްޖެ ޓިވީގެ ސަބަބަބުން މީހުން ރޯފިލާއިފި...ނިކަމެތިމީހާގެ މިންވަރުވެސް އަގިއްޖެ. ޤާނޫނު އަސާސީ ކޯއްޗެއްކަން އެގިއްޖެއް...ކޮންމަބަޔަކު ކޮންމެ އެއްޗެއްކިޔުނަސް!!
ފޮނު
19 March 2018
ރާއްޖެ ޓީވީ ބަންދުކުރަން މެމްބަރު ޔާމީން ގޮވާލީމަ ހަމަ ހީވެސްނުވޭ
ހުސެިނިކާ
19 March 2018
މީގެ އޮތްގޮތަކީ ޔާމީނުގެ މިލްކެއްނަމަ ހަމަ ދަތުރުފޮށްޓެއް ބަނދުކުރިހެން ކޮށްލަންވީ. އެއަކާބަޔަކާއި ވާކަމެއްނެތް. ޔާމީނުގެ މިލްކެއްނޫންނަމަ ދެންބުނަންޖެހޭއެތި ބުނާކަށް ނުކެރޭނެ ލަދުގަނޭ. އެފާޑުގެ ތަކެތި މީހުންކިޔާއުޅެނީ ބޯގޯސްވެ ނޭފަތުން މައްޗަށް އެރީމަ