އިސްލާމިކް މިނިސްޓަރުގެ ނައިބަކަށް އަލީ އާދަމް

ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމުގައި މިހާތަނަށް ހުންނެވި އަލީ އާދަމް، އިސްލާމިކް މިނިސްޓަރުގެ ނައިބަކަށް ބަދަލުކުރައްވައިފި އެވެ.


ރައީސް އޮފީހުން ބުނީ، އިސްލާމިކް މިނިސްޓަރުގެ ނައިބަކަށް ގ. ކަކާގެއާގެ 2، އަލީ އާދަމް މިދިޔަ ބުދަ ދުވަހު އައްޔަން ކުރައްވާފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑައިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން، އަލީ އާދަމް ހުންނެވީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަވާ ރާއްޖޭގެ ކޮންސުލްގެ މަގާމުގަ އެވެ. ހަތަރު އަހަރެއްހާ ދުވަސް ވަންދެން އޭނާ ހުންނެވީ އެ މަގާމުގަ އެވެ.

އަލީ އާދަމާ އެކު، އިސްލާމިކް މިނިސްޓްރީގައި ހަތަރު ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ.