އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ހައްޔަރުކޮށް ދުބާއީގެ ފުލުހުން އޭނާގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ އިދާރާ އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ، ދިވެހި ފުލުހުންނާއި ދުބާއީގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންއެއްގައި އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެ މީހާ ހައްޔަރުކުރި ދުވަހެއް ގައުމެއް އަދި އޭނާގެ އެއްވެސް މައުލޫމާތެއް ދެ ގައުމުގެ ފުލުހުން ވެސް އަދިއެއް އާންމެއް ނުކުރެ އެވެ.
ދިވެހި ފުލުހުން ބުނިގޮތުގައި، އެ މައްސަލަ ތަހުގީގު ކުރަނީ ދުބާއީގެ ފުލުހުންނެވެ.