އުންމީދު ނަގާ ނުލާ، އުންމީދު ނަގާލަން ޖެހޭ ސަބަބެއް ވެސް ނެތް: ނަޝީދު

އިދިކޮޅު އިއްތިހާދުން ބާއްވާ ފުރަތަމަ ޖަލްސާ އެމްޑީޕީ ހަރުގެ ކުރިމަތީގައި ކުރިއަށް އެބަ ދެ އެވެ.


މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ބާއްވަ ޖަލްސާގައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހަންމަދު އިބްރާހިމް ސޯލިހު ވާހަކަ ދައްކަވަނީ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

މި ޖަލްސާ އެ ސަރަހައްދުގައި ބާއްވަމުން ގެންދާއިރު، ވަރަށް ގިނަ ބަޔަކު ވަނީ ޖަލްސާގައި ބައިވެރިވެފަ އެވެ. އުޅަނދުފަހަރަށް ދަތި ނުވާނެ ގޮތަކަށް ފުލުހުން މަގު ހުޅުވާލައިފައިވާތީ، އެ ސަރަހައްދުގައި ގިނަ މީހުން އެއްވެ ތިބީ އާޓިފިޝަލް ބީޗުގެ ތެރޭގަ އެވެ. އެމްޑީޕީގެ ހަރުގެ ކުރިމަތީގައި މި ޖަލްސާ ބާއްވަމުން އަންނަނީ ޖަލްސާ ބާއްވާނެ ތަނެއް ހޯދަން އެދުމުން ސަރުކާރުން އެއްވެސް ތަނެއް ނުދީގެންނެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ބާއްވަ ޖަލްސާ-- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

ޖަލްސާގައި މިރޭ ކުރީގެ ރައީސް މުހަންމަދު ނަޝީދާއި އިއްތިހާދުގެ ލީޑަރު، ކުރީގެ ނައިބު ރައީސް ޑރ. މުހަންމަދު ޖަމީލް އަހުމަދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވާހަކަ ދައްކަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ވަރަށް ޚާއްސަ އެހެން ބޭފުޅަކު ވެސް ވާހަކަ ދައްކަވާނެ ކަމަށް ވެ އެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން ބާއްވަ ޖަލްސާ-- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

މިހާތަނަށް ތިން ބޭފުޅަކު ވަނީ ވާހަކަ ދައްކަވައިފަ އެވެ. އެއީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހަންމަދު ސޯލިހާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު އަދި އިމާދު ސޯލިހެވެ.

(އިތުރު ތަފުސީލު އަންނަނީ)