ބަޔަކު ނަމާދު ކުރަނީ، ރޯދަ މަސް ފެށެންވާއިރަށް އިނާއަތް ދޭން ވަނީ އަންގާފަ-- މިހާރު ފޮޓޯ
03 މެއި 2018 - 18:03
ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، މި އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ލޭބާ ރިލޭޝަންސް އޮތޯރިޓީން މިއަދު އިލްތިމާސްކޮށްފި އެވެ.
ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000ރ. ރޯދަމަސް ފެށުމުގެ ކުރިން ދިވެހި ކޮންމެ މުވައްޒަފަކަށް ދިނުމަކީ ވަޒީފާ ދޭ ފަރާތްތަކަށް ގާނޫނުން ލާޒިމްކުރާ ކަމެކެވެ. ގާނޫނުގައިވާ ގޮތުން، ރޯދަ އިނާޔަތް ދިނުން ވަޒީފާ ދޭ ފަރާތުގެ އިހްތިޔާރީ ކަމަކަށް އޮންނަނީ ބިދޭސީ މުވައްޒަފުންނަށް ދިނުމާއި ނުދިނުމާ މެދު އެވެ. ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށެނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
ލޭބާ ރިލޭޝަން އޮތޯރިޓީން މިއަދު އިއުލާނެއްގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނުގައި ވާ ގޮތުގެ މަތިން ރޯދަމަހުގެ އިނާޔަތް ދެމުން ނުދާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އިނާޔަތް ދިން ކަމުގައި ވިޔަސް، ގާނޫނުގައި ބުނެފައިވާ ގޮތަށް އެ އިނާޔަތް ނުދޭކަން ވެސް ފާހަގަކުރެވޭ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
ރޯދަމަހުގެ އިނާއަތް ނުދީގެން މިދިޔަ އަހަރު ވެސް ލޭބާ ރިލޭޝަން އޮތީރިޓީ އަށް ވަނީ 43 މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލަތައް ބެލުމަށް ފަހު، އެ މީހުންނަށް ރޯދަ އިނާޔަތް ދިނުމަށް އެ އޮތޯރިޓީން އަންގާފައި ވެ އެވެ.
ރޯދަ އިނާޔަތް ނުދޭ ފަރާތްތަކުގެ މައްސަލަތައް ބަލައި މީގެ ކުރިން ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ވެސް ކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މީ ކާކު؟
04 May 2018
އަހަރެންނަކީ ޤުރުއާން ކްލާހެއްގެ އިދާރާގައި މަސައްކަތް ކުރާ މީހަކީމެވެ. އަހަރެންނަށާއި އަދިވެސް މިތާ މަސައްކަތް ކުރާ އެހެނިހެން މުވައްޒަފުންނަށް މުސާރަ މި ލިބެނީ މަސް ފެށޭ ތާ 2 ހަފްތާ އަށް ވާން ކައިރި ކޮށްލާފައެވެ. މީ އަމިއްލަ ގޮތުން ރަށު މީހެއް ހިންގާ ކްލާހެކެވެ.
ޖިންސް މަނިކް
04 May 2018
ކުޑަކުޑަ ވިޔަވާފާރި ކުރާމީހުންނަށް ތި އިނާޔަށްދީގެން ޖެހެނީ އިނދަ. ތިއުޅޭމަޖިލިހު މެމްބަރުން ޖެެހެނީ ފުރަތަަމަ ކިޔަވަން. ފިލްމުސްޓާރުންނާއި އަޑުގަދަމީހުން ލާއިގެން މަޖިލސްހިންގީމަވާނީ ތިވަރު. އަޑުއެހިން މިއުޅޭނިއުމާވެސް މަޖިލިހަށްކުރިމަތިލާވާހަަކަ.
ފަތީނާ
04 May 2018
ކަލޭމެން ކަހަލަ މީހުން ވޯޓު ދީގެން އެމީހުން ހޮވީ މަޖިލީހަށް.
ފާއިޒް
03 May 2018
މުސްލިމު ނޫން މީހުން ހިތަށް އަރާނެ، ރޯދަ މަހަކީ އާދަޔާ ޙިލާފަށް ޙަރަދުކޮށްފަ ކާން ޖެހޭ މަހެއް ހެން. . ރަސޫލާގެ ސުންނަތުން އިރުޝާދު ދޭ ކެއުމުގެ މިންގަނޑުގަ އެއްގަމު މަހާ ކަނޑުމަސް ކާން ޖެހޭނީ ވަރަށް މަދުން. އެއީ އާދައިގެ ދުވަސްތަކުގަ. ކަނޑުމަހަކީ ނާ އުއްމީދު ގެނުވާ ކާ އެއްޗެއް. މި ކައިފަ ޖެހޭނެ ސިގިރޭޓާ ދުފުން ބޭނުންކޮށްގެން ޖަޒުބާތު އޮޅުވާލަން.
ޢިބްތިދާލް
03 May 2018
ވަރަށް ސާފްބަހުން މިދަންނަވަނީ ރާއްޖޭގައި މަސައްކަތް ކުރާ ޤަވައިދާ ޙިލާފް ބަންޤާލިންގެމައްސަލަ ހައްލުނުކޮށް ކުރެވޭނެ އެހެންކަމެއް ނޯންނާނެ އިއުލާން ނެރޭނެ ކަމެއް ނެތް!!!
ޔުމްނާ
03 May 2018
އަދި މުސާރަ ނުލިބޭ ، ދެން ރޯދަ އިނާޔަތް ލިބޭނީ ކިހިނަކުން ، މިނޫހުން ގއ އަތޮޅުހޮސްޕިޓަލާއި ސުވާލުކޮށް އޮޅުންފިލުވަދީބަލަ ، ކީއްވެތޯ މަސްނިމިގެން ހަފްތާ އެއްވާއިރުވެސް މުސާރަ ކޮޅު ނުދެވެނީ ،
މުވައްޒަފު
04 May 2018
ތީ ތިތަނުގެ އަބަދުވެސް ހާލު. ބަޖެޓް މުވައްޒަފުން ހިސާބަށް ވުރެ ހީވާގި ކަމުން ބައެއް މަސް މަހު 10ގަ ވެސް މުސާރަ ނުލިބޭ.
ވާލުސޮރު
03 May 2018
ބިދޭސީންގެ ތެރެއިން މުސްލިމުން ރޯދަ އިނާޔަތުން މަހުރޫމް ވެގެންނުވާނެ. މިސަރުކާރަކީ އާދަޔާ ޚިލާފަށް އިސްލާމްދީނަށް ލޯބިކުރާ ސަރުކާރަކަށްވާއިރު "އެންމެހާ މުސްލިމުންނީ އަޚުން" ތަކެއް ކަމަށް ގަބޫލުނުކުރާންވީ ސަބަބެއްނެތް. އެހެންކަމުން މުސްލިމް ބިދޭސީންގެ އިނާޔަތް އިސްލާމިކް މިނިސްޓްރީގެ ބަޖެޓުން ނަމަވެސް ދިނުން ރަނގަޅު.
ޖިމޯ
03 May 2018
ތިޔަ އޮތޯރިޓީގެ ބާރު އޮވޭތޯ؟ ޕީއެސްއެމްގެ މުވައްޒަފުން ރެއަާއި ދުވާލު މަސައްކަތްކުރަންޖެހޭ. އިތުރުގަޑި ނުދޭ. ރަށުން ބޭރަށް ދިޔަސް އިނާޔަތް ނުދޭ. އާއިލާ ޒިންމާ ނެގީމަ މުސާރައިން ކަނޑާ. ހަފްތާގެ ހުރިހާ ދުވަހެއްގައި މަސައްކަތްކުރުވާ އޮފް ނުދީ. މިކަން ކަން ބެލޭނެ ތޯ؟
ލޮލްޒ
03 May 2018
މައްސަަލަ ލާން ކެރޭނެ؟ ހުސް ވާހަކަ. އިސްނަގާ ކަމެއް ކުރަން ކެރޭ މީހަކު ނެތް!
އާނިޔާ
03 May 2018
ބޮތްދަށުވެ ފިލައި ތިބެގެން ކޮމެންޓު ކުރިޔަކަސް އެއޯރިޓީން ކުރެވޭނެ ކަމެއްނެތެވެ. ކެރެންޏާ މައްސަލަ ހުށައަޅާބަލަ.؟؟
ޖިމޯ 2
03 May 2018
މައްސަލަ ލާބަލާށޭ މި ކިޔަނީ މިހާރު އޮތް މެނޭޖްމަންޓުން ރަނގަޅު މަންފާއެއް ލިބޭ މީހުން..މައްސަލަ ލީމަ ދެން ވީ ގޮތް ހަބަރުތައް ބެލީމަ ފެންނާނެ.މައްސަލަ ޖައްސައިގެން ހަޖަމް ނުވެގެން އެތަނުން ވަކިކުރީ ކިތައް މީހުން ތޯ ބަލާ. އެލްޖީއޭއަށް މައްސަލަ ލައިގެން އަދިވެސް ކޮަޅެއްގަ ނުޖެހޭ!
ޖިމޯ 2 އަށް
04 May 2018
ބަލަ އެލްޖީއޭ އަށް މައްސަލަ ހުށަހެޅީމަ ވޭތަ؟