އިސްމާއިލް އައްފާންގެ އަމިއްލަ އަލްބަމް "ގެންބެންދެން" ރިލީޒްކޮށް އޭނާގެ ފޭނުންނަށް މި ވަނީ އުފާވެރިކަން ގެނެސްދީފަ އެވެ. ރޭ އޮލިމްޕަހުގައި ބޭއްވި ހާއްސަ ޝޯއެއްގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް އަލްބަމް ރިލީޒްކޮށްދެއްވުމާ އެކު އައްފާން ވަނީ އަލްބަމްގެ ލަވަތައް ހުށަހަޅައިދީފަ އެވެ.
އަލްބަމްގައި ހިމެނޭ ބައެއް ލަވަތަކުގެ ތެރޭގައި "ހަތަރު އަނގޮޅި" އަދި "ތައުލީމް ހާސިލްކުރަން އެ މަންޖެ ބޭރަށް ފުރުމުން" ހިމެނެ އެވެ.
އައްފާން އާ އެކު ރޭގެ ޝޯގައި އިސޯމް، އަދުހަމް، އައްޑޮ، އުމަރު، އިއްބެ، ޝިފާޒް، ޗިއްޕެ، ނަހޫ، އަޔާޒް، ނިޝް، އަންޔާ އަދި ޝަމްބޭ ޕާފޯމްކުރި އެވެ. މި އަލްބަމްގައި ނުވަ ލަވަ ހިމެނެ އެވެ. އެ ހުރިހާ ލަވަތަކެއް ވެސް ހުރީ ދިރިއުޅުމާ ގުޅޭ ގޮތަށެވެ. ލަވައިގެ ލިރިކްސް އާއި ކޮމްޕޯސްކުރުމުގެ މަސައްކަތްތައް ކޮށްފައިވަނީ އައްފާނެވެ. އައްފާންގެ އެހެން ލަވަތައް ފަދައިން މި އަލްބަމްގައި ހުރި ސަޅި ލަވަތަކުން މުހިންމު މެސެޖުތަކެއް ދެ އެވެ.
ލަވަތައް ލިބެން ހުންނާނެ ތަނެއް އަދި އިއުލާނެއް ނުކުރެ އެވެ. ނަމަވެސް މި ލަވަތައް އަޑުއަހާލަން ލިބުން ލަހެއް ނުވާނެ އެވެ.