ރައީސް މައުމޫނު ޕޮލިސް ލޯންޗުގައި ދޫނިދޫއިން މާލެ ގެންނަނީ:.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
17 މެއި 2018 - 15:53
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބަންދުކޮށްފައި ވަނީ ޒާތީ ހަސަދައެއްގައި ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
އެއްބަފާ ކޮއްކޯފުޅު ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ގާނޫނާ ޚިލާފަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި، ޝަރީއަތް ނިމެންދެން މައުމޫން ޖަލުގައި ބަންދުކޮށްފައި ހުންނަތާ 100 ދުވަސް ވުމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނެއްގައި ބުނީ، މައުމޫންގެ މައްޗަށް ކުރަނީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަދި އެމަނިކުފާނު ހައްޔަރުކުރި ދުވަހުން ފެށިގެން ވެސް ރައްޔިތުންނަށް އެކަން ސާބިތުކޮށްދީފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.
މައުމޫންގެ ސިއްހީ ހާލުކޮޅު ހުރި ގޮތުން އެމަނިކުފާނު ބަންދުގައި ގެންގުޅުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާ ނަމަވެސް އެކަށީގެންވާ ކަމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ. އެހެންވެ ޑޮކްޓަރުންގެ ލަފައާ އެއްގޮތަށް މައުމޫން ގޭބަންދަށް ބަދަލުކޮށްދިނުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.
ފާއިތުވި ދެ ހަފުތާ ތެރޭގައި މައުމޫންގެ ސިއްހީ ހާލުކޮޅު އިންތިހާ އަށް ގޯސްވެ، ތަކުރާރުކޮށް ފަރުވާ ދޭން ޖެހިފައިވާ ކަމަށާއި ނަމަވެސް ދޫނިދޫ ޖަލުން އެމަނިކުފާނަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ދެމުން ނުދާ ކަމަށް ބަޔާނުގައި ވެ އެވެ.
"..ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު އިންތިހާއަށް ގޯސްވެ، ތަކުރާރުކޮށް ފަރުވާ ދޭންޖެހިފައިވާއިރު އަދި ބަންދުގައި ހުންނަ މަރުކަޒުގައި އެމަނިކުފާނަށް އެކަށީގެންވާ ގޮތެއްގައި ފަރުވާ ދެމުން ނުދާއިރު، އަދި އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު ހުރިގޮތުން އަބަދުމެ އަރިހުގައި ބޭފުޅަކު ހުންނެވުމަށް ތަކުރާރުކޮށް ޑޮކްޓަރުން ލަފާދެއްވާފައިވާއިރު ޑޮކްޓަރުގެ ލަފައާ އެއްގޮތަށް އަމަލުކުރައްވަމުން ނުދާކަން ފާހަގަކުރަމެވެ،" އެ ބަޔާނުގައި ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މައުމޫން ގެންދަވަނީ ބެނައިން ޕްރޮކްސިސިމަލް ޕޮޒިޝަނަލް ވާޓިގޯގެ ބައްޔަށް ފަރުވާ ހޯއްދަވަމުންނެވެ. އެއީ ކުއްލިއަކަށް ބޯއަނބުރައި ކޮޅަށް ހުންނަން ދަތިވެ އަމިއްލަ އަށް އެއްވެސް ކަމެއް ނުކުރެވޭ ޒާތުގެ ބައްޔެކެވެ. އެހެންވެ އެ ހާލަތުގައި މައުމޫނު ގިނިކަންޏާ ހުންނަވަން ޖެހިވަޑައިނުގަންނަވާ ގޮތަށް އަރިހުގައި އަބަދު ވެސް މީހަކު ބެހެއްޓުމަށް ޑޮކްޓަރު އިރުޝާދު ދެއްވާފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.
މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވެސް ވަނީ، ރޯދަ މަހަށް އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގެންފަ އެވެ.
މި ރޯދަ މަހުގެ ދުވަސްތައް ޖަލުގައި ހޭދަކުރައްވަން ޖެހިވަޑައިގަތުމަކީ މައުމޫނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ެހުސައިން
20 May 2018
ރައީސް މައުމޫނު ޖަލުގައިހުންނަވައި އަވަހާރަވެއްޖެނަަމަ, ޔާމީން އަތަށް ގޮވާނެ.
ގައުމީދޫ
18 May 2018
މައުމޫނު ގެނެސްދެއްވާ އިހްޔާކުރުމުގެ ޕްރޮގްރާމް ވަރަށް މިސްވޭ! ދީނުގެ ހުކުމްތައް އޮޅުންފިލުވައިދެއްވި އުސްތާޒް އަށް ކާމިޔާބު މިންވަރުކުރައްވާށި! ފަލަސްތީނުގެ ރައްޔިތުންނަށާއި ދިވެހިރާއްޖޭގަ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަނިޔާވެރިކަމާއި ބޭއިންސާފާއި އަނިޔާ ތަހައްމަލްކުރަމުންދާ އެންމެހައި މުސްލިމްތަކުންނަށް ނަސްރާއި ކާމިޔާބު ދެއްވާށި! އާމީން ޔާ ރައްބަލް ޢާލަމީން!
ގަޓުކައްޕި
18 May 2018
ގަޓޫ ހުރިކަން ދައްކާލައްވަނީ
މާމަ
17 May 2018
ފޮރުވި ފޯނުދައްކާފަ ގެއަށް
ބޭމިސާލު
17 May 2018
ދައްކާކަށް ނުޖެހޭނެ. ފޯނުގެ ރެކޯޑާއި ކޯލްރެކޯޑްވެސް ހޯދޭނެ. ނޫނީ ކޯޓްއަމުރެއް ހިފައިގެން ގޮސްބުނޭ ފޯނު ދޭން. ޢޭރުން ދޭނެ.
ސަމީރު
17 May 2018
ބުރޯ ބުނަންތަ ވާހަކައެއް!ގާސިމް އަތުން ގެންނަ އެމްޕީ އިލްހާމާ ހަވާލުކުރާކަށް މީހަކު މެދުވެރިވާކަށް ނުޖެހޭނެ! ގާސިމާ އިލްހާމުގުގެ ގުޅުން އެއަށްވުރެ މާގާތް! ދޮގުހަދައިގެން ލިބޭނެ މޮޅެއް ނޯންނާނެ!
ޢަލީސުޖާއު
17 May 2018
ޢިއްޒަތްތެރިރައީސުލްޖުމްހޫރިއްޔާގެ އަރިހުން ވަރަށް އާދޭހާއެކު ދަންނަވަން ރައީސް މައުމޫން މި ރަމަޡާންމަހުގެ މާތްކަމަށްޓަކައި ނަމަވެސް ގޭބަންދަށް ބަދަލުކޮށްދެއްވުމަށް ޢެހާ މުސްކުޅި އުމުރުފުޅުގައި ޖަލުގައި ތުހުމަތަކަށް ބަންދުކުރުމަކީ އިންސާނިއްޔަތުގެ ކަންފުޅެއްވެސް ނެތްކަން ޔަގީންވާކަމެއް.
1ދުވަހަކުން 1ދުވަހަކުން
17 May 2018
ފިނިބޮޑުވެ ލޮލުރޯގާޖެހިފައި އޮތް ހަރުފައެއް ހަސަނަށް ފެނިގެން ގެއަށްގެނެސް ތާފަނާފެނުން ބޮނޑިތާންކޮށް ރަޖާލައްވާފައި ބޭއްވިއެވެ. އަވައްޓެރި އާދަންބެ ބުންޏެވެ. ތިޔައީ ތޮބީއަތް ނުބައި މަޚްލޫގެކެވެ. އުޅޭގެއަށް ގެންނަން ހެޔޮވާނެ އެއްޗެއް ނޫނެވެ. އަނެއްދުވަހު އެއްކަލަ ހަރުފަ ކުޑަކޮށް ހެލިފެލިވުމުން ބަތްޕެން ބޯންދީހެދިއެވެ. 3 ދުވަސް ވީއިރު ލޯ ހުޅުވި ހަރަކާތް ހަލުވިވެއްޖެއެވެ. ކައިރީގައި ވަންނިޖައްސާ ހަދައެވެ. ޝިކާރަ އަތުލާގަންނަން ވެސް ވިހަޖަހަން ވެސް އެހާ ހުޝިޔާރެވެ. ހަސަނު ހިތާހިތާ ބުންޏެވެ. އާދަންބެއަށް އެނގެނީ ކޯންޗެއް ހެއްޔެވެ. އެސޮރު ކިތަންމެ މަކަރުވެރިކަން ހުއްޓަސް މަަށަކާ ނުބެހެއެވެ. ނަމަވެސް ފަހުން އެގުނީ ކޮންމެހަފްތާއަކު ކޮށިން ކުކުޅެއް ދެކުކުޅު މަދުވާކަމެވެ. އެހެންވެ ކޮށިގައި ނަރުދާ ޖަހަން ހަސަނު ނިންމިއެވެ. އެއްބިތުގައި ދާޖެހިއިރު ހަރުފަ ކައިރީގައި އޮވެފައި ވާނުވާ އެނގުމުން ފުރަގަހަށް މަޑުމަޑުން ދެމިލުމުން ހަސަނަށް ޝައްކުވިއެވެ. ބަލާލުމާއެކު ފުއްމާގެން އައިސް ކަރުގައި ދަތްއެޅއެވެ.
އަލީ ނާޒިމް
17 May 2018
މިއީ ގޭމެއް ޖައްސާ! މައުމޫނައް މިހާލު ޖައްސާއިރު، އެހެންމީހުންނައް ކޮއްލާނެވަރު ބުނެލަދޭންވެގެން. އެބަފެނޭނު ވާގޮތް! މި ރާއްޖޭގައި މިދިޔަ 30 އަހަރު ދުވަހު، ދުނިޔޭގެ އެކި ހިސާބުތަކުން، ހުރިހާ ރޮނގަކުން ދިވެހިން ކިޔަވައިގެން އައިސް އެބައުޅޭ. އެކަމަކު އެކަކައްވެސް، ހަމަ އެކަކައްވެސް ނުކެރެޔޭ ބޯހިއްލާލާކައްވެސް. މަޖްލިހުގަ އެތިބި މީހުންނައް ބަލާލަބަލަ. ކިޔަވައިގެން ތިބި މީހުން މިރާއްޖޭގައި މަދީތަ އަޅެ ފަހެ؟ ގޭމް ކުޅެން ހަމަ ވަރައް މޮޅު!
އޭއޭ
18 May 2018
މައުމޫނު ދޫކޮއްދެއްދެއްވުން އެދެން. އެމަނިކުފާނައް އަނިޔާ ނުދެއްވުން އެދެން. އޯގާތެރިވޭ މިއޮއްފަދަ ރޯދަމަހު!