އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދަނީ: މި ޕްރައިމަރީ އަށް ކުރިމަތިލެއްވީ ނަޝީދު އެކަނި. --ފޮޓޯ/މިހާރު
31 މެއި 2018 - 08:17
ސިވިލް ކޯޓުގެ އަމުރަކުން ހުއްޓާލަން އަންގާފައި ވަނިކޮށް، އިއްޔެ ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހަމައެކަނި ވާދަކުރެއްވި ކެންޑިޑޭޓް، ކުރީގެ ރައީސް މުހައްމަދު ނަޝީދު 43،922 ވޯޓު ހޯއްދަވައި އެ ޕްރައިމަރީ ކާމިޔާބު ކުރައްވައިފި އެވެ.
މި ނަތީޖާއާ އެކު މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓަކީ ނަޝީދު ކަމަށް ވިޔަސް އެމަނިކުފާނުގެ ނަންފުޅު އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރުމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ސަބަބަކީ، އެއީ 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާތީ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގު ނަޝީދަށް ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވުމެވެ.
ރޭ ފަތިހު އިއުލާން ކުރި، ވަގުތީ ނަތީޖާ އިން ދައްކާ ގޮތުން ވޯޓުލީ 44،011 މީހުންގެ ތެރެއިން ނަޝީދާ އެއްކޮޅަށް ވޯޓު ދިނީ 43،922 މީހުންނެވެ. ނުފެންނަ ވޯޓުގެ އަދަދަކީ 14 އެވެ. ބާތިލް 75 ވޯޓެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި އެއް ކެންޑިޑޭޓަކު ނުކުތަސް، ހޯދަން ޖެހެނީ 10 ޕަސަންޓު ވޯޓެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން، ނަޝީދަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އެމަނިކުފާނަށް އަބަދުވެސް އެންމެ ތާއީދު ބޮޑު މާލެ އާއި އައްޑޫންނެވެ. އެގޮތުން، މާލެ އިން 5،439 ވޯޓު ހޯއްދެވިއިރު އައްޑޫން ލިބިވަޑައިގަތީ 3،942 ވޯޓެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި ބޭއްވީ، ނަޝީދަކީ ޖަލު ހުކުމެއްގައި ހުންނެވި ބޭފުޅަކަށް ވާއިރު، އެމަނިކުފާނު ބައިވެރިވެވަޑައިގެން ބާއްވާ ޕްރައިމަރީއެއް ގަވާއިދާ ޚިލާފު ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އަންގައި އެކަން އެގޮތަށް ނުކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައި ވަނިކޮށެވެ. އަދި އެ އަމުރާ އެއްގޮތަށް، ފުލުހުން ވަނީ ބައެއް ވޯޓު ފޮށިތައް ވެސް ގެންގޮސްފަ އެވެ. އެކަމަކު ވެސް، ވޯޓު ފޮށީގެ ބަދަލުގައި ކޮތަޅާއި ޑަބިޔާ އާއި ދޮންނަ މެޝިނާއި ކޮންގްރީޓް ގަށާ މެޝިން ފަދަ އެއްޗިއްސަށް ވޯޓު ކަރުދާސް އަޅައިގެން، އެމްޑީޕީން ޕްރައިމަރީ ކުރިއަށް ގެންދިޔައީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޔާއިދޮރޯސް
31 May 2018
ޝަރީފޫ ރިޔާސީ އިނތިޚާބުގައި ރައްޔަތުން ވޯޓުލާން ބޭނުންވާގޮތް މިދައްކާލީ. މިއީ މިރާއްޖޭގަ އޮތް އެންމެ ބޮޑު ޑިމޮކުރަސީގެ އަހުލުވެރިން ގަބޫލުކުރާގޮތް. ލުއިފަސޭހަ ޚަރަދުކުޑަ ގޮތެއް. ކޮންމެ ރައްޔަތަކުވެސް އެމީހަކަށް އެންމެ ފަސޭހަތަނަކަށް ވޯޓުއަޅާނީ. ގޮނޑަށްއަޅާ ވޯޓުގެ ނަތީޖާ ވެމްކޯއިން ބަލާނެ. ކަނޑަށްއަޅާ ވޯޓުގެ ނަތީޖާ ފިޝަރީސްއިން ބަލާނެ. މަގުތަކަށްއަޅާ ވޯޓުގެ ނަތީޖާ އެޗްޑީސީއިން ބަލާނެ. ޝަިރީފަށް އޮންނާނީ އެކުޖުމުލަ އިއުލާން ކޮށްލުން. އެއްލަކިން ރިޔާސީ އިންތިޚާބު ނިމޭނެ.
ޒިލނ
31 May 2018
ސާބަހޭ ސާބަހޭ އެމްޑީޕީ. ކާމިޔާބަކީ މަސައްކަތް ކުރާ ބައެއްގެ އެއްޗެއް. އެތައް ބައެއްގެ ހެޔޮ ދުޢާ ވަނީ ތި ޕާޓީއާއެކު.
ހިޔަޅު
31 May 2018
މިއީ ޕީޕީއެމް އިން ބޭއްވި ޕްރައިމަރީއެއް ނަމަ އެމްޑީޕީން ބުނާނީ ހަމަ އިންސާފުވެރި ދެފުށް ފެންނަ ޕްރައިމަރީއެކޭތޯ؟
ޕިން
31 May 2018
މިއީ އެމްޑީޕީ ތެރޭގައި ހިނގި ފިތުނަ ގަޑެކެވެ. މި ވޯޓުން އެހެން މީހުނަށް އަސަރެއް ނުކުރާނެ އެވެ. އަންނީގެ ކުދިން ކޮޅެއް ނުކުމެ ސަރަކާތެއް ޖަހާލީ އެވެ.
-™ރަދީފް®-
31 May 2018
އެންމެ ތާއިދުބޮޑު މާލެއާއި އައްޑޫ އިން ލިބުނު ވޯޓުގެ ޖުމްލަ އެއްކޮށްލުމުން ވަނީ 9381 ވޯޓް. ދެން މުޅި ރާއްޖެއިން ލިބުނު ޖުމްލަ ވޯޓުގެ އަދަދު 43922 އަށް އެރީ ކިހިނެތްބާ؟ ތި ޕްރައިމަރީގަ ވޯޓް ނުލާ ރަށްރަށްވެސް އެބަހުރި، އަދި ނަޝީދަށް ތާއީދުނެތް ރަށްރަށްވެސް ބައިވަރު. އެހެންވީމަ އެއަދަދަށް ވޯޓް ހަމަވާނެ ވަރަށް ބާކީ ހުރި ރަށްތަކުން ވޯޓް ލިބޭނެ ކަމަކަށް ނުބެލެވޭ. މި ވޯޓުގެ ނަތީޖާ ގަބޫލްކޮށްގެން އަތްޖަހައި ގުންފައިޖަހާ ގުނބޯތައް ހޭދެބައިވާއިރު ހީވަނީ އެހެންފަދަ ކަމެއްހެން
ހުޝާމް
31 May 2018
ރަށްރަށުގައި އެޕާޓީގެ މެންބަރުން މަސައްކަތް ކުރަނީ ކޮމިއުނިޓީއެއް ނުވަތަ އާއިލާއެއް ގޮތަށް. ކޯޓު އަމުރު ނުކުތް އިރު ގިނަ ރަށްތަކުގައި ބޮޑުބައެއް ލައިފި. އަމުރާއެކު ޖޯޝު އިތުރުވި. ފުލުުުހުން ނުތިބޭތީއާއެކު މިރަށްރަށުގެ ވޯޓުތައް އެކުގައި ސަލާމަތްވި. ރާއްޖޭގެ އާބާދީ ބެހިފައިވާ ގޮތް ބަލާ ބަޔަކަށް އެނގޭނެ އައްޑޫ މާލެއަށް ވުރެ ރަށްތައް އެއްކޮށްލީމަ މީހުން ގިނަކަން.
ޖަރީމާ ރައީސް
31 May 2018
އަހަރެންގެ ގޭގެ ކޮޓަރީގަ ހުރި ވޯޓް ފޮއްޓަކަށް އަހަރެން އަމިއްލައަށް އަހަންނަށް ވޯޓް ދީފަ އެ ގުނީ ވެސް އަހަރެން އަމިއްލައަށް. ހިސާބުވެސް ހަދާފަ ހުންނާނީ މަ. ދެން މިވަރު މަދުވާނެ ހެން ހީވޭތަ؟
އަބްދުއްލާ
31 May 2018
ގާނޫނާ ހިލާފު ކަންކަން ކުރާޕާޓީ އެއްނަމަ އުވާލުން ލާޒިމް.
1234
31 May 2018
ކޮންމެ މީހަކު 50 ވޯޓު ލައިގެން ވީވަރުތީ. ބޯހަލާކު ވެދާނެ މިއޮއްފަދަ ރޯދަމަހު ތިކަހަލަ މަކަރު ހަދަން.
ތުރާބެ
31 May 2018
ޕާތީގައި 40ހާސް މީހުން ނެއް އިރު 43ހާސް ގަދަ
ޒޭން
31 May 2018
އިލެކްޝަން ކޮމިޝަނުން ވަނީ މިދިޔަ އަހަރު އެޕާޓީގެ ދަފްތަރުން ފަންސަވީސް ހާސް އުނިކޮށްފައި. އެކަމަކު ޕާޓީއިން ބަލަނީ ގިނަ މީހުން ތިބި އަސްލު ރަޖިސްޓްރީ.
ގުލްޝަން
31 May 2018
އަދިކޮބާ ޓުކުރިއާއި ޓައްޕަށް، ދޮންނަމެޝިނާއި ކޮންކުރީޓުމެޝިންށް، ޑަސްބިނާއި ކުނިގޮނޑަށް އެޅި ވޯޓުގެ ނަތީޖާ ނިކުންނައިރު ޖުމުލަ 439220 ވޯޓު ހަމަވާނެކަން ޔަގީން. ދެން މިރާއްޖޭގަ ރިޔާސީ އިންތިޚާބެއް ބާއްވާކަށް ނުޖެހޭނެ. ދެން ތިޔަ ނަތީޖާޝީޓުގެ މަތީގައި އދ ގެތައްގަނޑަކާއި ތިރީގައި އިޒުރޭލުގެ ތައްގަނޑު ޖަހާލަނިކޮށް އެއޮތީ ވެރިކަންލިބި ނާޗަރަންގީ ޖައްސަންވެފަ.