ޚަބަރު / ދަ ޑިމޮކްރެޓްސް

ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރަން 3،500 ފޯމާއެކު ހުށަހަޅައިފި

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ބޭނުންވާ ފޯމުތައް ހަސަން ލަތީފް އިލެކްޝަންސް ކޮމިޝަނާ މިއަދު ހަވާލުކުރައްވަނީ. -ފޮޓޯ: ނިޝާން އަލީ | މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އަށް ތާއީދުކުރާ ގިނަ ބަޔަކު ހިމެނޭ، ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން 3،500 މެމްބަރުންގެ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދަ އީސީން ދީފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީ އުފައްދަން ހުށަހަޅަން ޖެހެނީ މަދުވެގެން 3،000 މެމްބަރުންނާ އެކުގަ އެވެ.

އެމްޑީޕީގެ ތެރެއިން އިއުލާންކުރި "ފިކުރެއްގެ ދިރުން" ފެކްޝަން، ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރުމުގެ ހުއްދަ އަށް އެދުނީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގަ އެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ފޮށިތަކެއްގައި ބަންދުކޮށްފައިހުރި 3،560 ފޯމު މިއަދު ހެނދުނު އީސީއަށް ހުށަހެޅުމަށްފަހު، ހަސަން ލަތީފް މީޑިއާތަކަށް ވިދާޅުވީ އެ ފޯމުތަކުގެ ސައްހަކަން އަވަހަށް ކަށަވަރުކޮށްދެއްވައި، ގާނޫނުގައި ބުނާ ޖަލްސާ ބޭއްވުމުގެ ހުއްދަ ދިނުމަށް ކޮމިޝަނުގައި އެދިފައިވާނެ ކަމަށެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ބޭނުންވާ ފޯމުތައް އިލެކްޝަންސް ކޮމިޝަނާ މިއަދު ހުށަހަޅަނީ. -ފޮޓޯ: ނިޝާން އަލީ | މިހާރު

ޕާޓީއެއްގެ ގޮތުގައި ޑިމޮކްރެޓްސް ރަޖިސްޓްރީވާނީ، އެ ފޯމުތައް ޕްރޮސެސްކޮށް ސައްހަ 3،000 މެމްބަރުން ހަމަވާ ނަމަ އެވެ.

"މާގިނަ ރަށްތަކަށް ދަތުރުކޮށްގެން ނޫން އަޅުގަނޑުމެން ފޯމު މި ހަމަކުރީ. އަޅުގަނޑުމެން ޓާގެޓުކުރީ 3،500 ފޯމު ހަމަކުރަން،" އޭނާ ވިދާޅުވި އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުމާ އެކު ނަޝީދުގެ އަރިސް މެމްބަރުންތަކެއް ވަނީ ރަށްތަކަށް ދަތުރުކޮށް މެމްބަރުން ހޯދުމުގެ މަސައްކަތް ކޮށްފަ އެވެ. އެހެންކަމުން މިއަދު އީސީއަށް މި ހުށަހެޅީ މާލެ އާއި އަތޮޅުތަކުން ލިބުނު ފޯމުތަކެވެ.

ހަސަން ލަތީފް ވިދާޅުވީ އަމާޒުހިފީ ޕާޓީ ރަޖިސްޓްރީ ކުރަން ބޭނުންވާ އަދަދު ހަމަކުރުމަށް ކަމަށާއި، މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ވަރުގަދައަށް ފަށާނީ ޕާޓީ ރަޖިސްޓްރީ ވުމުން ކަމަށެވެ.

ދަ ޑިމޮކްރެޓްސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރަން އިލެކްޝަންސް ކޮމިޝަންއަށް މިއަދު ވަނީ ހުށަހަޅާފައި. -ފޮޓޯ: މޫސާ ރަޝީދު | މިހާރު

ޑިމޮކްރެޓްސް އުފެއްދުމަށް ރައްޔިތުންގެ މަޖިލީހުގެ މި ފެކްޝަންގެ 12 މެމްބަރަކު ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

އެ މެމްބަރުން ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވިދާޅުވީ އެމްޑީޕީ އޮތީ ވަކި ބަޔަކު ބޭނުންވާ ގޮތަށް ހައިޖެކްކޮށްފައި ކަމަށާއި އެ ޕާޓީ އުފެއްދި މަގްސަދާއި ވަކާލާތުކުރާ ޑިމޮކްރަސީގެ އުސޫލްތަކާއި ހަމަތައް ޕާޓީ ތެރެއިން ގެއްލިފައިވާ ކަމަށެވެ. އާ ޕާޓީއެއް އުފައްދަނީ، އެމްޑީޕީގެ ފަލްސަފާ އަލުން ކުރިއަރުވަން ކަމަށް ވެސް އެ މެމްބަރުން ވިދާޅުވެ އެވެ.

ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެ ކަން ވެސް އޮތީ އިއުލާންކޮށްފަ އެވެ.

74 ކޮމެންޓް, 39 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 56%
icon wow icon wow 15%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާފް

04 June 2023

ހޮޔޮނުވާނެ ދިވެހިން ނޭ ތި ކަެނެރީގޭ ކަލޭގެ އަދިވެސް ދަސްނުވަނީތަ!!! ނޫނީ ކަލޭމެން ޖާހިލީތަ؟؟؟

The name is already taken The name is available. Register?

މުހައްމަދު ސައިޒު

03 June 2023

ސައިޒު އެފެނުނީ... އައްނިގެ އަސްލު ސައިޒު މިއަދު... އެކަމް ބޮޑު ފިނޭންޝަލް ބެކަޕަކާ އެކު ބުރަ މަސައްކަތް ކެނޑިނޭޅި ކޮއްފިއްޔާ ސައިޒު ބޮޑުވެސް ވެދާނެ ފަހަރެއްގަ... މިއަދު ފެއިލް ތިވީ މިހާރު އައްނި ދައްކާ މަންޒަރުން ރައްޔިތުން ފޫހި ވެއްޖެ. މާ އިހުގެ ފޯމިއުލާ އެއް ތި ރެލީ ގެ ޑިމޮކުރަސީ އަކީ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

02 June 2023

މަޖުބޫރުކަމެއްނެތި ރާއްޖޭގެ އެންމެގިނަބަޔަކު އެޕާޓީއެއްގައި ބައިވެރިވި MDP ގެ ލީޑާރޝިޕްގައި މިހާރުތިބި ފަރާތްތަކުން ޑިމޮކްރަޓިކްގެ ހަމަތަކާއި އުސޫލަށް ފުރަގަސްދިނުމުން، އެޕާޓީގެ އާންމު މެންބަރުން ނުތަނަވަސްވީ ވަގުތު MDP އުފެއްދުމުގައިވެސް އިސްދައުރެއް އަދާކުރެއްވެވި ޑިމޮކްރެޓިކްސް އުސޫލަށް ފަރިތަ ބޭފުޅުންތަކެއް އުފައްދަން ކަޑައެޅި The Democrat's އުފައްދަވާނެކަން އިއުލާން ކުރިތާ 7 ދުވަހުގެ ތެރޭގައި އާންމުންގެ 3500 މީހުން ޕާޓީ އުފަދަން ސޮއިކޮށްފި.

The name is already taken The name is available. Register?

އައްނި އަނެއް އަނގަ

03 June 2023

އެކަމް އައްނި ބުނި 50 ހާސް ފޯމު ހަމަވި ވާހަކަ.... މާލެއިން ކަރުދާސް ހުސްވެގެން ފޯމު ފުރުން ހުއްޓަން މަޖުބޫރު ވި ވާހަކަ. ދެތިން ސުން މަދު އެބަވޭދޯ

The name is already taken The name is available. Register?

ދޮނި

02 June 2023

ރައްޔިތުންމަޖިލިސް ކައިރީ ޕާކުގަ ފަން އިސްތަށިގަނޑެއް އޮތް އަންހެންކުއްޖެއް އެބައިން 3500 އޭ ކީގޮތަށް އެއް އަތް ބަނޑުގައި އަނެއްއަތް އަނގަމަތީ އަޅާގެން ހީނހީ ބަލިވެފައި. އިސްއުފުލާނުލާ ހޭވަރުން އެއީ ކޮން ކުއްޖެއް ކަމެއްވެސް ނޭނގުނު.

The name is already taken The name is available. Register?

ހިސާބު މުދައްރިސް އަދުރޭ

01 June 2023

3500 ފޯމު ކަމަށް ބުނެވިފައި އެވަނީ ހިސާބު ކުރުމުގައި ދިމާވި މައްސަލައަކުން...އަސްލު އަދަދަކީ35،500 (ތިރީސް ފަސްހާސް ) ފޯމު.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

01 June 2023

The Democrats ގެ ފަރާތުން އީސީއަށް ހުށަހެޅި ފޯމްގެއަދަދާއިމެދު ނުބައިގޮތަކަށް ވާހަކަ ފަތުރާމީހުންނަކީ "މިޕާޓީގެ ސަބަބުން" ތިމާމެން ކުރަމުންއައި ވައްކަމާއި، ނުފޫޒާއި ބާރުހިންގައިގެން ރައްޔިތުންގެމައްޗަށް ވެރިވެގަނެގެންތިބި ތިބުމަށް ނިމުންއަންނާންއުޅޭކަން ޔަގީންވާތީ އަދިވެސް އިތުރު ގޮތެއް ފެނޭތޯ ހައިޖާނު ހައްދާން އުޅޭ މީހުން. ދި ޓެމޮކްރެޓްސް އަކީ ދަފުތަރު ބޮޑުކޮށްދައްކައިގެން ކަންކުރުމަށްވުރެން ރައްޔިތުމީހާގެ ކައިރިއަށްގޮސްގެން ކަންކުރާނެ ޕާޓީއެއް.

The name is already taken The name is available. Register?

ޓީޖެޓީ

01 June 2023

ތިޔައެއް އެނގޭނެ ދުވަސްކޮޅެއް ފަހުން . ގައިމު 3 އަހަރު ވެރިކަންވެސް ކުރިތާ

The name is already taken The name is available. Register?

ސިލްމާ ޒާހިރު

01 June 2023

މައުމޫން 30 އަހަރު ވެރިކަން ކޮށްފަ އެންމެ ފަހުން އުފެއްދި ޕާރޓީ 3 އަހަރުން މަރުވީ. އަންނި ޕާރޓީ 3،000 އަށް ވުރެ ދަށަށް ގޮސްގެން 2024 މަޖުލިސް އިންތިޚާބަށްފަހު އުވޭނެ. ނަޝީދު ވެސް ދެން ނުހޮވޭނެ!

The name is already taken The name is available. Register?

ސުންދުސް

01 June 2023

އެމްޑީޕީ އިން ކަނޑާލި 39،000 މީހުންގެ %10 ވެސް ސޮއި ނުކުރީތޯ؟ މަދެން ހީހީ

The name is already taken The name is available. Register?

ޔާނުޔާ

01 June 2023

އެންމެ ތިން ދުވަސް ތެރޭގައި 3560 ފޯމް. ވަރަށް މަދު ރަށަކަށް ދިޔައީ ވެސް. ރާއްޖެތެރެއަށް ނުގޮސް 3 ދުވަސްތެރޭ މިވަރު ވީމާ ހަމަ ހަބޭ ޭސް!!! އިބޫ މަރުދިނަސް އެންމެ ތިން ދުވަސް ތެރޭ މިވަރެއް ނުކުރެވޭނެ!!!

The name is already taken The name is available. Register?

ޓީޖެޓީ

01 June 2023

މާލޭން އެކަނިވެސް 3000 ފޯމް އަތުޖައްސަން 3 ދުވަސްވެސް ނުވާނެ ކަމަށް މަ ހީކުރީ

The name is already taken The name is available. Register?

ހާސަރު

01 June 2023

ބަރުލަމާނީގެ ސައިޒަކީ ކޮބައިކަން މިހާރު އެގިއްޖެ. ރިޔާސީ އިންތިހާބުގެ ކުރިން ބޮޑުވަރަކަށް ވިއަސް ހަމަވާނެ ކަމަށް ފެންނަނީ 15 ހާސް . އެހެންވީމަ އެގިއްޖެ އަންނި އެމްޑީޕީން ވަކި ނުވެ ހުރީ ކީއްވެކަން. އަސްލު ސައިޒު އެގެންދެން މަޑު ކޮށްލީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454