ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަލީ ވަހީދު.
19 ޖޫން 2018 - 12:42
ޖުމްހޫރީ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ރައީސްކަމަށް މިއަދު ކުރިމަތި ލައްވައިފި އެވެ.
ސަރުކާރާ ދެކޮޅަށް ކުރި މޭ ޑޭގެ ބޮޑު މުޒާހަރާއަށް ފަހު އަމިއްލައަށް އަރުވާލެއްވިގެން ރާއްޖޭން ބޭރުގައި އުޅުއްވާ އަލީ ވަހީދު ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރަށް އަލީ ވަހީދު ފޮނުއްވި ސިޓީގައި ވިދާޅުވީ އޭނާ ޖޭޕީގެ ރައީސް ކަމަށް ކުރިމަތިލައްވަނީ އެ ޕާޓީ އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް ކަމަށެވެ.
"އެންމެންނަށް ހަމަހަމަ، ގޮފިތަކުގެ ބާރުވެރި، އިންތިޒާމްވެފައިވާ ކޮމިޓީތަކެއްގެ ތެރެއިން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހާދިމް އިހުލާސްތެރި މަސައްކަތެއް ކޮށްދިނުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ރައީސްކަމަށް އަޅުގަނޑު ކުރިމަތިލަމެވެ." ޖޭޕީ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރަކަށް މިހާރު ހުންނެވި އަލީ ވަހީދު ފޮނުއްވި ސިޓީގައިވެ އެވެ.
ޖުމްހޫރީ ޕާޓީ އަކީ އަލީ ވަހީދު ގުޅިވަޑައިގެންނެވި ތިން ވަނަ ޕާޓީ އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ އެކު ޑީއާރުޕީގައި ވެސް އަލީ ވަހީދު އިސްކޮށް ހަރަކާތްތެރިވެވަޑައިގަތެވެ. އޭނާ ސިޔާސީ ދާއިރާ އަށް ނުކުމެވަޑައިގަތީ މައުމޫނާ އެކު ޑީއާރުޕީންނެވެ. އަލީ ވަހީދު ވަނީ މިދިޔަ ދައުރުގައި ތޮއްޑޫ ދާއިރާގެ މެމްބަރުކަންވެސް ކުރައްވައިފަ އެވެ.
ފަހުން އެމްޑީޕީއާ ގުޅިވަޑައިގެން އެޕާޓީގެ ޗެއާޕާސަންކަން އަލީ ވަހީދު ކުރެއްވިއިރު އެޕާޓީ ލީޑްކުރެއްވި އެއްބޭފުޅަކީ އަލީ ވަހީދެވެ.
ބުރާސްފަތި ދުވަހު ބާއްވާ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި އެ ޕާޓީގެ އަސާސީ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމައިފަ އެވެ. ޖޭޕީގެ ކޮންގްރެސްގައި ސިއްރު ވޯޓަކުން އިންތިހާބުކުރާ މުހިންމު މަގާމުތަކުގެ ތެރޭގައި ޕާޓީގެ ލީޑަރާއި ރައީސް އާއި ނައިބު ރައީސް އާއި ހަތަރު ނައިބު ލީޑަރުންގެ އިތުރުން ޒުވާނުންގެ ލީގާއި އަންހެނުންގެ ލީގުގެ ރައީސް އާއި ނައިބު ރައީސް އާއި ސެކްރެޓަރީ އާއި ދެ މެމްބަރުން ހިމެނެ އެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ލީޑަރު ކަމުގައި އޮންނަ އޮތުން ބަދަލުކޮށް، ޕްރައިމަރީއަކުން ރިޔާސީ ކެންޑިޑޭޓް ހޮވާ ގޮތަށް އަސާސީ ގަވައިދު ބަދަލުކުރުމަށް އެ ޕާޓީގެ ކުރިއަށް އޮތް ކޮންގްރެސް އަށް ހުށަހަޅާނެ އެވެ. މީގެ ކުރިން ޖޭޕީގައި ރައީސް ކަމުގެ މަގާމެއް ވެސް ނޯވެ އެވެ. މިފަހަރު ކޮންގްރެސްގައި އެ މަގާމު އުފައްދަނީ އަލަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފާތޭ
19 June 2018
ގާސިމް ވިދާޅުވާ ފަސްބައި ސާފު މީހަކީ މީތޯ. މަވާ ސަލާން
އަލިފް
19 June 2018
ޕާޓޯ އަށް ހެޔޮ އެދިގެން އައިމީހެއް ނޫން ކަން އެނގިއްޖެއެވެ. ބޭނުމީ ރައީސް ކަމެވެ. ވިސްނާލާށެވެ.
ހިޔަޅު
19 June 2018
މަރުހަބާ އައްޔަ. އައްޔަ މިހާ ތަނަށް އުޅުނު އެހެން ޕާޓީ ތައް ވެސް ގެންދިޔަ ހަރުފަތައް އަވަހަށް ތި ޕާޓީ ވެސް ގެންދަވާ. އެ ތަޖުރިބާ އައްޔަ ގެ ހުންނާނެ. ވަރަށް ސަލާމް
ޖ ލީގް
19 June 2018
ޜާއްޖެގެ ސިޔާސީ ޕާރޓީ ތައް ނަކަލް ކުރެވިފައިވަނީ 1980 ގެ ފުޓްބޯލަ ކްލަބްތައް ގޮތައް ކަމަްވާއިރު’ ޖުމްހޫރީ ސްޕޯރޓްސް އައް އަޑުގަދަ މެނޭޖަރަކު ވަރައްފައްކާ. ނަމަވެސް ހަމައެކަނި ވައި އަޑު ލެއްވުމައް. ސަލާމް
ހާސަރު
19 June 2018
ޕާރޓީގައި ދެގޮތެއް ނުވެ ތިބި އިސް މީހުންތިއްބާ ތިހެން އައިސް ޕާރޓީގެ ވެރިކަން ހޯދީމަ ޕާރޓީ ބައިބައިވާނީ. އިސް ސަފުގާ މިހާރު ތިބި މީހުންކުރެ މީހަކަށް ނުދޭނަމަ އެންމެ ރަގަޅީ ސިޔާދު ގާސިމަށް ދިނުން. އެއީ ކިޔަވައިގެން ހުރި ރަގަޅު މޮޅު ޒުވާނެއް.
އަލީ ނަސީރު
19 June 2018
މާތް ކަލަކޯ!!!! ދެން ކިހިނެތް މި ރާއްޖެ ރަގަޅު ވާނީ!!
ލޮކިމަސް
19 June 2018
ރާޢްޖޭން ބޭރުގައި ހުރެގެން ތިޔަފަދަ ޒިންމާދާރު މަޤާމެއް ނުފުރުއްވޭނެ ވާހަކަ ކުރިންވެސް ދައްކަވާފަ ހުރިވާހަކަތަކުން އެނގޭ. ދެން އަނެއްކާ ނުކުރެވޭނެކަމެއްކަން އެނގިހުރެ ކުރިމަތިލައްވަނީ ކީއްކުރަން.
ކެޝް
19 June 2018
ނުކުރެވޭނެ ކަންކަންވެސް ކޭޝްއައް ކުރެވޭ
ސަމާސާ
19 June 2018
އަލީވަހީދު ޖޭޕީގެ ރައީސްކަމަށް ކުރިމަތިލުމަށް ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް. ސަބަބަކީ އަލީ ވަހީދުހާ ސިޔާސީ ދުރުމީގެ ލެންސް ވަރުދަ އެއްވެސް މީހަކު އެޕާޓީގައި ނެތުން. ރިޔާސީ ކެންޑިޑޭޓަކަށްވެސް އަލީ ވަހީދު ރަނގަޅު. ހަމަގައިމު މިހާތަނަށް ރާއްޖޭގެ ވެރިކަން ކުރެއްވި ބައެއް ބޭފުޅުންނަށްވުރެ މާރަނގަޅުވާނެ.
ޙަޅާކް
19 June 2018
ޖޭޕީގެ ދުވަސް ތިޔަ ދިޔަޢީ
މަރޭމިތުރާ
19 June 2018
ތިޔަހެން އުޅޭ އުޅުމަކުން ލިބޭނެ މޮޅެއްނެތޭ!.............................…......... ތިޔަހެން ޕާރޓީ ކޮށްގެންބަދަލު ލިބޭނެ ސަޕޯޓްނެތޭ!
ވަރުނުލާ
19 June 2018
ހަގީގަތުގަ ރައީސްގެ މަގާމު ހައްގުވަނީ އަހުމަދު ސަމީރަށެވެ ދެގޮތެއްނުވެ ހުރިހާ ވަތުތެއްގަވެސް ސަމީރުގެ ހިތްވަރައް ހަމަ ސާބަސް ހައްގެވެ ދުވަސްކޮޅެއް ވާއިރައް ނަގޫ ފިތިފަ ތިބޭމިހުނައް ރައީސްކން ދިނީމަ ދާނީ ފަހަތަށެވެ
ތެފުގަބި
19 June 2018
ތިބުނީ ހަމަ ތެދެއް. ގާސިމަށް މިހާތަނަށް އެންމެ ލޯޔަލް މީހަކީ ސަމީރު. ގާސިމް އެކަމެއް ނުދެކޭ. ގާސިމަކީ މީހުންނަށް ހެޔޮއެދޭ މީހެއްނަމަ އޭނަޔަށް ލޯޔަލް މީހުންނަށް ކަންކުރާނީ ރަނގަޅަށް. މިހާތަނަށް ކަންވަނީ އެހެނެއްނޫން.