ގާސިމް ކޯޓަށް ހާޒިރުކުރުމުން ހޭނެތިގެން ވެއްޓިވަޑައިގަތުމުން ފަރުވާދިނުމަށް ހޮސްޕިޓަލަށް ގެންދަނީ.
24 ޖޫން 2018 - 19:30
ރާއްޖެ ވަޑައިގަތުމަށް ފުލުހުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އަށް މިދިޔަ އަންގާރަ ދުވަހު އެންގެވުމުން، ހުންނެވީ ބޭސްފަރުވާގައި ކަމަށް ވިދާޅުވެ މިއަދު ޖަވާބުދެއްވައިފި އެވެ.
ބޭސްފަރުވާ އަށް ސިންގަޕޫރަށް ފޮނުވުމުން މިހާރު ޖަރުމަނުގައި އަމިއްލައަށް އަރުވާލެއްވިގެން ޖަރުމަނުގައި ހުންނެވި ގާސިމް މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ "އަޅުގަނޑު މިހުރީ ބޭސްފަރުވާގައި" ކަމަށާއި ރާއްޖެއިން ބޭރުން ބޭސްފަރުވާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
"އެ އަމުރުގައިވާ ފަދައިން ބޭސްފަރުވާގައި އަޅުގަނޑު ހުއްޓައި، އަޅުގަނޑަކީ ފިލައިގެން އުޅޭ މީހެއް ކަމަށް ބުނެ މޯލްޑިވްސް ޕޮލިސް ސާވިސް އަށް އަޅުގަނޑު ހާޒިރުކުރަން މަސައްކަތްކުރުމަކީ ކޯޓުގެ ހުކުރުމަށް ކެނޑުން ކަމަށް އަޅުގަނޑު ދެކެމެވެ. ގާނޫނު ނަންބަރު 22/2010ގެ 77 ބައްލަވާލެއްވުމަށް އެދެމެވެ،" ގާސިމް ވިދާޅުވެފައިވެ އެވެ.
އެ ޓްވީޓާއެކު ގާސިމް ވަނީ ކޯޓު އަމުރަށް ތަބާވާން ޖެހޭނެ ކަމަށް އެ ގާނޫނުގައި ކަނޑައަޅާފައިވާ 77 ވަނަ މާއްދާ ވެސް ހިމަނުއްވައިފަ އެވެ.
ތިން އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ގާސިމަށް ފުލުހަށް ހާޒިރުވުމަށް ޓްވިޓާ މެދުވެރިކޮށް އެންގީ އޭނާއަށް ކޮށްފައިވާ ޖަލު ހުކުމަށް ފިއްލަވައިގެން އުޅުއްވާތީ ކަމަށް ބުނެ އެވެ.
ގާސިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ފުރާވަޑައިގަތީ ސެޕްޓެމްބަރު 6، 2017 ގަ އެވެ. ސިންގަޕޫރުން ބޭސްފަރުވާ ކުރެއްވުމަށް ފަހު، އޭނާ ވަކި ހިސާބަކުން ޖަރުމަނަށް ވަޑައިގެން އެ ގައުމުން ހިމާޔަތް ހޯއްދެވި ގޮތަށް އުޅުއްވަނީ ޖަރުމަނުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީނެކެ
25 June 2018
ނަޝީދު ވެސް މައިބަދާގަ ރިއްސާތީ އޯލަ.
ބޮސް
25 June 2018
ދުނިޔޭގަ ހުރިހާ ހިނދަކު އެންމެންވެސް ބޭސް ފަރުވާ ކުރާނެ
ދޮންތުއްތު
25 June 2018
ކަލޭ ބޭސްފަރުވާ ނުނިމެނީސް ކަލެއާ ވެރިކަން ހަވާލު ކުރާކަށް ނުކެރޭނެ. އެކަމާ ނުތެޅި ބޭސްފަރުވާއާއިގެން ކުރިއަށް ދޭބަލަ.
ހަސަންމަނިކުފާނު
25 June 2018
އެހެންތޯ! ހިންޏައް ހަކުރު އޮޅުވާލަނީދެއްތޯ! އަޅުގަނޑު ހީކުރީ ދަތުރުވަރިއަކު ގޮސް ފޭބުނީ ކަމަށް!
އައިޝާ
25 June 2018
ގާސިމްގެ ހަގީގަތް އެންމެ ގާތުން ފެންނަ މީހަކަށް އިނގޭނެ ހަގީގަތުގައި ގާސިމް އަކީ ކިހާ ފިނޑި މީހެއްކަން. ހާއްސަކޮށް ކުޑަކޮށް ބަލިވެލާއިރަށްވެސް.
ނައިބު ލީޑަރ
25 June 2018
ލީޑަރ އެހުންނެވީ ލީޑަރުކަމުގަ ބޭސްފަރުވާގަ ،،ވެރިކަންލިބުނީމަ ވެިކަމުގަ ބޭސްފަރުވާގަ. ދެން މިވަރު ކަޗޯރުން ކިހެނެތްތޯ ޤައުމުގެ ވެރިކަން ކުރާނީ ،، ދިއްދޫ ސމީރުމެންނަށްހީވަނީ ލައްކައެކޭ ....
ވާސިރު
25 June 2018
ނަޝީދު މައބަދާގަ ރިއްސައިނުގަނޭބާ
ފާއިޒް
25 June 2018
އެހެންވިއްޔާ ކޯޓް އަމުރު ނެރެގެން ހާޒިރުވާން އެންގީމަ ކީކޭ ބުނާނި.
އަދުލު އިންސާފު
25 June 2018
ހުރިހާ އެންމެންނަށް އެނގޭ ކަމެއްގައި މިވަރަށް ދޮގުހަދާއިރު މިބޭފުޅާއަށް ވެރިކަން ދީފިނަމަ ވާނެގޮތަކާމެދު މިވިސްނަނީ
ކާފަބެ
25 June 2018
ޖަރުމަނަށް ދިވެހިން ކިޔާނަން ދޯއެއީ ބޭސްފަރުވާ