ޚަބަރު / އައްޑޫ

އައްޑޫގައި އެކްސިޑެންޓު ވި ދެ މީހުން ސީރިއަސް، ފަރުވާ އަށް މާލެ ފޮނުވާލަނީ

ފޭދޫގައި ރޭ އެކްސިޑެންޓްވި މީހަކު އެމްބިއުލާންސަށް އަރުވަން ނަގަނީ.

އައްޑޫ ފޭދޫގައި ދެ ސައިކަލް ޖެހިގެން ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގައި ފަރުދާ ދެމުން އަންނަ ދެ މީހުން އިތުރު ފަރުވާ އަށް މާލެ ފޮނުވައިލަން މަސައްކަތް ކުރަމުން އަންނަ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ރޭ ދަންވަރު 1:30 ހާއިރު ފޭދޫ ބޮޑުމަގުގައި ދެ ސައިކަލް ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ބޮލަށް ބޮޑެތި ޒަހަމްތަކެއް ލިބިފައި ވެ އެވެ. އޭގެ ތެރެއިން، އެކަކީ ފޭދޫ ހަވީރީ ނާޒް، މުހައްމަދު އަފްރާހް 25، އެވެ. އަނެއް މީހާ އަކީ ހިތަދޫ ކޮށާ ނޫރޫ، ހުސައިން އަލީ 35، އެވެ.

އެޗްއާރްއެޗް ހިންގުމާ ހަވާލުވެ ހުންނެވި ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބް މިއަދު ވިދާޅުވީ، ދެ މީހުންނަށް ވެސް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ.

"އެކަކު އޮތީ ވެންޓިލޭޓަރުގައި. ވަރަށް ކްރިޓިކަލް ދެ މީހުން ވެސް. އަހަރެމެން މަސައްކަތް މި ކުރަނީ ފަރުވާ އަށް ދެ މީހުން ވެސް ވީހާ އަވަހަކަށް މާލެ ފޮނުވައިލެވޭތޯ،" އޭނާ ވިދާޅުވި އެވެ.

ވެންޓިލޭޓަރުގައި އޮތީ އަފްރާހެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނި ގޮތުގައި ދެ ސައިކަލް އެކްސިޑެންޓްވާން މެދުވެރިވި މައިގަނޑު ސަބަބަކީ ބާރު ސްޕީޑްގައި ދުއްވުމެވެ. އަދި އޭގެ ތެރެއިން އެއް ސައިކަލް ދުއްވީ ވެސް ނުގަވައިދު ފަޅިން ކަމަށް ބުންޏެވެ.

ތާރު އަޅައިގެން ހަދާފައިވާ ފޭދޫ ބޮޑުމަގުގައި ނަރުދަމާ ހޮޅި ވަޅުލުމަށް މަގުގެ މެދުން ތާރުގަނޑު ކެނޑުމަށް ފަހު، އެ ތަނަށް ކޮންކްރިޓް އަޅާފައި އޮތް ނަމަވެސް މަގުގައި ދުއްވަން ދަތިތަކެއް ދިމާވެފައިވާ ކަން ފާހަގަކޮށްލެވެ އެވެ.

2 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 12%
icon sad icon sad 88%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަސްތޫރި

27 June 2018

އައްޑޫ ރައްޔިތުން ނުކުމެ ކޮއްމެސް ހައްލެ ހޯދަން ފެނޭ ތި މަގުތަށް ބޭނުން ކުރުމަގއި އެކްސިޑެންޓް ނުވާނެގޮތެއް ރާވަން.

The name is already taken The name is available. Register?

ޙަލީމު

27 June 2018

ރައްޔިތުންނޭ މީހާރުވެސް ނިކުމެ އެއުޅެނީ! ސައިކަލަށް އެރުނީމަ އީދެއް އައިސްގެން އުޅެނީވެސް ހަމަ ރައްޔިތު މީހާ! ރަށު ރައްޔިތުން ނުކުމެ ފުލުހުންގެ މަރުކަޒާއި އެމީހުންގެ ގެދޮރުގަ ހުޅުޖެހިއަކަސް ނުވާނެ! ރަށުގެ ހުރިހާ މަގެއް ތާރުކޮށާއި ކުދިކުދި ކުރިޔަސް ނުވާނެ!! އެކަމުން ގެއްލުންވެސް ވާނީ ހަމަ ތިރަށު ރައްޔިތުން! އައްޑޫ ރައްޔިތުން ހޭލުން ތެރިވާންވީ! ހޭބަލިނުވާންވީ! މިކަހަލަ ބުއްދި ހަމަ ނުޖެހޭ މީހުން ކަންކަމުގަ ކޮމެންޓް ކުރާތީ މައްސަލައަކީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454