ހައި އެޗީވާސް ސްކޮލަޝިޕް 36 ދަރިވަރަކަށް ދީފި

އޭ ލެވެލް އިމްތިހާނުން ފަސް މާއްދާއިން އޭ ހޯދި 36 ދަރިވަރަކަށް ހައި އެޗީވާސް ސްކޮލަޝިޕް މިރޭ ދީފި އެވެ.


މިދިޔަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރު މަހު އޭ ލެވެލް ހެދި ދަރިވަރުންގެ ތެރެއިން 41 ދަރިވަރަކު ހައި އެޗީވާސް ސްކޮލަޝިޕަށް ޝަރުތު ހަމަވެ އެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ފުރުސަތަށް ކުރިމަތިލާފައިވަނީ އޭގެ ތެރެއިން 36 ދަރިވަރެކެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ތާޖުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ، ސްކޫލު މަރުުހަލާގައި ދަރިވަރުން ހޯދި ފަދަ ރަންވަނަތައް، މަތީ ތައުލީމުގައި ވެސް ހޯދައި ގައުމަށް ހިދުމަތް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ކިޔަވަން ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

ހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ދަރިވަރަކަށް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް (ކ) މިރޭ ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އެ ސްކޮލަޝިޕުން ކިޔެވޭނީ ސާކް ގައުމުތަކުގެ އިތުރުން މެލޭޝިޔާ އާއި ތައިލެންޑާއި ޕިލިޕީންސް އަދި ޗައިނާ އިންނެވެ. ނަމަވެސް އެ ގައުމުތަކުގައި ދަރިވަރަކު ކިޔަވަން ބޭނުންްވާ ކޯހެއް ނުހިންގާ ނަމަ އެހެން ގައުމަކުން ވެސް މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތު ލިބެ އެވެ. އެކަމަކު އެއީ ޑިޕާޓްމަންޓް އޮފް ހަޔަ އެޑިއުކޭޝަންގެ ލިސްޓުގައި ހިމެނޭ ގައުމުތަކަށް ވުރެ އަގު ހެޔޮ ނުވަތަ އެއްވަރުގެ ހަރަދުތަކެއް ހިނގާ ނަމަ އެވެ.

މިިދިޔަ އަހަރުން ފެށިގެން ސަރުކާރުން އަންނަނީ އޭ ލެވެލް އިން މަތީ ނަތީޖާ ހޯދާ ދަރިވަރުންނަށް ދެ ސްކޮލަޝިޕެއް ދެމުންނެވެ. އެއީ ހައި އެޗީވާސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަޝިޕެވެ. ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ކިޔެވޭ ގޮތަށް އޮންނަ ރައީސްގެ ސްކޮލަޝިޕް މިދިޔަ އަހަރުން ފެށިގެން ދެމުން އަންނަނީ ފަސް މާއްދާ އިން އޭ ސްޓާ ހޯދާ ދަރިވަރުންނަށެވެ.

ރައީސްގެ ސްކޮލަޝިޕް މިފަހަރު ލިބިފައިވަނީ ހަ ދަރިވަރުންނަށެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ