ޝަމީމް (ކ): އޭނާގެ ސަސްޕެންޝަން މިއަދުން ފެށިގެން ވަނީ އުވާލާފައި - ފޮޓޯ/މިހާރު
12 ޖުލައި 2018 - 14:49
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ ސަސްޕެންޝަން މިއަދު އުވާލައިފި އެވެ.
ރާއްޖޭގެ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް މިދިޔަ ފެބްރުއަރީ މަހު ޝަމީމް ސަސްޕެންޑްކުރީ އޭނާއާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުންދާތީ އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ) އިން ނެރުނު ބަޔާނެއްގައި ބުނީ ޝަމީމްގެ މައްސަލަ ފައިލް ކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން ޝަމީމްގެ ސަސްޕެންޝަން އުވާލަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެކުރިން ވެސް ޝަމީމް ސަސްޕެންޑްކުރި އެވެ. ދެ އަހަރު ވަންދެން ސަސްޕެންޝަންގައި ހުރުމަށް ފަހު ޝަމީމްގެ ސަސްޕެންޝަން އުވާލީ މިދިޔަ ޖެނުއަރީ މަހު އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޚްލާސް
12 July 2018
މީހުނާ ވައްބަހުން ދިމާނުކޮށް، އަދަބުވެރިކަމާއެކު ވާހަކަ ދެއްކެވުމަށް ނަސޭހަތްތެރި ވަމެވެ. ތިމާއަކީ ކިތައްމެ މޮޅުމީހަކަށް ވީނަމަވެސް އެހެންމީހުން ދައްކޮލުމުގެ ގޮތުން ފާޑުފާޑުގެ ބަސްބަސް ބޭނުން ކުރެއްވުމަކީ އަޚްލާޤީ ގޮތުން ވަރަށް ދައްފެންވަރުގެ ކަމެއް ކަމުގައިވެސް ދަންނަވަމެވެ. ނަމަވެސް މިހާރު ގިނަމީހުން އަތްޖަހާނީ އެފަދަ ގޮތްގޮތަށް އުޅޭމީހުންނާ އެއްކޮޅަށެވެ. އެކަހަލަ މީހުން ގިނައީކަމަށްވެސް ވެދާނެއެވެ.