ފައިސަލް، އދ. އަތޮޅަށް ފުރާވަޑައިގަތުމަށް މިއަދު ހެނދުނު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި. --ފޮޓޯ/ޖުމްހޫރީ ޕާޓީ
30 ޖުލައި 2018 - 10:44
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ރަނިންމޭޓް، ފައިސަލް ނަސީމް ކެމްޕޭނަށް އދ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.
ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާ އެކު ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ކުރައްވާ ދަތުރުގައި، އދ. އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގަންނަވާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުންޏެވެ. އެންމެ ފުރަތަމަ ވަޑައިގަތީ މަންދު އަށެވެ.
ފައިސަލްގެ ދަތުރުގައި، ދޮރުން ދޮރަށް ހިންގަވައި، ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެ އެވެ. އެ ޕާޓީގެ ތާއީދު ބޮޑު، އދ. އަތޮޅަކީ، ޖުމްހޫރީ ޕާޓީގެ ފައުންޑަރު ގާސިމް އިބްރާހިމް ނިސްބަތްވާ އަތޮޅެވެ.
މާމިގިއްޔަށް އުފަން ގާސިމް މިހާރު ދިރިއުޅުއްވަނީ، ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ޖަރުމަންވިލާތުގަ އެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދިން ކަމަށް އުފުލި ދައުވާގައި، ގާސިމަށް އިއްވި ތިން އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް، ބޭސްފަރުވާ އަށް ބޭރަށް ފޮނުވުމުން އެނބުރި ވަޑައެއް ނުގެންނެވި އެވެ.
އދ. އަތޮޅަށް ފުރާވަޑައިގަތުމުގެ ކުރިން، ދަތުރުގެ ޓީމާ އެކު ފައިސަލް މިއަދު ފޮޓޯއަކަށް ހުއްޓިވަޑައިގެން. --ފޮޓޯ/ޖޭޕީ
ރަނިންމޭޓަކަށް ފައިސަލް އިންތިޚާބުވުމާ އެކު، އޭނާ ކެމްޕެއިން ގައި އެންމެ ފުރަތަމަ ވަޑައިގަތީ އިބޫއާ އެކު އައްޑު އާއި ފުވައްމުލަކަށެވެ. ފައިސަލް އދ. އަތޮޅުގައި ކެމްޕޭން ކުރައްވާއިރު، ކޯލިޝަންގެ އިސް ބޭފުޅުންތަކަކާ އެކު އިބޫ ގެންދަވަނީ، ބ. އަތޮޅުގައި ވެސް ކެމްޕޭން ކުރައްވަމުންނެވެ.
ސެޕްޓެމްބަރު، 23، ގައި އޮންނަ ރިޔާސީ އިންތިޚާބުގައި، ވެރިކަން ކުރާ ޕީޕީއެމްގެ ކެންޑިޑޭޓު، ރައީސް އަބްދުﷲ ޔާމީން ބޮޑު ތަފާތަކުން ބަލިކުރާނެ ކަމަށް އިދިކޮޅު ޕާޓީތަކުން އަންނަނީ ރައްޔިތުންނަށް ޔަގީންކަން ދެމުންނެވެ. އެކަމަކު، ޕީޕީއެމުން ވެސް ބުނަނީ، ރައީސް ޔާމީންގެ ފަސް އަހަރުގެ ތަރައްގީ ރައްޔިތުން ބަލައިގަނެފައިވާ ކަމަށާއި އިންތިޚާބުން އެމަނިކުފާނަށް ދެ ވަނަ ދައުރެއް ކަށަވަރުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުއަދީބު
04 August 2018
2013 ގަ ޖަމީލު ހުރިހާ ރަށްތަކަށް ދަތުރުކޮށް ހުރިހާ ދަލެއް އޮހޮރީ. ހޮވުނީ ބޭރުކޮށްލީ. މިފަހަރު ވެސް ތާރީޚް އިއަދަވާނެ
ޙަޞަނު
30 July 2018
މިއަތޮޅަށް އަޔަސް ކިހިނެއް ވޯޓް ދޭނީ؟ ދުވަހަކު ދުއްމީހެއްނޫން. ހަދާނެ ގޮތެއް އިނގޭމީހެއްނޫން. ސޮރީ އޭ ބުނެވޭނީ.
ސަރީފާ
30 July 2018
ވެރިކަމަށް މާލާގެ ރަސްމަތިފުޅުން "ބޭފުޅުން" ކިޔާ މީހަކު އަންނާޚަށް ނުޖެހޭ. އެމީހުންނަކީ ވަރަށް ތަފާތުކުރުން ގެންގުޅޭ ބަޔެއް.
ބަބުރުކަލޯ
30 July 2018
އަދި ފައިސަލް ޖެހޭނެ އ.ދ ގެ ޖެނަރަލް އެސެންބުލީއަށްވެސް ދާން.
ހަނާ
30 July 2018
ޔާމީނު ބަލިވާނެ، ވެރިކަމުގެ ބާރުވެރކަމުގައި އެހެން ފަރާތްތައް އޮބަހައްޓަައިގެން ކެމްޕޭނު ކުރާ ތަނެއްގަ މިވަރުވާކަން ނަސީބު. ޔާމީނު ބިރުން އުޅެނީ
މޫސަ123
30 July 2018
އޭ ކޮބައިތޯ ރީދޫ ފަހުލަވާނުން އެކަނި މާއެކަނި ނިކުމެގެން ތިކަމެއްނުވާނެ އަހަރުން ވަރަށް ދެރަވޭ އަރިހުގަ މަޖިލީސް މެންބަރަކުވެސް ނެތީމަ ހާދަ ފޯރި ކުޑައޭ އަނެއްކާ ވަކިހިސާބަކުން އިންތިހާބު ބޮއިކޮޓް ކުރަނީތަ ދަތުރު ފަތުރު ކުރުމަށް އެއްވެސް ޚަރަދެއް ނުދޭވާހަކަވެސް އެބަ ދެކެވޭ
ގަހާފޮޑިދޮންތިފޭދޫ
30 July 2018
މިއަށްތުރެން މާބޮޑަށްވެސް ރަނގަޅުވީސް އަލީ ނިޒާރު ރިޔާސީ ކެންޑި ޑޭޓަކަށް ކުޅުދުއްފުށީ ޢަފޫރު ނައިބަކަށް ހުވާ މިމިބުނަނީ މިއަށްތުރެން މާރަނގަޅުވީސް ... އިބޫ މެން ނަކީ ހަރުތަކުގައި ތިބެ ބޮޑެތި ވެފައި ތިބިމީހުން ވާހަކަ ދެއްކުންތެރިކަމެއްނެތް... ކަމަކު ނުދޭ..
ވާލުސޮރު
30 July 2018
މިފަހަރު ރިޔާސީ އިންތިޚާބް އޮވެދާނެކަމާމެދު އަދިވެސް ގަބޫލެއް ނުކުރެވޭ. ސަބަބުތައް ވަރަށް ގިނަ.
ގަހާފޮޑިދޮންތިފޭދޫ
30 July 2018
މިތާނގައި މިތިބި ގިނަމީސްމީހުންނަކީ އިބޫ އަށް ވެރިކަން ލިބިއްޖެއްޔާ މިނިސްޓަރުކަން ލިބޭނެކަމައް އައިސްތިބިމީހުން...އިބޫގެ ވެރިކަން ލިބިއްޖެއްޔާ ވައްޓައިލާނީ ހަމަ މިމީހުން...މަގޭ ހިޔާލު ބެއްޔާމެނައް ދޫކޮށްލީ..
އެމްޑީޕީ.
30 July 2018
އިންޝާ ﷲ ޔާމީނުގެ ދެވަނަ ދައުރެއް މިހާރުވެސް ފެންނަފަދަ!