ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ނުރައްކަލުގެ ވާހަކަ ދައްކަނީ އިންތިހާބު ފަސް ކުރަން: އިބޫ

05 އޯގަސްޓް 2018 - 09:45

38 comments

ރާއްޖޭގެ އަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބު ފަސްކުރަން ކަމަށް އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު، ތ. ގާދިއްފުށީގައި ވިދާޅުވެއްޖެ އެވެ.

ގާދިއްފުއްޓަށް ކުރެއްވި ކެމްޕެއިން ދަތުރުގައި ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި އިބޫ ވިދާޅުވީ ގައުމީ ސަލާމަތަށް ނުރައްކަލެއް އޮތްކަން ޑިފެންސް މިނިސްޓަރުގެ ފޭސްބުކް ސްޓޭޓަސް އިން ހާމަކުރެއްވުމަކީ "ޖޯކެއް" ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަނީ މިއީ އިންތިހާބު ފަސްކުރުމަށާއި ވޯޓު އޮޅުވާލުމާއި ވޯޓުލާން ތިއްބެވި ބޭފުޅުންނަށް ބިރުދެއްކުމަށް ކުރާ ކަމެއްގެ ގޮތުގައި،" އިބޫ ވިދާޅުވި އެވެ.

Amaan kan nagaalan bayaku raavaathee salaamathee baaruthakun harakaaiytherivanee

Amaan kan nagaalan bayaku raavaathee salaamathee baaruthakun harakaaiytherivanee

The most trusted news source in the Maldives

Mihaaru

ގައުމީ ނުރައްކަލެއް އޮތް ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވުން--

އެކަމަކު އޭނާ ވިދާޅުވީ ސަރުކާރުން ދައްކާ ބިރަކަށް ޖެހިލުން ނުވާނެ ކަމަށެވެ. އަދި ގައުމަށް ނުރައްކަލެއް ކުރިމަތިވާ ނަމަ ދިފާއުގައި ފުރަތަމަ ނިކުންނަވާނީ ކޯލިޝަންގެ ބޭފުޅުން ކަމަށް ވެސް ވިދާޅުވި އެވެ.

"ޑިފެންސް މިނިސްޓަރަށް ވުރެ ކުރިން ނިކުމެ ތިބޭނީ އަޅުގަނޑުމެން ކޯލިޝަންގެ ބޭފުޅުން،" އިބޫ ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ރޭ ވިދާޅުވީ، ކުރިއަށް އޮތް ދުވަސްތަކުގައި ގައުމު ހަލަބޮލިކޮށް، އަމަންއަމާންކަން ނަގާލަން ބަޔަކު ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެ ކަންކަން އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

38 ކޮމެންޓް, 69 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 1%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަނާ

05 August 2018

ވެރިކަން ކުރަން ނޭންގޭ ކޮންމެ ފަހަރަކު ކުއްލި ނުރައްކާ އިއުލާނުކުރާ ރައީސެއްތީ އަނެއްކާ ސީޒަން ފެށެންވާއިރަށް ޓުރިޒަމްގެ ދުވަސް ތިދިޔައީ

The name is already taken The name is available. Register?

ހިޔާލު

05 August 2018

ނުރައްކާ އޮތަސް ނެތަސް އިތުބާރު ކުރަންޖެހޭ ފަރާތްތަކުގެ އިތުބާރު ގެއްލުވާލާފައިވާތީ ގިނަ މުވައްސަސާތަކުގެ ބޭނުންވަނީ ރައްޔިތުންނަކެޑިފައިވެއެވެ. އަދި އިތުބާރުވެސް ވަނީ ގެއްލުވާލެވިފައެވެ. މި އީ ހިތާމަ ހުރި މާބޮޑު ނުރައްކާތެރިކަމެކެވެ.

The name is already taken The name is available. Register?

ޛަމީލު

05 August 2018

ޚޮންތަނެއް ނުރައްކާވެގެންތަ މިއުޅެނީ

The name is already taken The name is available. Register?

ލައްޓި

05 August 2018

ފޭސްބުކު މެދުވެރިކޮށް އެވާހަކަ ހާމަކުރީމާ ލަފާކުރެވެނީ އެމް.އެން.ޑީ. އެފް އިން އެފަދަ ބަޔާނެއް ނެރެން ދެކޮޅު ހެދީކަމަށް.

The name is already taken The name is available. Register?

ހަސަނުބެ

05 August 2018

ނުރައްކަލުގެ ވާހަކަ ފޭސްބުކްގައި ސެއަރ ނުކޮށް އެންމެ ފުރަތަމަވެސް ޖެހޭނީ ރައީސާ ހިއްސާ ކުރައްވަން އޭގެފަހުގައި ވަޒީރުންގެ މަޖިލިސާއި ހިއްސާކުރައްވަން އޭގެފަހުގައި ގައުމީ ސަލާމާތާބެހޭ ކޮމިޓީގައި ހިއްސާކުރައްވަން. މިއީ މިފަދަ ނާޒުކު މައްސަލަތައް މީގެކުރިން ގެންދާގޮތަކީ.

The name is already taken The name is available. Register?

އަސްލުމީހާ

05 August 2018

ހުވާތަ؟

The name is already taken The name is available. Register?

ޥެޓް ބުރައިން

05 August 2018

ކޮންވާހަކައެއް ދައްކާކަށް. ހީނުކުރާތި މިއީ ކުރީ ޒަމާނޭ. ޖޭޕީއަކާއި ދެންތިބި ބަަޔަކާ ކޯލިޝަން ހަދައިގެން މިވެނިވަރަކަށް ވޯޓު ލިބުނޭ. އެދުވަސް މާޒީވެއްޖެ. މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބޮޑުތަނުން އިދިކޮޅު މީހުން ޗޮކުން ދުއްވާލާނެކަމީ ޝައްކެތް އޮތް ކަމެއް ނޫން. އިންޝާﷲ.

The name is already taken The name is available. Register?

ގުރައިދޫ ސެންޓަރު

05 August 2018

މަހިއެއް ނުކުރަން ކުރިއަކުން އިދިކޮޅު މީހުންނަކީ މިހާ ފިނޑި ބައެއް ކަަލަކަށް. ނުކިޔަވާ ތިބޭތީ ދުނިޔޭގެ ސިޔާސީ ކުޅި ހިނގާ ގޮތްވެސް މިވެރިންނަށް ނޭންގެނީ.

The name is already taken The name is available. Register?

ތުނިޔަ

05 August 2018

ކިޔެވި ކަމަށް ވަނީ ބެއިރޫތުން ކިރިޔާ ފާސްވަމުން ނުވަމުން ގޮސް 7 އަހަރުން (އެހެންމީހުން 3 އަހަރުން ނަގާ) ޑިގްރީއެއް ނެގީމަތޯ؟

The name is already taken The name is available. Register?

CV_25.07.2018

05 August 2018

ނުރައްކަލުގެ ވާހަކަ ދައްކަނީ އިންތިޚާބު ފަސްކުރުމަށް. ސަބަބަކީ 23 ސެޕްޓެމްބަރ 2018 އަކީ ފަލަކީ ގޮތުން ނުވަތަ ފާލު ބުނާ ގޮތުން އެހާރަނގަޅުދުވަހަކަށް ނުވަނީ ކަންނޭގެ...ކިތަންމެ ވަރަކަށް ތީރު އެނބުރިޔަސް އިންޝާއަށްﷲ ޔާމިީން މިފަހަރު ބަލިވާނެ..އާމީން..

The name is already taken The name is available. Register?

ފޫޅު

05 August 2018

ހާދަ ހީވޭ ދައުރު ދިގުކުރަން އުޅޭހެން. މިއީ ހަމަ ކަންކަން ހިނގާމަގަށް ވިސްނާލާ މަށަށް ހަމަ ވިސްނޭގޮތް.

The name is already taken The name is available. Register?

ހާދާލު

05 August 2018

ސާބަހޭ އިބޫ.....މުޅި ހދ އިބޫ އާއި އެކު.....އިބޫ ޔަގީން 2018

The name is already taken The name is available. Register?

އަތްފުނަ

05 August 2018

އެހެނުންވާނީ ތިއީ ހދ ގެވެރިމީހާވިއްޔާ... ހދ އަށް މޑޕ ވެރިކަމުގަ ކޮއްދިންކަންތަ ގިނަކަމުން އަތަކުންފަޔަކުން ނުގުނޭ.. ކުޅުދުއްފުށީމީހުން ހިތްރުއްސަން އެރަށުގެބިން ހިއްކީމަ މުޅި ހދ ދޭންވީއޭ... ވޯޓުގުނަންހުރޭ.. އިންޝާﷲ ބޮޑުބައްޔަކުންބަލިވާނެ އިދިކޮޅު... ރޔާމީންގެ އާދައުރަށް އިންތިޒާރުކުރޭ.. އިންޝާﷲ އެއްލަކިން ރޔާމީންހޮވޭނީ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454