މެމްބަރު އިބްރާހިމް ދީދީ (ވ) ކްރިމިނަލް ކޯޓަށް ވަޑައިގަތުމުގެ ކުރިން، ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަންއާ ސަލާމް ކުރައްވަނީ. - ފޮޓޯ: މިހާރު
13 އޯގަސްޓް 2018 - 14:18
އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދޮޅު އަހަރުގެ ވެރިކަމެއް ކުރައްވަން ނޫން ކަމަށާއި، އިބޫ ވަޑައިގަންނަވަނީ ފަސް އަހަރުގެ ދައުރަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
އިބޫ ވެރިކަމަށް ކުރިމަތިލެއްވީ ދޮޅު އަހަރުގެ ވެރިކަމެއް ކުރައްވަން ކަމަށް ބުނެ، ޕީޕީއެމްގެ ބައެއް މެމްބަރުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވައި، އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވި ގޮތުގައި ވެރިކަން ކުރާ ޕީޕީއެމުން އެ ފަދަ ދޮގު ވާހަކަތައް ދައްކަނީ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅުވައިލުމަށެވެ.
އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން، އަންނަ ރިޔާސީ އިންތިޚާބަށް ފަހު ދޮޅު އަހަރުގެ މުއްދަތަކަށް އެއްބައިވަންތަ ކަމުގެ ސަރުކާރެއް އުފެއްދުމަށް ހިމެނީ އެމްޑީޕީގެ މެނިފެސްޓޯގަ އެވެ. އެކަމަކު، އިދިކޮޅު ފަރާތްތަކުން، ގުޅިގެން ރިޔާސީ އިންތިޚާބަށް ނުކުންނަ އިރު، އެ ފަރާތްތަކުން އެކުލަވައިލާ މެނިފެސްޓޯއެއް މިހާތަނަށް އައި އިރު، ހާމަކޮށްފައެއް ނުވެ އެވެ.
އިބޫ، ރާއްޖޭގެ ރަށަކަށް ކުރެއްވި ކެމްޕެއިން ދަތުރެއްގައި ކުޑަ ކުއްޖަކު އުރާލައިގެން. - ފޮޓޯ: އެމްޑީޕީ
އިބްރާހިމް ދީދީ ކުރެއްވި ޓުވީޓެއްގައި ގާނޫނުއަސާސީގެ ބައެއް މާއްދާތަކަށް އިޝާރާތް ކުރައްވައި، ވިދާޅުވީ އިބޫ ދޮޅު އަހަރުގެ ވެރިކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފައި ނުވާ ކަމަށެވެ. އަދި އިބޫ ކުރިމަތިލެއްވީ ގާނޫނުއަސާސީ އާއި ގާނޫނުން ކަނޑައަޅާފައިވާ ރިޔާސީ ދައުރަކަށް ކަމަށާއި ރައްޔިތުންގެ ވޯޓަކުން ނޫނީ ރިޔާސީ ދައުރު ބަދަލު ނުކުރެވޭނެ ކަމަށް ވެސް އިބްރާހިމް ދީދީ ވިދާޅުވި އެވެ.
koniraku Hon @ibusolih vidhaalhu vee dholhu aharu verikamekey Kaan al Nasheed ehadhdhavanee buhuthaan dhogu! @ibusolih e kurimathi levee Qaanon aai qaqnoon asaasee in kanda alhaafaivaa riyaasee dharu akah! Rayyithun ge vote akun noonee riyaasee dharu badhal nukureveyne @hsuood pic.twitter.com/bs27xu6SJm
— Ibrahim M Didi (@ibrahimmdidi) August 12, 2018
އިބްރާހިމް ދީދީ ކުރެއްވި ޓުވީޓު.
އިބްރާހިމް ދީދީ މިގޮތަށް ރައްދު ދެއްވީ، ވެރިކަން ކުރާ ޕީޕީއެމުން މިދިޔަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާގައި ދޮޅު އަހަރުގެ ވެރިކަމެއް އިބޫ އަށް ނުހިންގެވޭނެ ކަމަށް ވިދާޅުވެ، ޑީއާރުޕީގެ ލީޑަރު އަދި ރާއްޖެ އިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، މުހައްމަދު ނަޝީދު (ކާނަލް) ފާޑު ވިދާޅުވެފައި ވަނިކޮށެވެ.
އިބްރާހިމް ދީދީ ކުރެއްވި ޓުވީޓުގެ ތަފްސީލް ދެއްވަމުން، އޭނާ "މިހާރު" އަށް ވިދާޅުވީ އެމްޑީޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި ފާސް ކުރީ ރިޔާސީ އިންތިޚާބުގައި ނަޝީދަށް ވާދަކުރެއްވުމުގެ އެއްވެސް ފުރުސަތެއް ލިބިއްޖެ ނަމަ، އިބޫ އެއް ފަރާތަކަށް ޖެހިވަޑައިގެން އެ ފުރުސަތު ނަޝީދަށް ދެއްވުމަށް ކަމަށެވެ.
އެކަމަކު، އެ ވާހަކަ ވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އޮޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ފުރުސަތު ނަޝީދަށް ލިބިވަޑައިނުގެންފި ނަމަ، އިބޫ އަށް ރިޔާސީ ޓިކެޓު ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލިހުގެ މެމްބަރުން އިއްތިފާގުވެވަޑައިގެންނެވީ ކަމަށް ވެސް އިބްރާހިމް ދީދީ ވިދާޅުވި އެވެ.
"ވާހަކަ އޮޅުވާލަން އުޅެނީ ދޮޅު އަހަރޭ ކިޔައިގެން. ރިޔާސީ ދައުރު ކުރު ކުރާ ވާހަކަ ދައްކަނީ ފިތުނަ އުފައްދައި އަގު ވައްޓާލަން ވެގެން،" އިބްރާހިމް ދީދީ ވިދާޅުވި އެވެ.
"އިބޫ ވެރިކަމަށް ވަޑައިގަތީމަ، ޖެހިގެން އަންނަ ދުވަހު އިސްތިއުފާ ދެއްވާ ގޮތަކަށް ނޫން ގަރާރުގައި އޮތީ. އެ ތަންކޮޅު ވެސް އޮޅުވާލަނީ،"
ގުޅިފައިވާ އިއްތިހާދުގެ މެނިފެސްޓޯ ފުރިހަމަވެގެން ރައްޔިތުންނާ ހަމަ އަށް އަދި ނާންނަ ކަން އިބްރާހިމް ދީދީގެ ވާހަކައިގައި ވެސް ފާހަގަ ކުރެއްވި އެވެ.
އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައި ވަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ދޮޅު އަހަރު ވާނީ ރައްޔިތުން އިތުބާރު ކުރާ، މިނިވަން މުއައްސަސާތަކެއް ބިނާ ކުރާނެ ދުވަސްތަކަކަށް ކަމަށެވެ. އަދި އެއީ، ގިނަ ސިޔާސީ ޕާޓީތަކަކަށް ގާނޫނީ ހައިސިއްޔަތު ލިބޭނެ ދުވަސްތަކަކަށް ވާނެ ކަމަށް ވެސް މެނިފެސްޓޯގައި ވެ އެވެ. އެކަމަކު، ރިޔާސީ އިންތިޚާބަށް އެމްޑީޕީން އިދިކޮޅު އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރާއިރު، ދޮޅު އަހަރުގެ ސަރުކާރެއް އެކުލަވައިލުމާ މެދު އެ ކޯލިޝަންގެ ބައެއް އިސްވެރިންގެ ހިޔާލު ތަފާތެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޒްސް
14 August 2018
މިހާރު މިފެންނަނީ ވެރިކަން ނުލިބެނީސް ހިޔާލު ތަފާތުވެ ތަޅާފޮޅަށް ފެށިތަން... ކޮލިޝަން ސަރުކާރެއް ނުހިންގޭނެކަން ރައީސް ނަޝީދުވެސް އަދި ރައީސް ޔާމީނުވެސް އެއޮތީ ޔަގީން ކޮށްދީފައި.. ނުވިތާކަށް އެމްޑީޕީ ތެރޭގައިވެސް އެއޮތީ ތަޅާފޮޅަން ފަށާފައި.. ބޭކާރުގޮތުގައި 5 އަހަރު ތަޅާފޮޅަން ދޫކޮށްލަން ވޯޓް ދޭން ވަރަށް އުނދަގޫ... ޔާމީނަކީ ވޭޓު ދޭން ބޭނުންވާވަރުގެ މީހެއްނޫން.. އެކަމަކު އޮޕޮޒިޝަންއަށް ދީފިއްޔާ ރާއްޖެއަށް ހަމަޖެހުމެއް އޮތްހެނެއް ހިއެއް ނުވޭ... އެޓް ލީސްޓް ޔާމީނު އޭނަގެ އިކޮނޮމިކް އެޖެންޑާ ޑިލިވަރ ކޮށްފި.
ޙަސީނާ
14 August 2018
ތިބުނާ ކޯލިޝަން އެއްގަ އެކި މީހުން ބައިވެރިވެފަ ތިބީ އެކިމަގުސަދުގަ. 1- އެމް.ޑީ.ޕީ: ވީ އެންމެ އަވަހަކަށް ރައީސް ނަޝީދު ޖަލުން ނެރެ ވެރިކަމަށް ގެނައުން 2- އަދާލަތު ޕާޓީ: ޝެއިޚް އިމްރާން ޖަލުންނެރެން 3- ޖުމްހޫރީ ޕާޓީ: ގާސިމް އިބްރާހީމް ޖަލުން ނެރެ ވިލާގުރޫޕް ކުރިއަރުވާ، ގާސިމް ހައްދައިގެން ލާރިއާއި މަސްދޯންޏާއި އެހިނިހެން މުދާ ހޯދުްން މިލިޔެވުނީ ކޯލިޝަން ގެ މެނި ފެސްޓޯ
ދީމާހު
14 August 2018
އެމްޑީޕީއަށް އޮތް ނުރައްކަލަކީ ކެނެރީގޭ ނަޝީދުގެ ނުރައްކާ. ލާހިކެއްނޫން އިބޫއަށް ހަމަޖެހިލައިގެން މީނާގެ ދުއްތުރަލާ ހެދި ވެރިކަން ކުރާކަށް. ބަލަމާ ހިނގާ މިބުނިގޮތް ނޫންގޮތަކަށް ކަންކަން ވޭތޯ
ޖާރިޔާ އަހުމަދު ދީދީ
13 August 2018
ތިހެން ބުނީމަވެސް ޔަގީންވެއްޖެ ދޮޅު އަހަރަށްކަން. ބަލަ އަންނި ހިތާ ދެކޮޅަށް އިބޫއަށް ކެންޑިޑޭޓްކަން ދިނީވެސް. ދީފަ ފަހު ދުވަހު ބުނެފި ތިމަންނައަށް ވާދަކުރެވޭ ގޮތް ވެއްޖެއްޔާ އިބޫ އަތުން ކެންޑިޑޭޓްކަން އަތުލާނަމޭވެސް. ދެން؟ އަހަރުން ގަބޫލުކުރަންވީ އިބޫ އަތުން ވެރިކަން ނުފޭރޭނެކަމަށްވެސް؟
ގުރައިދޫ ސެންޓަރު
13 August 2018
އިބްރާހިމް ދީދީ ތިއީ ނޮވެމްބަރު ތިނެއްގެ ކަންތަކުގައި މިހާރުވެސް ބޯގޮވާފަ ހުރި މީހެއް. ބަލަ އެމްޑީޕީގެ މެނިފެސްޓޯގަ ވަރަށް ސަރީހަކޮށް ލިޔެފަ އެބައޮތޭ ދޮޅު އަހަރުގެ ވެރިކަމުގެ ވާހަކަ. ދެން ނުހޮވޭނެކަން އެނގޭތީ ކޮންމެހެން އޮޅުވާލަން މޮޅު ވާހަކަ ދައްކާނެ ކަމެއް ނެތް.
ޔަސް
13 August 2018
ފުޅި ބައްތި ރައިސް
އަހައްމަދު އަހައްމަދޭ
13 August 2018
ބަލަ ބުރިގޭޑިއަރު އެމްޑީޕީ ގެ މެނިފެސްޓޯ ތި ކޯލިޝަން ވެރިކަމުގަ ހިނގާނީ ބަޔަކު އޮޅުވަިލަން ބަޔަކު ދައްކާ ވާހަކައެއް މިތާކު ނުދައްކާ އިބޫ ގެ ވެރިކަމުގެ މުއްދަތަކީ ގިނަވެގެން ދޮޅު އަހަރު ކޯލޭޝަން ރުހުނަސް ނުރުހުނަސް އެމަގުން އެކަން ހިނގާނީ އެއީ އެމްޑީޕީގެ އަސްލު ކެންޑިޑޭޓާ ޖޭޕީގެ އަސްލު ކެންޑިޑޭޓާ އެހެނިހެން ވާދަވެރި އަސްލު ކެންޑިޑޭޓުން ނަށް ކުރިމަތި ލެވޭ އިންޓިހާބެއް ވީ އެންމެ އަވަހަކަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައް ބޭއްވުމަކީ ކޯލޭޝަނުގެ ވެސް ހުވަފެން ކަމުގަ ވާތީ ،އަސްލު އޮޅުވައިލާން އުޅެނީ ޑީޑީމެން ،ވަރައް ވެދުން،
ޓޯކިޔޯ ސިޓީ.
13 August 2018
ޔާމީން ވަޑައިގަންނަވަނީ 30 އަހަރަށް.
ބުއްޅަބޭ
13 August 2018
ވޯޓްނުލިބޭނެކަން އެނގޭތީ 5އަހަރޭ ކިޔަންފެށީ!
ފިޓް
13 August 2018
އޮޅުން އަރާ ކަންކަން އަވަހަށް އޮޅުންފިލުވާ ސާފުކޮށްދެއްވާ. އިއްތިހާދުގެ މެނިފެސްޓޯ އަވަހަށް ނެރެދެއްވާ. އޮޅުމެއްގެ ތެރޭ ބައިތިއްބައިގެން ހޯދާ ވޯޓްގެ މާބޮޑު ފައިދާއެއްނޯންނާނެ. މޮޅުވިއަސް ފަހުން އުފެދޭނީ ހަމަނުޖެހުން.