މާލޭގައި މާރާމާރީއެއް ހިންގައި ތިން މީހަކު ޒަހަމްކޮށްލައިފި

މާލޭގައި މިރޭ މާރާމާރީއެއް ހިންގައި ތިން މީހަކު ޒަހަމްކޮށްލައިފި އެވެ.


ފުލުހުންގެ މީީޑިއާ އޮފިޝަލަކު ވިދާޅުވީ މާފަންނު ސަހަރާ ކައިރީގައި، ތޫނު އެއްޗަކުން ހަމަލާދީގެން 9:10 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. މައްސަލަ ތަހުގީގުކުރަމުން އަންނާތީ އެކަމާ ގުޅޭ އިތުރު ތަފުުސީލެއް އަދި ނުދެ އެވެ.

އެ މީހުންނަށް އައިޖީއެމްއެޗްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެ މީހުންގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ވެސް މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލާފައި ވެ އެވެ. އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުންނެވެ.