ބްރިޖުގެ މަސައްކަތް ކުރާ ގޮތް ބަލަން އަޅާފައިވާ ޕްލެޓުފޯމު: މި ޕްލެޓް ފޯމާއެކު ރެސްޓޯރެންޓް ހިންގަން ނިއު ޕޯޓަށް ބިމެއް ދިން. --ފޮޓޯ/މިހާރު
15 އޮކްޓޯބަރ 2018 - 14:21
ސިނަމާލެ ބްރިޖު ސަރަހައްދުގައި އިމާރާތް ކުރި "ޗާ ޓައިމް"، ސަރުކާރުގެ ބޭނުމަށް ތަޅާލަން ޖެހުމުން އެކަމުގެ ބަދަލުގައި، އެތަން ހިންގި ނިއު ޕޯޓު ކުންފުންޏަށް 15 މިލިއަން ރުފިޔާ ދޫކުރުން މަޑުޖައްސާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް އިއްޔެ އަންގައިފި އެވެ.
ލޮނުޒިޔާރަތްކޮޅުގައި ހެދި، ބޭރުގެ ފްރެންޗައިޒެއް ކަމަށްވާ ޗާޓައިމް ތަޅާލީ، ބްރިޖުގެ ދަތުރުތަކަށް ބޮޑުތަކުރުފާނު މަގު ފުޅާ ކުރުމަށެވެ. ޗާޓައިމް ހިންގީ ބްރިޖުގެ މަސައްކަތް ކުރިއަށް ގެންދާ މަންޒަރު ބަލަން ޕްލެޓްފޯމު އަޅަން ހަވާލުކުރި ސްޓްރާޑާ ކުންފުނިންނެވެ.
ޕްލެޓްފޯމާ އެކު އެ ސަރަހައްދުގައި ރެސްޓޯރަންޓަކާއި ސިނަމާއެއްގެ އިތުރުން ފުޓްސަލް ދަނޑެއް ތަރައްގީކުރަން ވެސް ހައުސިން މިނިސްޓްރީން ސްޓްރާޑާ އަށް ހުއްދަ ދިނެވެ.
ޗާޓައިމްގެ ބަދަލުގެ ގޮތުގައި ދައުލަތަށް 15 މިލިއަން ރުފިޔާ ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް އޭސީސީން އަންނަނީ ބަލަމުންނެވެ.
އޭސީސީ އިން ހައުސިން އަށް ފޮނުވި ސިޓީގައި އެދިފައި ވަނީ، ޗާޓައިމްގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ނިންމައި، އެ ފައިސާ ވަރަށް އަވަހަށް ނިއު ޕޯޓަށް ދޫކުރަން މަސައްކަތް ކުރަމުންދާ ކަމުގެ ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށެވެ. އެކަން ބަލައި ވަކި އެއްޗެއް އަންގަންދެން ފައިސާ ދޫނުކުރަން ހައުސިން މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
އެއާއެކު، އެކަމާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ފޮނުވަން ވެސް ހައުސިން މިނިސްޓްރީ އަށް ވަނީ އަންގައިފަ އެވެ.
މި ސަރުކާރުން، މިނިވަން 50ގެ ޖާފަތް، ނިއު ޕޯޓާ ހަވާލުކުރުމުގައި ވެސް ކޮރަޕްޝަން ހިމެނޭ މައްސަލައެއް ފެންމަތިވެގެން އޭސީސީން މައްސަލަ ބަލައި ދައުވާ ކުރަން ޕީޖީ އޮފީހަށް ވެސް ފޮނުވި އެވެ. އެކަމަކު ދައުވާ ނުކުރާ ގޮތަށް ފަހުން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޅުދުއްފުށި
16 October 2018
ކުޅުދުއްފުށީ ގައި އެޅި އެއަރޕޯރޓް ސަރަހައަދަށް އަރާތީ ސަރުކާރަށް ނެގި 4 ކޮޓަރީގެ 3 ބުރި ގެޔަކަށް ބަދަލުގެ ގޮތުގައި 8 ލައްކަ. 200 އަކަ ފޫޓު ހަމަނުވާ ކުޑަ ކުޑަ ތަންކޮޅަކަށް 15 މިލިޔަން. ކޮބާ އިންސާފު.
ނޭނގުނު ވާހަކަ
16 October 2018
ތީ އެއްއަތުން އަނެއް އަތަށް ދިނުންކަހަލަ ކަހަލަ ކަމެއް. ސަރުކާރު ވެއްޓޭއިރު އަދިވެސް ލިބެން އޮތްގޮތަކަށް ހޯދަންވާނެ. މުންދުމެން އަޑީގާތިބެ ކަންކަން އެކުރަނީ ހިތަށް އެރި ގޮތަކަށް. ހެޔޮނުވާނެ ތިޔަފައިސާ ނުދޭތި. ތިޔަބުނާ ފައިސާއަކީ ދޭންޖެހޭ އެއްޗެއްވެސް ނޫން. ކުރިންވެސް އޮތީ ބުރިޖުހަދާ ނިމުމުން އެތަން ތަޅާލާގޮތަށް.
މޯޑް
16 October 2018
ހައްހައްހާހާހާ.. ސަރުކާރުގެ އަދި ހިނގަމުންދާއިރު މިހުރީ ފެންމަތިވާ ކަންކަން. ކުރިޔަށް އަދި އޮތީ އެހެންވީމަ ޚިޔާނާތްތައް!
ޖަރީމާ
16 October 2018
ތީ ކުރިންރާވައިގެން ހިންގާ ކަރަޕްޝަން. އެހެނީ ތި މަގު ތިތާނގަ ހަދަން ޖަމަޖެހިފައިވާކަން ހައުސިންގ އަށް އިނގޭއިރުވެސް 6 މަސްދުވަހަށް ހިންގާލަން 6 ފޫޓް6ފޫޓް ގެ ގާރޑް ޕޯސްޓެއް ވަރު ތަނެއް ހެދީވެސް ހަމަ ހައުސިންގއަށް އެނގިގެންތާ. ދެން ތޮ ގާރޑް ޕޯސްޓް އެހެންތަނަކަށް ބަދަލުކޮށްގެން ޗާޓައިމް ހިންގަންޖެހޭތީވެ ތިވަރުގެ ތަނެއް އިމާރާތް ކުރަން 15 މިލިއަން ހަމަޖައްސާބަޔަކަށްވެސް އިނގޭނެ ތީ ގޯހެއްކަން. އޭނައަށް މީނައަށް ބައިބައި އަޅާފަ ތިއޮތީ
ގަންބީ
16 October 2018
ތިޔަ ނިއުޕޯޓް އެތަނުގައި ހަދަންފެށީވެސް ބުރިޖު ހަތަންފެށިފަހުން، އެހެންކަމުން ބްރިޖާއި ގުޅިގެން ހުރި ހުރިހައި މަގެއް އޮންނަންވާނީ ކުރެހުމުގައި، އެހެންކަމުން މަގުމެދުގައި ނިއުޕޯޓް ހަދައި ދެން ތަޅާލައި 15 ރުފިޔާ ހައުސިންގް މިނިސްޓްރީން ދޭން ނުނިންމޭނެ، ތިޔަ ނިއުޕޯޓް އެއީ ކޮންބައެއް އަޑީގައި އޮވެގެން ހިންގާ ތަނެއްތޯވެސް ބަލަންޖެހޭ، ތިޔަތަންވެސް މިސަރުކާރުގެ ތެރެއިން ރަނގަޅަށް ބަލަންޖެހޭނެ،
ފާރީސާ
15 October 2018
ކީއްވެ ބާ އަދުރޭ ލައްވާ ހިސާބު ނުހެދީ އެހެން ނަމަ 50 މިލޔަން ލިބުނީސް
ކާޖާ
15 October 2018
ތަންކޮޅެއް މަދު. 50 މިލިޔަން ރަގަޅު ވާނެ. ހެދުނު އެއްޗެއް އަވަހަށް ހަދާ!
ނަޖީބު ރައްޒާގު
15 October 2018
އަވަހައް ތަންމަތި ބަންދޭ، ތަން ހުސްކުރަން ވެއްޖެ. ޒުވާނުން މަޖާކޮއް ރާޅާ އަޅާ ތަނުގަ ކޮން ސިޑިބަރި ކެފޭ ހަދާކައްތަ. އަވަހައް ހުސްކުރޭ، އަދި އައިފާނު ބިލްޑިންގު ޕާކިން އޭރިޔާވެސް ހުސްކުރާތި
ޙަސީ
15 October 2018
އެ ބިމަކީ ބުރިޖް ނިމެންދެން ވަގުތީ ގޮތުން ދިން ބިމެއް ކުރީގަ ޙަބަރު ތަކުގަހުރީ. މިހާރު ބުރިޖް ނިމިއްޖެ އަވަހަށް އެބިން ހުސްކޮއްފައި އެތާ ބަސް ޓާމިނަލް އަޅާ.
ތުނޑު ހަސަނު
15 October 2018
މީ މިނިވަން ފަންސާހުގެ ޖާފަތުގައި ރަންއިލޮށިން ކަދުރު ކާންދިން މީހުން ދޯއެވެ.