މެމްބަރު ޝަހުދީ (މ) ޖޭޕީއަށް ސޮއިކުރައްވައި ޕާޓީގެ ފޯމު، އެ ޕާޓީގެ ރައީސް އަލީ ވަހީދަށް ހަވާލުކުރައްވަނީ.-- ޓްވިޓާ ފޮޓޯ: ރިޔާޒު
14 ނޮވެމްބަރ 2018 - 16:02
ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އަލުން މިއަދު ސޮއިކުރައްވައިފި އެވެ.
ޖޭޕީގެ ޓިކެޓުގައި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ޝަހުދީ ދައުރުގެ ވަކި ހިސާބަކުން ޕީޕީއެމަށް ސޮއިކުރެއްވި އެވެ. އެކަމަކު، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އޭނާ ސޮއިކުރެއްވުމާ ގުޅިގެން ޕީޕީއެމުން ވަކިކުރި އެވެ.
އޭގެ ނަތީޖާ އަކީ މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި ޕީޕީއެމްގެ އޭރުގެ 12 މެމްބަރުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަތުމެވެ. އެކަމަކު، އެ ނިންމުން ސުޕްރީމް ކޯޓުން ބާތިލް ކުރުމާ އެކު، ޝަހުދީގެ މަޖިލިހުގެ މެމްބަރުކަން ވެސް ވަނީ އިޔާދަ ވެފަ އެވެ.
ޝަހުދީގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވެސް މި ހަފުތާގައި ވަނީ ޖޭޕީއަށް ސޮއިކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުރޭ
15 November 2018
ލަދެއްގަންނަ ބައެއްނޫން...ޓްރާންސްފަރ ބާޒާރު ހުޅުވުނީމަ ހައްޓަކު ހެޔެއްނުހުންނާނެ!!! މޯޑިސް މީ އެނީ ތިންގް އިޒް ޕޮސިބަލް
ކުޑަމޫސަ
15 November 2018
އެންޓި ޑިފެކްޝަން ގާނޫނު އުވާލީ މިކަމަށް މަގުފަހި ކުރަން ތޯ؟ ބޯވަތަކުގެ ކުލަތައް ދިވެހި ދިދައިގެ ކުލަތަކަށްވުރެ ގަދަވާނެ ތޯއްޗެ!
މަރަދޫމީހާ
15 November 2018
ޓުރާންސަފަރ މާކެޓު ހުޅުވުނީ ކަންތަކާ ޖެހުނީ............މި ސޭޓު ބަހައްޓަންވީ ހަމަރާއްޖެއަށް ނާދެވޭ ގޮތަކަށް ހަދާފަ ދުރުގައި ދެންހީވަނީ އެހެންފަދަކަމެއްހެން.....
މުހައްމާ
15 November 2018
ލަޠީފު އެބުނާ ވައްތަރުގެ ބޯވަ ތިލަވާ މޫސުން އައީއެވެ. ބޯވަ ނަގަން ކުޅަދާނަ ކުދިން ބޯވަތައް ނަގައި ހޮރުހޮރަށް ލައި ފޮރުވާނެއެވެ. އެއިން ބޯވައެއްގައި މީހެއްގެ އިނގިލިކުރިވެސް ޖައްސައިލިޔަކަ ނުދޭނެއެވެ.
ދޮޅިދާން
15 November 2018
ގަތް ވަޅަށް ޖެހީ ދޯ ؟
ފަލަޑޭ
15 November 2018
ބުރުމާ ވަރުގަދަ ޓީމެއް އެބަހޮވާ! ފޮރުވިފައިވާ އެޖެންޑާއެއް އޮންނާނެ ޔަގީން
ފަނުދުންމާރި
15 November 2018
ޑރ.ޝަހީމް ވެސް ޖޭޕީ އަށް
ޅިޔަނާ
15 November 2018
މެމްބަރު ސަހުދީ ހިނައި ތާހިރު ވެއްޖެ. މިހާރު ހުދު ފޮތިކޮޅެއް
މަށޭމީ
15 November 2018
ރާއްޖޭގަ ޕާޓީ ބަދަލު ކުރުމަކީ ވެސް ދެން ކުޅޭ ކުލޭ ކަމެއް ދޯ؟ އިންޓަރގްރިޓީ އަކީ ދަންނަ ލަފުޒެއް ބާ؟
އަތަ
14 November 2018
އަނެއްކާވެސް އިންތިހާބުވެލަން ޖޭޕީއަށްދޯ.... ސަޅި ބުއްދިވެރިކަމެއް އެބަހުރި.