މެމްބަރު މުހައްމަދު ހުސައިން (މ) ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު މިރޭ ވާހަކަ ދައްކަވާއިރު މެމްބަރު އަޒްހާން (ކ) އަދި އެ ޕާޓީގެ ލީޑަރު ގާސިމް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
25 ނޮވެމްބަރ 2018 - 21:28
ޕީޕީއެމްގެ މެމްބަރުންގެ ގޮތުގައި ތިއްބެވި، ރައްޔިތުންގެ މަޖިލިހުގެ ކަނޑިތީމު ދާއިރާގެ މުހައްމަދު ހުސައިނާއި މާވަށު ދާއިރާގެ އަހުމަދު އަޒްހާން ފަހުމީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އާ މިރޭ ގުޅިވަޑައިގެންފި އެވެ.
އެ ދެ ބޭފުޅުން ޖޭޕީއާ ގުޅިވަޑައިގަތުމާ އެކު، ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީ ތަމްސީލް ކުރައްވާ މެމްބަރުންގެ މިހާރުގެ އަދަދަކީ 13 އެވެ.
މިރޭ ޖޭޕީއަށް ސޮއިކުރެއްވި ދެ މެމްބަރުންގެ ތެރެއިން މުހައްމަދު ހުސައިން 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގަތީ އެ ޕާޓީގެ ޓިކެޓުގަ އެވެ. އެކަމަކު، އޭރުގެ ކޯލިޝަން ރޫޅި، ސިޔާސީ ދާއިރާ އަށް އައި ބަދަކާ އެކު އޭނާ ޕީޕީއެމާ ގުޅިވަޑައިގަތީ އެވެ.
އަޒްހާން މިރޭ ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، އެ ޕާޓީގެ ލީޑަރު ގާސިމްއާ ފޯމު ހަވާލު ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރައްޔިތުންގެ މަޖިލިހުގައި ވަރަށް މަދުން ވާހަކަ ދައްކަވާ މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވޭ އަޒްހާން ފަހުމީ ވެސް މަޖިލިހަށް އިންތިޚާބުވެވަޑައިގަތީ ޕީޕީއެމްގެ ޓިކެޓުގަ އެވެ.
ޖުމްހޫރީ ޕާޓީއަށް އަށް ސޮއި ކުރެއްވުމަށް ފަހު، މުހައްމަދު ހުސެއިން ވިދާޅުވީ އޭނާ އެ ފިޔަވަޅު އެޅުއްވީ، ޕީޕީއެމްގެ ސަރުކާރު އުމުރު ހަމަވެ އާ ސަރުކާރެއް ވެރިކަމާ ހަވާލުވެފައިވާތީ ކަމަށެވެ. އަދި ވިދާޅުވިގޮތުގައި، އޭނާ މަޖިލިހަށް އިންތިޚާބުވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކަމަށް ވިޔަސް އޭގެ ފަހުން ޕީޕީއެމާ ގުޅިވަޑައިގަތީ ސަރުކާރުގެ ތެރެއިން ދާއިރާގެ ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
"ރައްޔިތުންނަށް އަޅުގަނޑަށް ދީފައިވާ އޮތް މެންޑޭޓަކީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ކަންތައްތަކެއް ހާސިލް ކޮށްދިނުން،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް އޮފީހުގައި އިސްކޮށް މަސައްކަތް ކުރެއްވި މުހައްމަދު ހުސައިން ވިދާޅުވި އެވެ.
މުހައްމަދު ހުސައިން މިރޭ ޖޭޕީއަށް ސޮއިކުރެއްވުމަށް ފަހު، އެ ޕާޓީގެ ލީޑަރު ގާސިމްއާ ފޯމު ހަވާލު ކުރައްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ޕީޕީއެމް ދޫކުރައްވައި، އަލުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ސަރުކާރު ހިންގާ ޕާޓީ އަކީ މިހާރު ޕީޕީއެމް ކަމަށް ނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ސަރުކާރު މިއަދު ވަނީ ސަރުކާރުގެ އުމުރު ހަމަވެ ނިމިފައި. އެހެން ކަމަށް ވުމާއެކު ތަބީއީ ގޮތުން އެނބުރި އަޅުގަނޑު އައިސް ހުންނާނީ އަޅުގަނޑު ދެކޭ ގޮތުގައި ޖޭޕީގައި،" މުހައްމަދު ހުސެއިން ވިދާޅުވި އެވެ.
މިރޭގެ ހަފްލާގައި މެމްބަރު އަޒްހާން ވާހަކައެއް ނުދައްކަވަ އެވެ.
ޖޭޕީއާ މިރޭ ގުޅިވަޑައިގެންނެވި ބައެއް އެހެން ބޭފުޅުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
މުހައްމަދު ހުސައިނާއި އަޒްހާންގެ އިތުރުން ދީނީ އިލްމުވެރިޔާ މުހައްމަދު ގުބާދު އަބޫބަކުރާއި ކުޑަކުދިންގެ ދީނީ ޕްރޮގްރާމް ގެނެސް ދެއްވާ އަބްދުއްލަތީފް އަހުމަދާއި ޝެއިހު އަލީ ނަޖީބާއި ކީރިތި ގުރްއާނާ ބެހޭ މަރުކަޒުގެ ކޯޑިނޭޓަރު މުހައްމަދު ނައީމް ވެސް ޖުމްހޫރީ ޕާޓީ އަށް މިރޭ ސޮއިކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙުމަދު
26 November 2018
ތިޔަ މުހަންމަދު ހުސައިނު މަޖިލީހުގަ އިނުމެކޭ ފާރަކަށް ޖަހާފައި އިންނަ މޮހެރެކޭ މާބޮޑު ތަފާތެއްނެއް، މޮހޮރުވެސް ދަބަރަށް ވެދަންދެން ފާރުގަ ހުންނާނެ. މީހާގައިގަ ގޮތެއް ފޮތެއް ހުރިނަމަ ޖޭޕީން ހޮވާދިނީމަ ޕީ.ޕީ އެމް އަކަށް ނުދާނެ،. އަލުން އެނބުރި އަީ ޖޭޕީތެރޭން އެގޮޑިއަށް ހޮވާދޭތޯ. މައުމޫނު ސަރުކާރުގަ މީނަގެ އަންހެނުންނަށް ސަރުކާރުގެ ތެރެއިން އަހަރަކު މާޤާމެއް ހޯދަދިން ގޮތަށް މިފަހަރުވެސް މެންބަރުކަން ހޯދަން މިފައިނަގަނީ.
މާލެ ޑޯން
26 November 2018
ގޮނޑުހޮވާޕާޓީ ކޮންޕާޓީ....
ރަދީފް
26 November 2018
''ރައްޔިތުންގެ މަޖިލިހުގައި ވަރަށް މަދުން ވާހަކަ ދައްކަވާ މެމްބަރެއްގެ ގޮތުގައި ފާހަގަކުރެވޭ އަޒްހާން ފަހުމީ ވެސް މަޖިލިހަށް އިންތިޚާބުވެވަޑައިގަތީ'' މީތި ސަޅި.
ފުށުއާރާ
26 November 2018
ރައީސް ނައިބް ރައިސް އިސްތިއުފާ ދެއްވައިފި ނަމަ, މަޖިލީސް ރައިސް އަށް ވެރިކަން ލިބޭނެއެވެ. އެކަމަކު ގާނޫން އެކަމަށް ތަން ނުދޭ! ސަބަބަކީ 65 އަހަރުން މަތީ މީހަކަށް ވެރިކަން ނުކުރެވޭނެ ކަމަށް ކަނޑައާޅާފައިވާ ޤާނޫން އެކަމަށް ހުރަސް އަޅާތީއެވެ. ޤާސިމް ދެން އެނމެ އަވަހަށް އެޤާނޫން އުވާލާނެ ކަމަށް ބެލެވޭ!
ތަރަބެ
26 November 2018
ބޯވަ ޕާޓީ
އަނާ
26 November 2018
މުހައްމަދު ހުސައިން ލަދު ހަޔާތެއް ނެތިއްޔާ ދެން ކަނޑިތީމް ދާއިރާ އަށް ކުރިމަތި ލާނީ. ދެން ނުހޮވާނަން. ދާއިރާގެ ދަރިން ދާއިރާ ތަމްސީލު ކުރާނީ. ކުރިންވެސް ޖޭޕީން ހޮވީމަ ގޮސް ޕީޕީއެމް އަށް ސޮއިކުރީ. އަނެއްކާ މަޤާމް ބޭނުންވެގެން ޖޭޕީ އަށް. ރައްޔިތުންގެ ބޮލެއް ދެނެއް ނުކެވޭނެ.
ސާދާސީދާ
26 November 2018
ވެމްކޯ! #ވަރަށްވާހަކަ
އިސްމާލި
26 November 2018
މުޙައްމަދު ހުސައިން އަށް ދަންނަވާލަން އޮތީ ސަރުކާރާ ގުޅިގެން ކަންތައް ކުރަން ހަވާލުކުރުމުގެ މާނައަކީ ސަރުކާރުގެ އުނގަށް ވެއްްޓި، ސަނާ ކިޔާ، ބުނާހާ ގޮތެއް ހެދުމެއް ނޫނޭ!. ތިޔަ މެންބަރަށް، ވަކި ފަރުދަކާއި ގުޅިގެން މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފިނަމަ...؟
ފޫހި
26 November 2018
ޙުސެން މުޙައްމަދުމެން ބޮޑެތި ގެދޮރުހުރެ، ފައިސާހުރެ، އެކަމަކު އަބުރެއް ގަދަރެއްނެތް. ތިޔަފަދަ ދަރަޖައަކަށްދިޔައީ ކޯޗެއްގެ ބޭނުމުގައިބާ؟ ސިޔާސީ ކުނިބުނި ލައްގާނީ އޮއިއޮތްކޮޅަކަށް. އޮޔާދެކޮޅަށް ދެވޭހާ ހިތްވަރެއް ތިޔަ ބައިގަނޑުގަ ނެތް. މަދީ އަދުރޭއާއި ނިހާނާއި ޔާމީން އަދި މެޑަމް. އެ ހަތަރު މީހުން ދެން ކްލީން ނުވެ ތިބީ. ވަކިވަކިން އިންތިޚާބަށް ނުކުމޭ އެހެންނޫނީ ވޯޓެއް ނުދޭނަން.
ދޯދެން
26 November 2018
ރަނގަޅު ގޮތަކީ މުޙައްމަދު ހުސެއިން .
އަފޫ
26 November 2018
އޮޑި ފައްތާލި މީހުން އޮޑިން ފައިބާ ކަށް ނުވޭ ބާއެވެ?