މެމްބަރު މުސްތަފާ: އެމްޑީޕީއާ އަލުން ވަނީ ގުޅިވަޑައިގެންފައި.
25 ނޮވެމްބަރ 2018 - 22:11
ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެމްޑީޕީއާ މިރޭ ގުޅިވަޑައިގެންފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް މުސްތަފާ ސޮއިކުރެއްވީ މިރޭ ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެމްޑީޕީގެ ޓިކެޓުގައި 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލިހަށް އިންތިޚާބުވެވަޑައިގެންނެވި ނަމަވެސް ވަކި ހިސާބަކުން އޭނާ ޕީޕީއެމާ ގުޅިވަޑައިގަތެވެ. އަދި މިރޭ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވިއިރު މިހާތަނަށް ހުންނެވީ ޕީޕީއެމުން ވަކިކޮށްފަ އެވެ. އެއީ ޕީޕީއެމްގެ ލީޑަޝިޕާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެންނެވެ.
މުސްތަފާ މިރޭ "މިހާރު" އަށް ވިދާޅުވީ، އޭނާ އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ އެ ޕާޓީއާ ދުރުގައި ހުންނެވުމަކީ ދަތިކަމަކަށް ވާތީ ކަމަށެވެ. އަދި ވިދާޅުވީ، އަންނަ އަހަރުގެ މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ތިމަރަފުށި ދާއިރާގެ ޓިކެޓު ހޯއްދެވުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާޏެ ކަމަށެވެ.
"ޕްރައިމަރީ އަކީ އަޅުގަނޑު ބިރު ގަންނަ އެއްޗެއް ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެ ޕްރައިމަރީ ކާމިޔާބު ވެސް ކުރާނަން. އެމްޑީޕީގެ އުސޫލުތަކުގެ ތެރޭގައި އަޅުގަނޑު މަސައްކަތް ކުރާނީ. އުސޫލުތައް ދަމަހައްޓާ ޕާޓީ އަކީ ވެސް އެއީ،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ އެމްޑީޕީއާ ގުޅިވަޑައިގަތުމުން، ރައްޔިތުންގެ މަޖިލިހުގައި އެ ޕާޓީ ތަމްސީލް ކުރައްވާ މެމްބަރުންގެ އަދަދަކީ 19 އެވެ. ޕީޕީއެމުން ވަކިކޮށްފައިވާ 12 މެމްބަރުން އަދި އެ ޕާޓީގެ އެހެން ބައެއް މެމްބަރުން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަށް ސޮއިކުރައްވަމުން ގެންދަވާއިރު މިހާތަނަށް އެމްޑީޕީއާ ގުޅިވަޑައިގަތީ މުސްތަފާގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އެކަންޏެވެ. ގިނަ މެމްބަރުން ސޮއިކުރައްވަނީ ޖުމްހޫރީ ޕާޓީ އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިޑްލް
26 November 2018
ވަކި ޕާޓީއަކުން ހޮވުނީމަ ޕާޓީ ބަދަލުކޮށްފަ އަނެއްކާ އަނެއް ޕާޓީއަށް ބަދަލުވާއިރަށް އެ ދާއިރާގެ ރައްޔިތުން ހަމަ ހެވިފަ އަތްޖަހަން ތިބެނީ. އެފަދަ ދާއިރާތަކުގެ ރައްޔިތުން ތިބެނީ މެމްބަރު ދުވާހާ ދިމާއަކަށް ދުވެލަ ދުވެލަ.
މޯޑް
26 November 2018
މީނާ ދައްކާ ވާހަކަ ޤަބޫލު ކުރާނެ މީހުންވެސް އެމް.ޑީ.ޕީ ގައި ތިބޭނެ!
މުސްތފާ
26 November 2018
ޢެމްޑީޕީ މާޒީން އިބުރަތެ ހާސިލް ކޮއްފަ ވާނަމަ ޕުރައިމަރީގަ މުސްތަފާބެޔަކަ ވޯޓެއް ނުދޭނެ.
މޮޔަ މީހާ
26 November 2018
ބާ މޫނެކޭ ދަސްވީފަހުން އަސްތާ މިހާރު ފޫހިވޭ !! ބިރަކާނުލާ ނޭނގޭ މީނާ ކީވެގެންބާ ހުންނަނީ......
ބާބޫ
26 November 2018
މުސްތަފާބެއަކީ އަބަދުވެސް އެމްޑީޕީ މީހެއް؟
އާރީ
26 November 2018
މުސްތަފާވެސް ޖެފީއަށް ސޮއި ކުރިނަމަ މި ޔެލޯ މީހުން ވަރަށް އެއްޗެހި ކިޔާނެ. މިހާރު މި ޖެހުނީ ކޮންތާކު. މުސްތަފާވެސް އެމްޑީފީ ޓިކެޓްގަ ހޮވުނީމަ ފީފީއެމަށް ދިޔައީ. އެނެއްކާވެސް ހޮވުނީމަ ދާނެ
އެއްމިލިއަންދެރުފިޔާ
26 November 2018
އެމްޑީޕީ މީހުން އެއްޗިހި ކިޔާތަނެއް ނުފެނޭ މުސްތަފާއަށް؟ ޖޭޕީ އަކަށް ނުކެރޭނެ ޕާޓީމެމްބަރަކަށް އެއްޗެކޭ ބުނަން.
ޢަލީބަލީ
26 November 2018
އެމްޑީޕީއަކީ ދޮންނަ މެޝިނެއްތަ.. މިމީހުންނަށް އެމްޑީޕީ ޓިކެޓްގަ މަޖްލިސްއަށް ނުކުތީމަ އެވަނީ ހަމަ ބޮޑު ޖޯކަކަށް.
އަލީ ޒާހިރު
26 November 2018
ހޮވުނުތާ 17 ގަޑީރު ތެރޭގަ ޕީޕީ އެމަށް ބަދަލުވެފަ އެމްޑީޕީ ޕްރައިމަރީ އަށް 3 ދުވަހަށް ވީމާ އަނެއްކާ އެއައީ!!؟ މީނައަށް ވޯޓް ދެނީ ކާކު؟
ނނޢޢ
26 November 2018
އެކްޕަޔަރ ވެފަހުންނަ ކޮންމެ އެއްޗެއްގަވެސް އެމް.ޑީ.ޕީ އިނދެއްޖެއްޔާ އެބޭނުން ކުރުން ޞައްޚަ މިދެން ކޮންގޮތެއް...އެކްޕަޔަރ ވީމަ ޖެހޭނީ އުކާލާފަ އާއެއްޗެއް ހޯދާކަށް ނޫންތަ؟
ޙަބަރު
26 November 2018
ޙަބަރުދާރު މިނަ ކައިރި ނުކުރާތި މީނަ އަތުގަ މިލިޓަރީ ހަތިޔާރު ހުންނާނެ