އިކޮނޮމިކް ކައުންސިލްގެ ކޯޗެއާއަކަށް އަލީ ޝިޔާމް، ސޯޝަލް ކައުންސިލގެ ކޯޗެއާ އަކީ ޑރ. މުސްތަފާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި "އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް"ގެ ނަން "އިކޮނޮމިކް ކައުންސިލް" އަށް ބަދަލު ކުރައްވައި، އެ ކައުންސިލަށާއި ސޯޝަލް ކައުންސިލަށް މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަލުން މެމްބަރުން މިއަދު އައްޔަން ކުރައްވައިފި އެވެ.


މީގެ ތެރެއިން އިކޮނޮމިކް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް އޮފީހުން ބުނިގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ކައުންސިލްގެ ކޯޗެއާ އަކީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމް (ތްރީއޭ) އެވެ.

ސޯޝަލް ކައުންސިލްގެ ރިޔާސަތު ބަލަހައްޓަވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ ކޮމިޓީގެ ކޯޗެއާ އަކީ އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީގެ މަގާމަށް މިއަދު އައްޔަން ކުރެއްވި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އެވެ.

އިކޮނޮމިކް ކައުންސިލްގެ ކޯޗެއާގެ މަގާމަށް ހަމަޖެއްސެވި، ތްރީއޭ އަލީ ޝިޔާމަށް ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގެ ފަތްކޮޅު މި މަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވަނީ.---ފޮޓޯ: ރައީސް އޮފީސް

މި ސަރުކާރުގެ އިކޮނޮމިކް ކައުންސިލްގައި ހިމެނިވަޑައިގަންނަވަނީ 10 ބޭފުޅެކެވެ؛ އެއީ

1- ރައީސް އޮފީހުގެ މިނިސްޓަރު- އަލީ ޝިޔާމް (ކޯޗެއާ)

2- ފިނޭންސް މިނިސްޓަރު- އިބްރާހިމް އަމީރު

3- އިންފްރާސްޓްރަކްޗަރު މިނިސްޓަރު- މުހައްމަދު އަސްލަމް

4- ކޮމިއުނިކޭޝަން މިނިސްޓަރު- މުހައްމަދު މަލީހް ޖަމާލް

5- ޓްރާންސްޕޯޓް މިނިސްޓަރު- އާއިޝަތު ނަހުލާ

6- ޓޫރިޒަމް މިނިސްޓަރު- އަލީ ވަހީދު

7- އިކޮނޮމިކް މިނިސްޓަރު- ފައްޔާޒް އިސްމާއިލް

8- ފިޝަރީޒް މިނިސްޓަރު- ޒަހާ ވަހީދު

9- ހައުސިން މިނިސްޓަރު- އައިމިނަތު އާތިފާ

10- އެންވަޔަރުމަންޓް މިނިސްޓަރު- ޑރ. ހުސައިން ރަޝީދު ހަސަން

ސްޕެޝަލް އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީގެ މަގާމަށް ޑރ. މުސްތަފާ ލުތުފީ މިއަދު އައްޔަން ކުރައްވައި، ރައީސް އޭނާއާ ސަލާމް ކުރައްވަނީ: ސޯޝަލް ކައުންސިލްގެ ކޯޗެއާ އަކަށް ހަމަޖެއްސެވީ ޑރ. މުސްތަފާ.---ފޮޓޯ: ރައީސް އޮފީސް

ސޯޝަލް ކައުންސިލް (9 ބޭފުޅުން)

1- އެޑްވައިޒާ އޮން ސޯޝަލް ޕޮލިސީ- ޑރ. މުސްތަފާ ލުތުފީ (ކޯޗެއާ)

2- ހޯމް މިނިސްޓަރު- އިމްރާން އަބްދުﷲ

3- ހަޔާ އެޑިއުކޭޝަން މިނިސްޓަރު- ޑރ. އިބްރާހިމް ހަސަން

4- ހެލްތު މިނިސްޓަރު- އަބްދުﷲ އަމީން

5- އެޑިއުކޭޝަން މިނިސްޓަރު- ޑރ. އާއިޝަތު އަލީ

6- އާޓްސް، ކަލްޗަރު މިނިސްޓަރު- ޔުމްނާ މައުމޫން

7- އިސްލާމިކް މިނިސްޓަރު- ޑރ. އަހުމަދު ޒާހިރު

8- ޔޫތު، ސްޕޯޓްސް މިނިސްޓަރު- އަހުމަދު މަހްލޫފް

9- ޖެންޑާ މިނިސްޓަރު- ޝިދާތާ ޝަރީފް

އަބްދުﷲ ޖާބިރު

3

ކާށިދޫ ދާއިރާ