ކާޑުގެ ބާވަތްތައް ރައްކާތެރި ކުރެވުނު: އަމްރު

މާލޭ އިއްޔެ ފެން ބޮޑުވެ، އެސްޓީއޯގެ ކާޑު ގުދަންތަކަށް ފެން ވަން ނަމަވެސް ކާޑުގެ ބާވަތްތައް ސަލާމަތް ކުރެވުނު ކަމަށް އެސްޓީއޯ އިން ރޭ ބުނެފި އެވެ.


އާ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާޑުގެ ބާވަތްތައް ސަލާމަތްކުރެވުނީ ގުދަންތަކުގެ މުވައްޒަފުންގެ ހުށިޔާރުކަމުން ކަމަށެވެ.

އެސްޓީއޯ އިން ރާއްޖެއަށް އެތެރެކުރާ ފުށާއި ހަކުރާއި ހަނޑޫ ބަހައްޓާ ގުދަންތައް ހުންނަނީ މާލޭގައި އަބަދުވެސް އެންމެ ބޮޑަށް ފެން ބޮޑުވާ ސަރަހައްދުގަ އެވެ. ވާރޭ ވެހި ނުވަތަ އުދަ އެރުން ފަދަ ކަމެއްގައި ފެން ބޮޑުވެއްޖެ ނަމަ ގުދަންތަކަށް އޭގެ އަސަރުކުރެ އެވެ. އަދި ބައެއް ފަހަރަށް ކާޑުގެ ބާވަތްތަކަށް ވެސް ފެނުގެ އަސަރުކޮށްފައިވެ އެވެ.

އިއްޔެ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބައެއް ގެތަކާއި ފިހާރަތަކަށް ފެން ވަދެ، ގެއްލުންތައް ލިބިފައިވެ އެވެ.

މި ހާދިސާގައި ހާލުގައި ޖެހުނު އާއިލާތަކަށް އެސްޓީއޯ އިން ވަނީ ކާބޯތަކެތީގެ އެހީ ވެސް ފޯރުކޮށްދީފަ އެވެ.

އެސްޓީއޯ ގުދަނަށް ފެން ވަދެފައި: ކާޑުގެ ބާވަތްތައް ސަލާމަތްކުރެވުނީ މުވައްޒަފުން ހުށިޔާރުކަމުން ކަމަށް އެ ކުންފުނިން ބުނޭ

އިއްޔެ މާލެއަށް ހުއްޓުމެއް ނެތި ހަތަރު ވަރަކަށް ގަޑިއިރު ބޯކޮށް ވާރޭވެހުނެވެ. އޭގެ ސަބަބުން ވެރިރަށް ހުއްޓުމަކަށް އަ އެވެ. ސިފައިންނާއި ފުލުހުންގެ އިތުރުން އާންމުން ވަރަށް ބޮޑު މަސައްކަތްތަކެއް އިއްޔެ އާއި ރޭ ކޮށްފައިވެ އެވެ.