ފުލުހުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން، ސިންގަޕޫރު ރައްޔިތަކު ހޯދަން މިއަދު އިއުލާން ކޮށްފި އެވެ.
ފުލުހުން ކޮށްފައިވާ އިއުލާނުގައި ބުނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ހޯދަނީ ނޯރަޒިމަތު ބިންތު ރޯހަނި (ޕާސްޕޯޓް ނަންބަރު K0546350N) ކަމަށެވެ.
އޭނާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ބަލަމުންން އަންނަ މައްސަލައިގެ ތަފްސީލެއް ވެސް ފުލުހުން ނުދެ އެވެ.
އޭނާ އާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެ އެވެ.