ޑިފެންސް މިނިސްޓްރީއަށް ނައިބެއް އައްޔަނު ކުރައްވައިފި

މިނިސްޓްރީ އޮފް ޑިފެންސްގެ ނައިބަކަށް، މއ. މާވެޔޮ ވިލާ ހަސަން ޒަމީލު މިއަދު އައްޔަނު ކުރައްވައިފި އެވެ.


އޭނާ މީގެ ކުރިން ޓުއަރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ ޖެނެރަލްކަމުގެ މަގާމާއި މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާގެ ޑެޕިއުޓީ ޑިރެކްޓަރުކަން ކުުުުުުުުުުުުުުުރައްވާފައި ވެ އެވެ. މިއީ ގާނޫނީ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ.

މިއީ މި ސަރުކާރުން ޑިފެންސް މިނިސްޓްރީއަށް އައްޔަނު ކުރި ފުރަތަމަ ނައީބެވެ.

ރައީސް އޮފީހުން ކުރިން ބުނެފައިވާ ގޮތުގައި މި ސަރުކާރަށް ހަމަޖައްސާނީ 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުންނެވެ. އެކަމަކު އެ އަދަދު މިހާރު ވަނީ 100 އަށް ވުރެން މަތިވެފަ އެވެ. ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.