ތިމަރަފުށީގައި ދެ މީހަކު ތިބި ވޭނެއް ފުރޮޅާލައިފި

ތ. ތިމަރަފުށީގައި ދެ މީހަކު ދަތުރު ކުރަމުންދިޔަ ވޭނެއް މިއަދު ފުރޮޅާލައިފި އެވެ.


ފުލުހުން ބުނީ މެންދުރު ފަހު 2:45 ހާއިރު ތިމަރަފުށި އެއާޕޯޓަށް ދާ މަގުން ދުއްވާފައި ދިޔަ ވޭނެއް ފުރޮޅާލައިގެން ހިނގި އެކްސިޑެންޓުގައި ވޭންގައި ތިބި ދެ މީހުންނަށް އަނިޔާ ލިބިފައި ނުވާ ކަމަށެވެ.

އެކްސިޑެންޓުގައި ވޭންގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސް އެކިވަރުގެ ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ތިމަރަފުށީގައި ވޭނެއް ފުރޮޅާލި އިރު، އެ ރަށުގައި ދުއްވާފައި ދިޔަ ވޭނަކުން ޖެހި 52 އަހަރުގެ އަންހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބި، އޭނާ އަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ. މި އެކްސިޑެންޓުގައި އަނިޔާވީ ތ. ވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ގިޔާސްގެ މައިދައިތަ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ވޭން ދުއްވަން އިން ދިވެހި މީހާގެ ލައިސެންސް ވަނީ ހިފަހައްޓައިފަ އެވެ.

ޙުސައިން އަރީފު

5

ނޮޅިވަރަމް ދާއިރާ