މޫކައި ސްއިޓްސްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއަކަށް ފަހު ކަރަންޓް ކޭބަލްތަކުގައި ރޯވެ އިމާރާތުގެ ލައިޓްތަކުން ދުން އަރާތީ އެތަނުން މީހުން ހުސްކޮށްފި އެވެ.
ހައްޖު ކޯޕަރޭޝަނާއި އެންސްޕާ ވެސް ހިންގާ އެ ހޮޓަލުގައި ރޯވީ، ފުލުހުން ބުނި ގޮތުގައި އިމާރާތުގެ ގްރައުންޑް ފްލޯގައި ހުރި ކަރަންޓު ކޭބަލްތަކެއްގަ އެވެ. ސިފައިން އަލިފާން ނިއްވާލި ނަމަވެސް އިމާރާތުގެ ހުރިހާ ލައިޓުތަކުން ދުން ނިކުންނާތީ ތަނުން މީހުން ވަނީ ހުސްކޮށްފަ އެވެ.
ބާޒާރުމަތީ، ޝްވެކް ސިނަމާ ކައިރީ 10 ބުރިއަށް ހަދާފައި ހުންނަ މި ހޮޓަލުގައި ހިނގި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުންޏެވެ. މިތަނުގައި އޮފީސްތަކެއް ހުންނައިރު ދެ އެޕާޓްމަންޓެއްގައި މީހުން އުޅެ އެވެ. އަދި މިވަގުތު 12 ގެސްޓަކު ވެސް އުޅޭ ކަމަށް އެނގިފައިވެ އެވެ.
ހާދިސާ ހިނގިތާ ގަޑިއެއްހާއިރު ވީއިރު އިމާރާތުން ވަނީ ދުން އެރުން ހުއްޓިފަ އެވެ.