ހޯމަ ދުވަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ބަސް ވެލި ފުންޏަކަށް އަރާފައި، އެހާދިސާގައި މަރުވީ ޔުކްރެއިންގެ 31 އަހަރުގެ އަންހެނެއް
08 މެއި 2019 - 13:46
ހުޅުމާލޭގައި ހޯމަ ދުވަހު ހިނގި ބަސް އެކްސިޑެންޓްގައި މަރުވި ޔުކްރެއިން އަންހެން މީހާގެ ހަށިގަނޑު އޭނާގެ ގައުމަށް ގެންދަން އޭނާގެ މަންމަ ރާއްޖެ އަށް އަތުވެއްޖެ އެވެ.
ބަސް އެކްސިޑެންޓްގައި މަރުވީ 31 އަހަރުގެ ޔުކްރެއިން އަންހެނެކެވެ.
ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ މަރުވި މީހާގެ ހަށިގަނޑު އަނބުރާ އޭނާގެ ގައުމަށް ގެންދިއުމުގެ ކަންތައްތައް އާއިލާއިން މިހާރު ހަމަޖައްސަމުން އަންނަ ކަމަށެވެ.
"އާއިލާއިން ތައްޔާރުވީހާ އަވަހަކަށް އޭނާގެ ހަށިގަނޑު ގައުމަށް ގެންދިއުމުގެ ކަންތައް ހަމަޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ހެނދުނު ޖޮގިން އަށް ނުކުމެ އުޅެނިކޮށް އަންހެންމީހާ މަރުވީ ޑްރައިވަރު ނިދިޖެހިފައި އިންދާ، ރޭހަށް ލެވިގެން ކޮންޓްރޯލް ނުވެ ދިޔަ ބަސް ދަށުވެގެންނެވެ. އެކްސިޑެންޓްގައި އޭނާގެ ހަށިގަނޑު އޮތީ ޗިސްވެފަ އެވެ. އެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގަ އެވެ. ބަސް ދުއްވަން އިން ޑްރައިވަރުގެ ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ތިން ދުވަސް ޖަހައިފަ އެވެ.
އެމްޓީސީސީން އިއްޔެ ބުނީ މަރުވި މީހާގެ އާއިލާ ރާއްޖޭގައި ތިބުމުގެ ކަންތައްތަކާއި ހަށިގަނޑު ގައުމަށް ގެންދިއުމުގެ ކަންތަކުގައި އެ ކުންފުނިން އެހީތެރިވާނެ ކަަމަށެވެ.
"އެ މީހުން ތިބި ހޮޓަލުގެ ކަންތައްތައް [ފައިސާގެ ކަންތައް] ހަމަޖައްސައިދޭން އަޅުގަނޑުމެން ވާނީ އެދިފައި. ދެން ހަށިގަނޑު ގައުމަށް ފޮނުވައިދިނުމުގެ ކަންތައް ހަމަޖައްސާނީ އަޅުގަނޑުމެން،" ޝާހު އިއްޔެ ވިދާޅުވިި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
09 May 2019
އެމްޓީސީސީ ހުޅުމާލޭގައި ބަސްދުއްވާ ޑުރައިވަރުންގެ އުނދަގޫ ވަރަށްބޮޑު، ދުއްވަނީ ގަވައިދާ ޚިލާފަށް މާބާރު ސުޕީޑްގައި، މިމީހުނަށް ހީވާކަހަލަ ހުޅުމާލޭގެ މަގުތައްމީ ހަމައެކަނި މިމީހުން ބަސްދުއްވަން އޮތްތަނެކޭ، ކުރިމަތީގައި ކިރިޔާ އެއްޗެއް މަޑުޖެހިލިޔަސް ބަރުގަނޑު އަޅައިގަންނަ އިރު ހީވާނީ އެހެންފަދަކަމެއްހެން، ދެންއޮތީ ތަހުގީގުގެ ވާހަކަ، ރަނގަޅުވާނީ އެވާހަކަ ނުދެއްކިއްޔާ، ފުލުހުންގެ ޕުރޮފެޝަނަލްކަމުންގޮސް ތަހުގީގުތަކުގެ ވާހަކަދެއްކޭކަށްނެތް
ހޮޓްކިންގ
09 May 2019
ނިދުޖެހުނީ ކީއްވެތޯ؟ އޭނާ ނިދިއައިސްގެން ވެއްޓޭހާ ގިނަވަގުތު ޑިއުޓީ އަދާކުރަން ޖެހުނީތޯ ނޫނީ އޮފްގަޑީގައި އޭނާއަކީ ޑްރައިވަރެއްކަން ނުވިސްނާ ރޭގަނޑުދާ ހަތަރުދަމު މަޖާނެގުމުގައި ނުނިދާ އުޅެފައި ޑިއުޓީގެ ވަގުތުގައި ނިދީތޯ؟ އެހެންކަމަށްވާނަމަ އެއީ ވަޒީފާގެ ޒިންމާއަށް އިހްމާލުވުން. ޑްރައިވަރުންނަކީ އެތައްބައެއްގެ ފުރާނައާއި ގުޅިފައިވާ ފަރާތެއް. އެފަދަ ފަރާތެއް ވަޒީފާގައި ބަހައްޓަން ހެޔޮނުވާނެ. ބަސްޑަރައިވަރުންގެ ސުލޫކީ މިންގަނޑެއް އޮންނަންޖެހޭ.
ވިސްނާގޮލާ
09 May 2019
ދުއްވިމީހާ އިނީ ހަމައިގެ ހާލަތުގައިތޯ ބަލަންޖެހޭ. މިހާރު ވަރަށް ގިނަވާނެ ޖޫސްބޯކުދިންނާ ނޭފަތުން ދަމާކުދިންނާ. ދަށުން އަލިފާން ރޯކޮށްގެން ދުންއަރުވާ ކުދިން
ކެކެ
09 May 2019
މި އެމްޓީސީސީ ޑްރައިވަރުންގެ މުސީބާތުން ގައުމު ސަލާމަތް ކުރަން ވެއްޖެ... 80 90 ގަ ދުއްވަމިންވެސް އޯވަޓޭކް ކުރަނީ.ފަރިތަކަމުން އަހަރމެންނައް ދަރިން ގޮވައގެން ބޭރައް ނުކުންނަން މިހާރު ބިރުގަނޭ.. 60 އަ ވުރެ މަޑުން ނުދުއްވާ ތާގަ ކިތަންމެ ހަނި ދޭތެރެއަކުން ވެސް ދެމިގަންނާނެ.
ނަންނޭނގޭ
09 May 2019
ޢިހްމާލުގެ ސަބަބުން މީހެއް މަރުވިކަމުގެ ދަޢުވާ ކުރެވޭނެ.
ނަވާ
08 May 2019
ދިޔަ ދޭން ޖެހޭނެ އެކަމަކު ޝަރީއަތް ކުރުމަށްފަހު ޢާއިލާއިން އެކަންއެދޭނަމަ
ނެޑް
08 May 2019
ކޮން ދިޔައެއް؟ ގަރުދިޔަ؟ މަރާލީ. ގަސްތުގައި ނޫން ނަމަވެސް މަރުގެ ޒިންމާ އުފުލަން ޖެހޭނެ.
ސަމީރާ
09 May 2019
ކާފަރެއްގެ މަރުގެ ދިޔަދޭކަށް މުސްލިމަކަށް ނުޖެހޭނެ..
ދެތަ
08 May 2019
އެނިމުނީތަ? މަރުގެ ދިޔަ ދޭކަށް ނުޖެހޭތަ?
ޒެކް ބުޝް
08 May 2019
ޑްރައިވަރު ނިދިޖެހިފައި އިންދާ، ރޭހަށް ލެވިގެން ކޮންޓްރޯލް ނުވެ ދިޔަ ބަސް ދަށުވެގެންނެވެ. އެކްސިޑެންޓްގައި އޭނާގެ ހަށިގަނޑު އޮތީ ޗިސްވެފަ އެވެ. ވަރައްފުރިހަމަ މީހަކުކުށުން ސަލާމަތް ކުރަން ތިޔަ އޮފުއެރުވުން ވވ ފުރިހަމަ
ވދފ އސދސ
08 May 2019
ލާރި ދިނީމަ ނިމުނީދޯ. ތަނެއްދޮރެއް ނުބަލަ ދުއްވީމަ ގެއްލުންވަނީ އެހެން މީހުންނަށް. ތިތާގެ ކަންކަން ރަންގަޅު ކުރާ ވާހަކަ އަދިވެސް ނުދައްކާ.
އައިމިނަ123
08 May 2019
ތި މަންމައަށް ކެތްތެރިކަން ދެއްވާށި. އެއްވެސް މަޔަކު ހިތަށް ކެތްނުވާނެ މިފަދަ ގޮތަކަށް ދަރިޔަކު ދުނިޔެ ދޫކޮށް ދާންޖެހުމުން. މީހެއްގެ އިހުމާލުން ކުށެއް ނެތް އިންސާނަކު ދުނިޔެ ދޫކުރީ ވަރަށް އަނިޔާވެރި ގޮތަކަށް.