ސިކުނޑި އިންފެކްޓްވެ ކުޑަ ދެ ކުއްޖަކު ސީރިއަސް ހާލަތުގައި

މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޗިކުންގުންޔާ ޖެހުނު ކުޑަ ދެ ކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާ އެބަ ދެއެވެ.


އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޗިކަންގުންޔާ ޖެހުނު ދެ ކުއްޖެއްގެ ސިކުނޑި އިންފެކްޓް ވެގެން ފަރުވާ ދެމުން އަންނަ ކަމަށެވެ.

އެ ދެ ކުދިންނަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ކޮށްދިނުމަށާއި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ޑޮކްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.

ޑރ. ފައިސަލް މިއަދު ކުރެއްވި ޓްވީޓް---

ޑޮކްޓަރާ ގުޅޭގޮތް ވެފައި ނުވާތީ އިތުރު ތަފްސީލް ވަނީ ލިބޭގޮތް ނުވެފަ އެވެ.

މި ދުވަސްވަރު މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި ދެ ބައްޔެއް ކަމަށްވާ ޗިކުންގުންޔާ އާއި ޑެންގީ ޖެހޭ މިންވަރު ދަނީ އިތުރުވަމުންނެވެ. އެކަން ކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މަދިރީގެ ސަބަބުން ޖެހޭ ނުރައްކާތެރި އެ ދެ ބަލި ފެތުރުން ކުޑަ ކުރުމަށް މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ކެމްޕެއިނެއް ވެސް އެޗްޕީއޭއިން ވަނީ ފަށައިފަ އެވެ.