އދ ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ހައުލިއަންގް ޒޫ ވާހަކަދައްކަވަނީ--ފޮޓޯ:ފޮރިން މިނިސްޓްރީ
18 ޖޫން 2019 - 12:19
ރާއްޖެއިން ފާޅުކަން ބޮޑު ގޮތެއްގައި ކުރިއަށްގެންދާ ރިޕޯމް އެޖެންޑާއާ މެދު ހިތްހަމަޖެހޭ ކަމަށް އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ހައުލިއަންގް ޒޫ ވިދާޅުވެއްޖެ އެވެ.
އަދުލް އިންސާފާ ގުޅޭ ގޮތުން މިއަދު ހެނދުނު މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ބޭއްވި ސެޝަންގައި، ޔޫއެންޑީޕީގެ އޭޝިއާ އެންޑް ޕެސިފިކް ރީޖަނަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވާ ޒޫ ވިދާޅުވީ، ތަރައްގީވަމުންދާ ގައުމުތަކާ އެކު އދ. އިން މަސައްކަތް ކުރަމުން އަންނައިރު އެންމެ ބޮޑަށް އިސްކަން ދެނީ ދެމެހެއްޓެނިވި ތަރައްގީ އަށް ކަމަށެވެ. ޒޫ ވިދާޅުވީ، ރާއްޖޭގެ ތަރައްގީގެ އެޖެންޑާގައި ބައިނަލްއަގްވާމީ ގޮތުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އދ. އިން ޓާގެޓްކޮށްފައިވާ ލަނޑުދަނޑިތައް ހިމެނޭ ކަމަށެވެ.
ޒޫ ވިދާޅުވީ، އަދުލް އިންސާފު ގާއިމް ކުރުމަށް މަސައްކަތް ކުރާއިރު މުހިއްމު ހަތަރު ކަމަކަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. އެގޮތުން ގާނޫނުތައް ތަންފީޒުކޮށް، މިނިވަން ޖުޑިޝަރީއެއް ގާއިމް ކުރުމާއި މިނިވަންކަމާ އެކު ފުރިހަމަ އަށް މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލީހުގެ އިތުރުން މިނިވަން މުއައްސާސާތަކުގެ ދައުރު ވަރަށް މުހިއްމު ކަަމަށް އޭނާ ވިދާޅުވި އެވެ.
"ގައުމަށް ގެންނަ ބަދަލުތަކަކީ ދެފުށް ފެންނަ ގޮތަކަށް، ހުރިހާ ފަންތިއެއްގެ މީހުންގެ މަޝްވަރާ އެކު ގެންނަ އެއްޗެއްކަން ޔަގީން ކުރަންޖެހޭ. މި ބަދަލުތަކަކީ އަމާން މާހައުލެއްގެ ތެރެއިން ގެންނަ ބަދަލުތަކަށް ހަދަން ޖެހޭ. އަދި މި ބަދަލުތަކަށް ހުރިހާ ރައްޔިތުން ހޭލުންތެރި ކުރަން ޖެހޭ،" މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ޔޫއެންޑީޕީން ތަމްސީލް ކުރެއްވި ޒޫ ވިދާޅުވި އެވެ.
ޒޫ ވިދާޅުވީ، ގައުމުގެ ތަރައްގީ އަށް ކުރާ އިންވެސްޓްމެންޓްތަކަކީ ތިމާވެއްޓަށް ގެންލުން ކުޑަ، ދެމެހެއްޓެނިވި ތަރައްގީއަކަށް ހެދުމަށް އިސްކަން ދޭންޖެހޭ ކަމަށެވެ. ރާއްޖޭގެ ތަރައްގީ އަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދ. އިން ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގައި ޕްރައިވެޓް ސެކްޓަރާއި ވިޔަފާރީގެ މާހައުލާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެ އެވެ. މި ފޯރަމްގައި 35 ގައުމަކުން 130 އަށް ވުރެ ގިނަ މީހުން ބައިވެރިވެ އެވެ. މި ފޯރަމްގައި ސަރުކާރުގެ ކެމިނެޓްގެ މިނިސްޓަރުންނާއި އިސްވެރިން ވަނީ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން ވާހަކަދައްކަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނު
18 June 2019
މިހާރު ވެރިކަމު ގަ ތިބިމީހުން ކުރަނި ރީފޯމް ކުރިން ކުރި ތިންބާރު ވަކި ވެފަ އޮތް އިރު އެއްބާރުން އެނަށް ބާރަ އަރައިގަތުމަށް.ކަލޭމެން ރޫހޭ ބަޔަކު މިހާރުގެ ވެރިކަމުގަ ތިބިތީ ކަލޭމެން ނަށް އެވާނި ރި ފޯމް ކުރުމަށް..މީ އަރަތެއް ނުން.ހަމަ ކަޝަވަރުން އެމީހުން ބުނެތެވެ އަހަރުމެން މީ އިސްލާހު ކުރާ ބަޔަކިމުވެ.
ޒިބްރާ
18 June 2019
ޒޫއަށް އަދި ނޭނގެނީ އެމްޑީޕީން އިންސާފޭ ކިޔައިގެން ހަގީގަތުގަ އުޅެނީ ކޮންކަމަކަށްކަން. އެއީ އެމީހުން ބޭނުންވާ ގޮތަށް ހުކުމް ނެރޭނެ ފަނޑިޔާރުގެއެއް. އަދި ޖޭއެސްސީއަށް ނެތް ބާރުންވެސް ކަންކަން ނިންމޭނެ ދުވަހެއް އައިމަ މަޖްލިސް މެޖޯރިޓީގެ ބޭނުންކޮށްގެން ހިތުހުރި ކަމެއް ކޮށްލުމަށް އިންސާފޭ ކިޔަން އުޅެނީ. ޑީީޑީ ސަސްޕެންޑްވިއަސް ދެން ހުރި މީހަކު ސަސްޕެންޑްވިއަސް ޗާޓުން ބޭރުން ބޭނުންވާ ހުކުމް ނެރުމަކީ އިންސާފު.
ރަދީފުއްދީނުލް އަކްބަރު
18 June 2019
ގައުމު ފުޑާލިޔަސް އެޖެންޑާ ރަގަޅުކަމަށް އ.ދ އުން ބުނާނީ. ބައްލަވާ އިރާގު ލީބިޔާ.
މޯރޑިސް
18 June 2019
ޒޫ އަށް ބުނެލަންއޮތީ ތި ވަޑައިގަނެވުނީ ޒޫ އަށޭ. މި ތާނގަ ހަމައެއް ލަމައެއް ނޯންނާނެ. ގަދަ އެތި ބަލިއެތި ފަހާ ދުވެ މަރާ ކާލާނީ. ދެން ބައެއް ދޫނިތައް އުދުހިފަ ސަލާމަތަށް އެހެން ސަހަރުތަކަށް ދާނީ. މިއީ މޯރޑިސް
ޑރ.އަހުމަދު ނާސިހު/ކެނަޑާ
18 June 2019
މޯރޑިސް' ތިފާޑަށް އުޅެގެން ހަމަ ދާނީ ހަންގަނޑު މިސަރުކާރު ކިބިއްޔެ އެޅިޔަކޭވެސް ޑަރުހީނުވާނެ އަދި ހަމަ އެއާއި އެކު ބުނަލަން ބޭނުން ތަޢުލީމެއްނެތް އެކުޓިވިސްޓުން މިސަރުކާރުގެ މަސަލް ވަރުގަދަ ކުރަންބޭނުންނުވޭ ވަޒީފާތައްދޭކަށެއް، އެއަށްތުރެން ބޮޑަށް ފުރިފައި އަދި ފުދިގެން އެތިބީ...
ރަދީފް
18 June 2019
ތިބުނި ގޮތަށް ކަންކަން ހިނގަނީ ޖަންގަލީގަ އަދި ކަނޑު އަޑީގަ.އެހެންވީމަ ؟؟؟