ކައުންސިލް ހިންގުމުގެ ކަންކަން ރަނގަޅުކުރުމަށް ގދ. ތިނަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އައްސަދަށް 30 ދުވަހުގެ މުއްދަތެއް ދޭން އެ ކައުންސިލުން މިއަދު ފާސްކޮށްފި އެވެ.
ނޯޓިސް ދީ އެކަންކަން ރަނގަޅު ނުވެއްޖެ ނަމަ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ވެސް ވަނީ ނިންމައިފަ އެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ.
ތިނަދޫ ކައުންސިލްގެ ފަސް މެމްބަރުން ވެސް ނިސްބަތްވަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށެވެ.
އެނގިފައިވާ ގޮތުގައި ކައުންސިލް މެމްބަރުކަމަށް ދެ ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި އައްސަދުގެ މައްސަލަތައް ރަނގަޅުކުރަން ކައުންސިލުން މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި ކަންކަމުގައި އެކަށީގެންވާ ވަރަށް މަޝްވަރާނުކުރުމާއި އިސްނުނެގުން ފަދަ މައްސަލަތައް ހިމެނެ އެވެ.