މިދިޔަ އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ހަފުލާގެ ތެރޭގައި އޭރުގެ ހޯމް މިނިސްޓަރު އުމަރާއި ރައީސް ޔާމީން ސަލާމްކުރައްވަނީ
19 ސެޕްޓެމްބަރ 2016 - 10:52
ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި މަކަރުހެދުމުގެ ފުރުސަތެއް މިފަހަރު ނުދޭނެ ކަމަށާއި ޕްރައިމަރީ ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން ވެސް އެބަ އޮތް ކަމަށް އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން، ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށް ފަހު އުމަރު ވަނީ އިއުލާންކުރައްވައިފަ އެވެ. އަދި ޕްރައިމަރީއަކާ ނުލައި، ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދޭން ޕީޕީއެމް ކައުންސިލްގެ ގިނަ އަދަދެއްގެ މެމްބަރުން ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެންނެވުމުން އެކަމާ އުމަރު ވަނީ، މިނިސްޓަރަކަށް ހުންނެވި އިރު ވެސް، ދެކޮޅު ހައްދަވައިފަ އެވެ.
އިއްޔެ އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕްރައިމަރީގައި އޭނާ އަށް ތާއީދުކޮށްދޭން އެދި ޕީޕީއެމްގެ މެމްބަރުންނަށް އެސްއެމްއެސް ފޮނުއްވާފައިވާ ކަމަށެވެ. އެ މެސެޖްގައި އޮތީ "ޕީޕީއެމް ޕްރައިމަރީ 2018 ގައި އުމަރު ނަސީރު އަށް ތާއީދުކޮށްދެއްވާ. ގައުމަށް ބޭނުމީ ތެދުވެރިއެއް. ބޭނުމީ އުމަރު،" މިހެންނެވެ.
"މިހާރު"އާ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ޔާމީން ކާމިޔާބުކުރެއްވުމުން، ޕާޓީ ތެރޭގައި އުމަރަށް އޮތް ތާއީދު ކުޑަވެގެންދާނެ ކަމަށެވެ. ނަމަވެސް އޭނާ އަށް ތާއިދުކުރި މެމްބަރުންގެ ސަޕޯޓު ބޭސް އަދިވެސް ވަރަށް ވަރުގަދަ ކަމަށް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ޕީޕީއެމްގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ 30،000 މެމްބަރުންނަށް ވެސް މެސެޖު ފޮނުއްވާފައިވާނެ ކަމަަށެވެ. އަދި އެކަހަލަ މެސެޖް ފޮނުވަން އިއުތިރާޒުކުރީ ފަންސާހަށް ވުރެ މަދު ބައެއް ކަމަށް އުމަރު ވިދާޅުވި އެވެ.
"ތިރީސް ހާސް މީހުންނަށް މެސެޖުކުރިއިރު 50 އަށް ވުރެ މަދު މީހުން ނެގެޓިވްވީ. އެއީ ވަރަށް ހާޑްކޯ މީހުން. އެތައް ބަޔަކަށް މެސެޖުކުރި އިރު އެ މެމްބަރުން އަދިވެސް އެ ތިއްބެވީ އަޅުގަނޑާ އެކު،" އުމަރު ވިދާޅުވި އެވެ.
Today I requested all PPM members via SMS, for their support. Very pleased with the overwhelming positive response. pic.twitter.com/uBbA3HwhCM
— Umar Naseer (@UmarNaseerPPM) September 18, 2016
މެމްބަރުންނަށް އުމަރު ފޮނުއްވި މެސެޖާ އެކު ކުރެއްވި ޓްވީޓް
އެންމެ ފަހުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމުން ބޭއްވި ޕްރައިމަރީގައި ވާދަކުރެއްވީ ވެސް ރައީސް ޔާމީނާއި އުމަރެވެ. އެކަމަކު ރައީސް ޔާމީނަށް ޕާޓީގެ ޓިކެޓު ލިބިވަޑައިގެންނެވީ ވޯޓަށް "މަކަރުހައްދަވައިގެން" ކަމަށް އޭރު ވެސް އުމަރު ތުހުމަތުކުރެއްވި އެވެ.
"މިފަހަރު މަކަރެއް ނުހެދޭނެ. އެ ފުރުސަތެއް ނުދޭނަން،" އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕީޕީއެމްގެ ނައިބު ލީޑަރަކަށް އޭނާ ހުންނެވި އިރު މެމްބަރުންނަށް މެސެޖުކުރައްވަމުން ގެންދެވި ކަމަށެވެ. އެކަން ހުއްޓާލެއްވީ 2013 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއަށް ފަހު ކަމަށް ވިދާޅުވި އެވެ.
އެ ޕްރައިމަރީގެ ކަންތައް ދިޔަ ގޮތާ މެދު ފާޑުކިއުއްވައި، އަމަލްތައް ބެހެއްޓެވި ގޮތުން އުމަރު ޕީޕީއެމުން ވަކި ވެސް ކުރި އެވެ. އޭނާ ރައީސް ޔާމީންގެ ކެމްޕޭނާ ގުޅިވަޑައިގަތީ، ފުރަަތަމަ ބުރުގައި ތާއީދުކުރެއްވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ބަލިކުރައްވައި، ރައީސް ޔާމީން ދެ ވަނަ ބުރަށް ވަޑައިގެން، ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެކޮޅަށް ނުކުންނެވުމުންނެވެ.
އުމަރަކީ އަބަދުވެސް ނަޝީދާ ވަރަށް ދެކޮޅު ބޭފުޅެކެވެ.
"އަޅުގަނޑު އަނެއްކާވެސް މިކަން މިފެށީ. މި [ޕާޓީގެ މެމްބަރުންނަށް މެސެޖުކުރަން] ފެށީމަ ޔަގީންވެއްޖެ ކުރީގައި އަޅުގަނޑަށް އޮތް ސަޕޯޓު އަދިވެސް އެބަ އޮތްކަން،" އުމަރު ވިދާޅުވި އެވެ.
"އެ ޕްރައިމަރީގައި އޮޅުވާލުންތަކެއް ހިނގިއަސް މާލޭގެ ފޮށީގެ ތިން ބައިކުޅަ ދެ ބައި ކާމިޔާބުކުރީ އަޅުގަނޑު. އެހެންވީމާ ވަރަށް ބޮޑު ސަޕޯޓެއް އެބަ އޮތް މާލޭގައި ވެސް."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޭމް
21 September 2016
މި ވެސް ގޭމެއް. ސަމް ޕީޕަލް ކޭން އަންޑަސްޓޭންޑް ދިސް.
ކާފަގަންޑު
20 September 2016
ބަލަ،ތިޔަހައްދަވަނީ ކިހިނެއްތޯ ކުރިމައްޗެެއް 2018ނުލައްވާނަމޭބުނުއްވީމަ އަޅުގަންޑު މިހުރީ ރައިސްޔާމިންއާ އެކުގަ ދެންތިކަމެތްވާކައް
ކައްޓި ހިތްވަރު
20 September 2016
ކޮށްބަލަ ،،،މީހަކު ބުނީތަ ނުކުރާށޭ...ދެރަވަރު ދެން..
މާލިމީ
20 September 2016
އުމަރަށް ސަލާމް. މައުމޫނާއު ޔާމީނު ވަކިވާނެ ދުވަހެއް ނާންނާނެ. ކުޑަކޮށް ތަޅުވާލީމަތާ އެގޭނީ ކުނިހޮވާލަން. މިހާރު އެބަދޭ ކުނި ހޮވެމުން. ވަކިވަރަކަށް ވެރިކަމާ ހިތާވީމަ ހެދޭނީ މޮޔަ. އެބައި އެދަނީ ކުޔަށް. ދެން ބަލަން ތިބެންވީ.
ސުލްތާން
19 September 2016
ވަރަށް ސިމްޕަލް... # ކޮންމެ ގޮތަކުންވެސް ކާމިޔާބު ވެއްޖެއްޔާ .. އިންތިހާބު ވަރަށް އިންސާފުވެރި # ނާކާމިޔާބު ވެއްޖެއްޔާ... ވަރަށް ހަޅޭއްލަވާފަ ބުނާނެ ކޯޓޭ ... ދެޓްސް އޯލް ފޯލްކްސް (ސިޔާސީ ކާޓޫނު)
ހަރުގަނޑު
19 September 2016
ޖަހާހާ ބެރަކަށް އެނބުރޭ ބުމަރެއް މިގައުމަކަށް ބޭނުމެއްނުވޭ. މަގާމާ ޖާހަތުގެ ބޭނުމުގައި ގައުމުވިއްކާލި އިރު ދެކޮޅަށް ތެދުވަން ނުކެރުނުމީހާ ވަޒީފާއިން ބޭރު ކުރީމައި ފަހަތުގައި ހުރެގެން ކުކުރާނެކަމެއްނެތް....ފުދިއްޖެ.
ސިންތިލީ ވޫމް
19 September 2016
ޕްރައިމަރީ ކާމިޔާބުކުރިޔަކަކަސް ދިވެހިން ގެ ވެރިކަމެއްނުލިބޭނެ. ތިޔަހާފަސޭހަޔެއްކޮ.
ޙަސަން
19 September 2016
ޢުމަރު ހަމަގައިމުވެސް ވައްކަމެއް ނުކުރާނެ! ހިންގުންތެެރި ބޭފުޅެއް
ފަޅުވެރިން
19 September 2016
ތިރީސް ހާސް މެންބަރުންނަށް އެސްއެމްއެސް ފޮނުވިކަމަށް ދޮންޖޭމު ޢުމަރު ބުނާއިރު، އޭނަ ހީކުރަނީ ދެންތިބި އެންމެންނަކީވެސް ހަމަ އޭނަ ފަދަ ބޯނުބައި މީހުންކަމަށްދޯ؟ 30 ހާސް މެންބަރުންނަށް މެސެޖު ފޮނުވުމަކީ ނުކުރެވޭނެ ކަމެކޭ ނޫން، އެހެން ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫން. އަދި މެސެޖެއް ލިބޭ ކޮންމެ މީހަކު އެއަށް ރައްދެއްވެސް ނުދޭނެދޯ؟ މަށަށް ބޮޑަށް ހީވަނީ މެސެޖު ފޮނުވައިގެން އުޅެނީ އެންމެ 50 މީހުންނަށްހެން. ޚުދު ޢުމަރު އެބަބުނޭ 50 މީހުން ނޫނެކޭ ބުނި ކަމަށް. އެހެންވީމާ މެސެޖު ލިބުނު އެންމެން އެބުނީ ނޫނެކޭތާ؟ މަވެސް މިއީ ޕީޕީއެމް މީހެއް، ގައިމު މަށަކަށް ތިޔަ މެސެޖެއް ނުލިބޭ! ޢުމަރުވެސް މިހާރުދެން ވެރިކަމަށް ބޫތުކައިގެން ކިއޭ ނުކިއޭވެސް ނޭނގެނީހެން ހީވަނީ. އާނ، ހަމަ ތިޔައަނގައިންވިއްޔާ ބުނީ ތިމަން 2018 ގައި ހުންނާނީ ރައީސް ޔާމީންގެ ފަހަތްޕުޅުގައޭ، ތިމަން ކުރިމަތިލާނީ 2023 ގައޭ. އެހެންވީމާ ތިޔަކަހަލަ މީހަކު ވެރިކަމަށް ލައިގެން ކިހިނެތް ރާއްޖެ ހިފަހައްޓާނީ؟ ޙައްލަކީ ޢުމަރެއް ނޫން، ޙައްލަކީ ޔާމީން. އެކަމުގެ ސާބިތުކަން ދިވެހި ރައްޔިތުން މިދަނީ ކޮންމެ ދުވަހަކު ދެކެމުން. ތިޔަކަހަލަ ސަޅިބައިސާ ކަނޑާ މީހުންނެއް ދިވެހިން ބޭނުމެއް ނުވޭ، ދިވެހިން ބޭނުންވަނީ ބަސްމަދު، ޢަމަލީ މީހުން. މަގުމަތީ މީހަކަށް ވެރިކަން ދީގެން ދިވެހިން ވަނީ ނުބައި ތަޖުރިބާއެއް ކޮށްފައި، އެތަޖުރިބާ ތަކުރާރު ކުރާކަށް ދިވެހިން ބޭނުމެއް ނުވޭ!
ހުސޭނު
19 September 2016
ޕީޕީއެމް ގެ ސަރުކާރަށް އެތިވަރު ގޮވާފަ އުމަރަށް ހީވޭތަ ޕްރައިމަރީގަ ކާމިޔާބު ވާނެހެން. އެސްއެމްއެސް ކުރަން ތިޖެހުނީވެސް ރަށަށްގޮސްގެން ރީތިފޮޓޯއެއް ނުނެގޭނެކަން އެނގޭތީ. އެހެންނޫނަސް ޕީޕީއެމް މެމްބަރުން ބޭނުންވަނީ އަންނިއަށް ގޮތް ހަދާލެވޭވަރުގެ ގަޓުހުރި މީހެއް، އުމަރުތީ އެގޮތުން ބަލާއިރު ހައްޕުނޑެންނު.