އުމަރު "މިހާރު" އާ ވާހަކަ ދައްކަވަނީ: 2018ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އޭނާ ވަނީ އިއުލާން ކުރައްވާފައި---މުހައްމަދު ޝަރުހާން/މިހާރު ފޮޓޯ
20 ސެޕްޓެމްބަރ 2016 - 12:58
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ އިތުރު ކެންޑިޑޭޓަކު ނެތް ނަމަ، އެ އިންތިހާބުގެ ތައްޔާރީތައް ޕާޓީގެ ތެރޭގައި ފެށުމަށް ޝައުގުވެރިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ފޮނުއްވި ސިޓީއެއްގައި އުމަރު ވިދާޅުވީ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށް، ރިޔާސީ ލީޑަޝިޕްއާ ހަވާލުވުމުގެ ޝައުގުވެރިކަން ސިޓީއަކުން މީގެ ކުރިން ވެސް އެ މަނިކުފާނަށް އޭނާ އަންގާފައިވާނެ ކަމަށެވެ. އެކަމަކު ސިޓީ ފޮނުވިތާ ތިން މަސް ވާއިރު ވެސް، ޕާޓީގެ އެހެން މީހަކު، އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފައި ނުވާތީ އިންތިހާބުގެ ތައްޔާރީތައް ފެށުމަށް އެދިވަޑައިގަންނަވާ ކަމަށް އުމަރު ވިދާޅުވެފައި ވެ އެވެ.
"[ރިޔާސީ] ޓިކެޓަށް އެހެން ބޭފުޅަކު ޝައުގުވެރިވެ ވަޑައިގަންނަވާ ނަމަ ޕްރައިމަރީގައި ވާދަކުރުމަށް އަޅުގަނޑު ތައްޔާރަށް ހުރި ވާހަކަ ދަންނަވަމެވެ." ޓްވިޓާގައި އުމަރު އާންމު ކުރެއްވި ސިޓީގައި ވެ އެވެ.
ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ދިނުމަށް އެ ޕާޓީގެ ކައުންސިލްގެ ގިނަ މެމްބަރުންތަކެއް ވަނީ ލިޔުމަކުން މައުމޫނަށް ހުށަހަޅައިފަ އެވެ.
އެކަމަކު އެ ގޮތަށް އަމަލު ކުރައްވަން އެ މަނިކުފާނު ބޭނުންފުޅުނުވާކަން ދޭހަވާ ގޮތަށް މައުމޫން ވަނީ ޕާޓީގެ ކައުންސިލް މެމްބަރުންނަށް އެސްއެމްއެސްތަކެއް ކުރިން ފޮނުއްވައިފަ އެވެ. އެ މެސެޖުގައި މައުމޫން ވިދާޅުވެފައިވަނީ ޕާޓީގެ މަސްލަހަތު ހިފަހައްޓައި އެއްބައިވަންތަ ޕާޓީއެއްގެ ގޮތުގައި ދަމަހައްޓައި ރައްޔިތުންގެ މަގްބޫލްކަން އިތުރުކުރެވޭނީ ޕާޓީގެ ހުރިހާ ކަމެއް ވެސް އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލްގެ މަތިން ގެންގޮސްގެން ކަމަށާއި އަސާސީ ގަވާއިދުން ބޭރުގައި އެއްވެސް ކަމެއް ކުރިއަށް ނުގެންދިޔުމަށެވެ.
ރައީސް ޔާމީނާއި އުމަރު ސަލާން ކުރައްވަނީ: ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓް ހޯދުމަށް ރައީސް ޔާމީނާ ކުރިމަތިލާން އެހެން ބޭފުޅަކަށް ކެރިވަޑައިނުގަންނަވާނެ ކަމަށް އުމަރު ވިދާޅުވި.---ފޮޓޯ: ރައީސް އޮފީސް
ޕީޕީއެމްގެ އަސާސީ ގަވާއިދުގައި ވަނީ ރިޔާސީ އިންތިހާބުގައި ޕާޓީން ވާދަކުރާ ކެންޑިޑޭޓް ކަނޑައަޅާނީ ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީގައި ނަގާ ސިއްރު ވޯޓަކުން ކަމަށެވެ.
މައުމޫނަށް އުމަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޕީޕީއެމްގެ އާއްމު މެމްބަރުންގެ ރޫހު ހުރީ އާ ރިޔާސީ ކެންޑިޑޭޓަކާއެކު 2018ގެ އިންތިހާބަށް ނުކުތުމަށް ކަމަށެވެ. އަދި ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ އެތައް ކަމެއް ހިނގަމުންދާތީ، އިދިކޮޅު ޕާޓީން އެކަމުގެ ސިޔާސީ ފައިދާ ނަގައި، އިންތިހާބަށް ތައްޔާރު ވަމުން އަންނަ ކަމަށް ވެސް ސިޓީގައި ވިދާޅުވެފައި ވެ އެވެ.
"މިއަދުގެ މިހާލަތުގައި ޔާމީންގެ ލީޑާޝިޕްގެ ދަށުން 2018އިގެ އިންތިހާބަށް ނިކުމެއްޖެ ނަމަ، ސިޔާސީ ބައިވެރިއަކު ނެތި މުޅިން އެކަނިވެރިވެ، ޕީޕީއެމް ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެތީ އަޅުގަނޑު ނުހަނު ކަންބޮޑުވަމެވެ،" އުމަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާރީ
14 January 2017
އުމަރު ނަސީރަކީ ޤައުމަށާއި ދީނަށް ވަރަށް އިޚްލާޞްތެރި ލީޑަރެއް ، ކުރިއަށް ވަޑައިގަންނަވާ އިރާދަކުރެއްވިއްޔާ ކާމިޔާބު ކަށަވަރުވާނެ ، 2018 ގަ ޤައުމަށް ބޭނުންވަނީ ފަސްބައި ހަޑިވެފައި ނުވާ އިޚްލާޞްތެރި ވެރިއެއް
ތެދު
21 September 2016
މި ފަހަރު އަހަރެން ގެންނާނައް ގިނެސް ވޯލްޑް ރެކޯރޑް ފޮތުގެ މީހުްން... އެންމެ ގިނަ ފަހަރު ވާދަކޮއް، އެންމެ މަދު ވޯޓް ލިބުން މީހަކައް އުމަރު ވާންވާނެ 2018ގަ... ހަމަ ގައުމަގެން ކުރިޔައް... މި ފުރުސަތުގަ ފާޙަގަ ކޮއްލަން، އުމަރަކީ ވަރައް ކެރޭ ގަޓް އަދި ފިޓް މީހެއްކަން.. އަދި ހަމަ ފާރަތަކާ ހުރިހާ ގެމަައެއްގެ ވެރިޔާ...
ސަރާށަރު
20 September 2016
މިހާރު ކޮންމެމީހަކުވެސް ބޭނުންވާނެ މައުމޫނުގެ ތާއީދު އެކަމަކު މަގާމުލިބޭއިރަށް މައުމޫނު މަތިހަނދާނުވާނެ
ދޮންބެ
20 September 2016
އުމަރަށް ދަންނަވަން އޮތީ އެހެން މީހަކަށް ނުބަލާ ރާއްޖޭ އުތުރަށާއި ދެކުނަށް ދަތުރު ކުރައްވާ ކެމެޕޭނު މެކުހަށް ޖަހާށޭ .. އަދި ކޮންމެ ރަށެއްގައިވެސް އުމަރުގެ ކޭމްޕެއް ހައްދަވާށޭ.. ޔާމީނަށް ސަޕޯޓެއް ނެތޭ .. ޔާމީނަށް ތާޢީދު ކުރާ މަދު ކޯޑިނޭޓަރުން ކޮޅުވެސް ފަހު ވަގުތު ދެކޮޅަށް ކިރެން ފަށާނޭ ..ވަގުތަކީ ވަރަށް މުހިއްމު އެއްޗެކޭ .. ޔާމީނަށް ވުރެ އުމަރުގެ ސްޕީޑު މާބާރުވާނޭ ... ޑޯޓުޑޯ ޖައްސަވާށޭ .. އާދައިގެ ރައްޔިތުންގެ ޙާލު އަޙްވާލު ބައްލަވާށޭ ...
ހަސަދު
20 September 2016
އުމަރު ރައީސް، ރީކޯ ނައިބު ރައީސް، ދެން ގައުމޯ.....
އަހުމަދު
20 September 2016
ރައީސް ޔާމީންވަނީ ޕީޕީއެމް އެޕާޓީގެ އާންމުމެމްބަރުންނާ ދުރުކޮށްފަ. ޕާޓީއާ އާންމުމެމްބަރުންނާ ގާތްކުރެވޭނީ އުމަރަށް. އެހެންވީމާ އުމަރު ކުރިއަށް ނެރުމަށް ތާއީދު.
ތުއްތުބޭބެ
20 September 2016
ރައްޔިތުންނަށް ހަރާންކޯރު މީހުން ރައްޔިތުންނަށް އެގޭނެ . ކުރިންތެދުވެރިކަމާއެކު ޙަީގަތަށް ވާހަކަދައްކާ ފަހުން މަޤާމްގެއްލިދާނެތީ މުޅިން އިދިކޮޅަށް ވާހަކަދެއްކުމުން އެގެނީ ތެދުވެރިކަމެއް ނެތްކަން ޔަޤީން
އިއްސެ
20 September 2016
އުމަރަށް ތާޢީދު ޕްރައިމަރީ ބާއްވޏްޖެހޭނެ. އަދި ފެއިލްވެ ވަޑައިގަތަސް އެއަށް އުމަރު ވެސް އިޙްތިރާމް ކޮށް ގުޅިގެން މަސައްކަތް ކުރުމށް ގޮވާލން.
އައްޑޫ ރަދުން
20 September 2016
އުމަރުއައް މިފަހަރު ވަރަށް އުނދަގޫވާނެ ތިކަމާއިގެން ކުރިޔަށްދާން ސަބަބަކީ ކުރީފަހަރު ކީހުރިޙާ އެއްޗިއްސަކީ ނުސީދާވާހަކަތަކެށް ކަމަށް އުމަރު އެއްބަސްވެފައިވާތީ އާއި އެއީ ހަގީގަތެއް ނޫންކަމަށް ދޭހަވާގޮތަށް ސީދާ އެއްބަސްވެފައިވާތީ މިފަހަރުގެ ކެމްޕެއިންގައި ޔާމިނުއާއި ދެކޮޅަށް ދައަކާވާހަކައަށް ލިބޭނީ ފިނި ނޫނީ ވަރަށް ފިނި ތަރުހީބެއް.އަދި އުމަރު އިސްތިއުފާ ދިންސަބަބު އުމަރަށް އިނގޭހާލު ތިކަމާއިގެން ކުރިއަށް ދާތީ މިހިރީ ބުނާނެ އެއްޗެ ނޭގިފަ.ދެން ހިސްޓްރީއައް ބަލާނަމަ މައުމޫނުގެ ބެކިން ޔާމިނުނޫން އެހެންމީހަކަށް ނުލިބޭނެ މައުމޫނުގެ ބޭފުޅުން ކުރިމަތިނުލާހާ ހިނދަކު. މައުމޫނުގެ ސަރުކާރުގަ ޔާމިނުއަށް އަބަދުވެސް ބާރުއޮވޭ.އުމަރުއައް ނުވިސްނޭ ތަންކޮޅަކީ އެއީ ބޭބެ އާއި ކޮއްކޮކަން.
މުގާބޭ
20 September 2016
މީހަފެ ހުވަފެނެއް ތެރޭގާ އުޅޭ މީހެއްތަ؟