ސިފައިންގެ ވަޒީފާ އިން ވަކިކުރި ނައުޝާދަށް ވަޒީފާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި

ސިފައިންގެ ވަޒީފާ އިން ވަކިކޮށްފައިވާ ސާޖެންޓް ނައުޝާދު އަލީގެ ވަޒީފާ އިޔާދަކޮށް ދިނުމަށާއި ވަޒީފާ އިން ވަކި ކުރި ތާރީހުން ފެށިގެން މިއަދާ ހަމައަށް އޭނާ އަށް ލިބެން ޖެހޭ މުސާރަ އާއި އިނާޔަތް 14 ދުވަހުގެ ތެރޭގައި ދިނުމަށް ޑިފެންސް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން އަނެއްކާ ވެސް މިއަދު ހުކުމްކޮށްފި އެވެ.


ނައުޝާދު ސިފައިންގެ ވަޒީފާ އިން ވަކިކޮށްފައި ނޮވެމްބަރު 24، 2013 ގަ އެވެ.

މި މައްސަލާގައި ނައުޝާދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާ ގުޅިގެން އޭނާ އަށް ވަޒީފާ އަލުން ދިނުމަށް ސިވިލް ކޯޓުން އޮކްޓޯބަރު 28، 2014 ގައި ވެސް ޑިފެންސް މިނިސްޓްރީގެ މައްޗަށް ހުކުމްކޮށްފައިވެ އެވެ.

އެހެން ނަމަވެސް އެ ހުކުމާ އެއްގޮތަށް ނައުޝާދަށް ވަޒީފާ ދީފައި ނުވާތީ އާއި ހައި ކޯޓްގައި އިސްތިއުފާނު ކުރަން ހުށަހެޅުމުން އެކަން ބަލައިގެންފައި ނުވާތީ ސިވިލް ކޯޓަށް ލިބިދޭ ބާރުގެ ދަށުން އަލުން ނައުޝާދަށް ވަޒީފާ އާއި މުސާރަ ދިނުމަށް މިއަދު ސިވިލް ކޯޓުން ކުރި ހުކުމްގައިވެ އެވެ.

ހުކުމްގައި ބުނެފައި ވަނީ ނައުޝާދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައަށް ބަލާ އިރު، ސިވިލް ކޯޓްގެ ގަޟިއްޔާގެ ހުކުމް ތަންފީޒު ކުރުމުގެ ގޮތުން ބެލިފައިވާ އެ ކޯޓްގެ ގަޟިއްޔާގެ ހުކުމް އިސްތިއުނާފު ކުރަން ހައި ކޯޓަށް ހުށަހެޅުމުން އިސްތިއުނާފު ކުރުމުގެ ހުއްދަ ދީފައި ނުވާ ކަމަށެވެ.

އަދި ހައި ކޯޓްގެ ނިންމުން ރިވިއު ކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނިންމުން ރަނގަޅު ނޫން ކަމަށް ބަލަން ޖެހޭ އަސާސެއް އޮތް ކަމަށް ބެލެވެން ނެތް ކަމަށް ނިންމާފައިވާތީ އަލުން ނައުޝާދަށް ވާޒީފާ ދިނުމަށާއި މުސާރަ އާއި އެލަވަންސް ދިނުމަށް ހުކުމް ކުރާ ކަމަށް ގަޟިއްޔާގައިވެ އެވެ.