އާރުޑީސީގެ އެމްޑީއަކަށް އައްޔަންކުރެއްވި މޫކޭ-- ފޮޓޯ: ފޭސްބުކް
މަގު ބެލެހެއްޓުމުގެ މަސައްކަތްތަކަށް އުފައްދާފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް މޫސާ އަލި މަނިކް (މޫކޭ) ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު އައްޔަންކުރައްވައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޖޫން މަހު އުފެއްދެވި ކުންފުނީގެ ބޯޑަށް މިވަގުތު އައްޔަންކުރައްވާފައިވަނީ މޫކޭ އެކަންޏެވެ. ނަމަވެސް އިތުރު ދެ ޑިރެކްޓަރުން އައްޔަންކުރުމުގެ މަސައްކަތް ޕްރައިވަޓައިޒޭޝަން ބޯޑުންކުރަމުން އަންނަ ކަމަށް މޫކޭ "މިހާރު" އަށް ވިދާޅުވި އެވެ.
އޭނާ ވަނީ މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވައިފަ އެވެ. ނަމަވެސް ގާނޫނީ ދާއިރާއިން ޑިގްރީ ހާސިލްކުރައްވާފައިވާ މޫކޭ ވަނީ އެ އިންތިޚާބުން ނާކާމިޔާބުވެވަޑައިގެންފަ އެވެ.
އާރުޑީސީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ރަށްރަށުގެ މަގުތައް ރަނގަޅު ފެންވަރަށް ހަދައި، އެ ތަންތަން ބެލެހެއްޓޭނެ ގޮތެއް ހަމަޖެއްސުމެވެ. އަދި ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން އެއް ރަށާއި އަނެއް ރަށް ގުޅުވާލަން ހަދާ ބްރިޖްތައް ތަރައްގީކޮށް އެ ތަންތަން ބެލެހެއްޓުން ވެސް ހިމެނެ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުން ފެށިގެން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) ގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން ސަރުކާރުން ހިންގި އެވެ. ނަމަވެސް، ރާއްޖޭގެ އެކި ރަށްރަށުގައި މަގު ހެދުމުގެ އިތުރުން ފުޓުބޯޅަ ދަނޑާއި ނަރުދަމާ އެޅުމުގެ މަސައްކަތް ވެސް ކުރަމުން ދިޔަ އެމްއާރުޑީސީ، ޔާމީންގެ ވެރިކަމުގައި މިދިޔަ އަހަރުގެ ކުރީކޮޅު ވަނީ އުވާލައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޭއޭބީ
13 October 2019
މޫކޭ އޯކޭ މައްސަލަ އަކީ މަޑުއްވަރީ ގޮނޑި ގެއްލުވާލީމަ
ކޮޑަސޮރު
12 October 2019
މިފަހަރު މުޅި މަޑުއްވަރީގަ ތާރުއަޅާނެ ދައުރު ނިމެންވާއިރަށް ކަޅޮތެޔޮ ނަމަވެސް ހާކާނެ
ލީލާ
11 October 2019
ފެންވަރެއް ނެތް ހޮވުންތަކެއް
އަލީ12
11 October 2019
ތީތި ސަޅި? އިންތިޚާބުން ނާކާމިޔާބު ވީމަ ޕާރޓީ ކުދިންނަށް ދޭ ހަދިޔާ ދޯ؟؟؟
ޢާލިއާ
11 October 2019
މޫކޭ އަކީ ފައްޔާޒު އަދި ޝަހިންދާގެ ޅިޔަނެއް.
ހިހި
12 October 2019
ޙާދައެނގޭ ޢާލިޔާ
ވަކިފަރާތަކަށް ނުޖެހޭ
11 October 2019
ޕްރައިމަަރީ އިން ބަލިވާ އެންމެނަށް އެމްޑީގެ މަގާމް ބޭނުން.
ރުވާ
11 October 2019
މަރުހަބާ! ތަފާތެއް ދައްކާލާތި.
އިޒްވީނާ
11 October 2019
އަހަރެންނަކީ ފައިނޭންސްގެ ދާއިރާއިން މާސްޓަރ ހަދާފައިވާ މީހެއް. ވަޒީފާއެއް ނުލިބޭތާ 2 އަހަރުވެއްޖެ. 25 ށް ތަނަށް އެޕްލައިކުރިން. ގިނަ ތަންތަނުން ޝޯޓްލިސްޓްވެސް ނުވޭ. ޝޯޓްލިސްޓްވެގެން އިންޓަރވިއުއަށް ދާ ތަންތަނުންވެސް ބަލަނީ ކޮން ޕާޓީއެއްތޯ. އަދި ވަކި އާއިލާއަކަށް ނިސްބަތްވާތީ ވަޒީފާ ދޭން ޖެހިލުންވޭ.
އަލީ12
11 October 2019
ޕާރޓީ އަށް ދީފަ ބާކީ ވިއްޔާ ފަހަރެއްގަ ލައްވާލަފާނެ...
ޙި ހި
12 October 2019
ޔާމިނު ވެސް މަށަށް ހެދިގޮތްތީ ހަމަ
ޭއޭބީ
13 October 2019
ވަޒީފާ ނުލިބެނީ ކަންކަމުގައި ފަރުވާކުޑަވެ ކަންނެއްވީމަ
ރމަޑުއްވަރީ
11 October 2019
މޫކޭގެ ސަބަބުން މަޑުއްބަރީ ދާއިރާގެ ގޮނޑި އެމްޑީޕީ އަށް ގެއްލުނީ މީނާ ޕްރްއިމަރީ އިން ބަލިވީމަ އާދަމް ޝަރީފް އާއި ޑީލްހެދީ ކިހާސަޅި މީ ފައްޔާޒުގެ ބާރު.
އިިސްމާލު
11 October 2019
އެމް.އާރު.ޑީ.ސީ އަށް ބޭނުންވަނީ ލޯޔަރެއްތަ؟ މުޅި ރާއްޖޭގައި އަތްފުނާ އަޅައިގެންވެސް ވިޔަފާރިކުރަން އަދިި ހިިނގަން ދަންނަ ސިވިިލް އިންޖިިނިިއަރެއް ނުލިބުނުތަ؟ މަގު ހަދަން ހިިސާބު އިިލްމު ވަރަށް މުހިންމުވާނެ! ކަމުގެ އަމަލީ ތަޖުރިިބާ ނުހުންނަ މީހުންނަށް މަތީ މަޤާމުތައް ދިނީމާ އޮޤްތިސޯދު ދަނީ ދަށަށް!
އަލީ-12
11 October 2019
ބަލަ އިންތިހާބުން ޕާޓީ ކުއްޖާ ބަލިވީމަ ޖެހޭނެ ނޫންތަ ހަދިޔާ ދޭން...