ހިތަދޫ ޕޮލިސް ސްޓޭޝަން: ހިތަދޫގައި މިދިޔަ ހުކުރުދުވަހުގެ ރޭ ހިންގި މާރާމާރީއާ ގުޅިގެން ދެ މީހަކު ރޭ ހައްޔަރުކުރި.--- ފޮޓޯ: ޕޮލިސް
26 ސެޕްޓެމްބަރ 2016 - 15:13
އައްޑޫ ހިތަދޫގައި މިދިޔަ ހުކުރު ދުވަހުގެރޭ ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ރޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ ދެ ފިރިހެނެކެވެ. އެމީހުންގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.
މި މާރާމާރީގައި ފަސް މީހަކު އަނިޔާވި އެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް ސީރިއަސް ޒަހަމެއް ނުލިބޭ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަވާޒު
27 September 2016
މަހެއުކަން. ތެވެރިން ހައްޔަރަކޮށްފެއި އެއްދޮރުން ވަދުވަފެއި އެނެއް ދޮރުން ނުކުންމަލާށިޔެ. މަ ބެނާކައް ބަހައް ނެތް