މޫދުގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މާލެހިޔާ، 1، އަހްމަދު އަނީސް ޑިންގީން ފުންމާލީ ދަތުރުމަތީގައި ސަކަރާތް ޖެހުމުގެ ތެރޭގައި މަޖަލަކަށް ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
އުމުރުން 33 އަހަރުގެ އަނީސް ފުންމާލީ ޑިންގީއެއްގައި މާލެ އިން ތިލަފުއްޓަށް ދަނިކޮށް ގުޅީފަޅު ބައްތި ކައިރިންނެވެ. އޭނާ އެކު ޖުމްލަ 10 މީހުން ޑިންގީގައި ތިއްބެވެ.
މެންދުރުފަހު 15:16 ހާއިރު ފެށި ދަތުރުގެ ތެރެއިން އަނީސް ފުންމާލި ކަމުގެ ރިޕޯޓާ އެކު އެމްއެންޑީއެފުގެ ޑައިވަރުންގެ މަސައްކަތުން އޭނާ ފެނުނީ 44 މީޓަރު އަޑިންނެވެ.
އަނީސް މަރުވި ހާދިސާ ހިނގި ގޮތް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އޭނާ ފުންމާލީ މަޖަލަކަށް ކަމަށް ފުލުހުން އާއްމުކުރީ، ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތުން ކަމަށް އެތަނުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަނީސްގެ އިންސްޓަގްރާމްގައި ހުރި ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާ އަކީ މޫދަށް ފަރިތަ މީހެކެވެ. މަސް ދަތުރުތަކުގައި ނަގާފައިވާ ގިނަ އަދަދެއްގެ ފޮޓޯ ހުއްޓެވެ. މަހަކާ އެކު މޫދުގައި އޮތް ފޮޓޯއެއް ޕޯސްޓުކޮށްފައިވާ އިރު، އެ ފޮޓޯ އިން ފެންނަނީ ފީނާ ކިޓުގައި އޮއްވަ އެވެ. މޫދު އަޑީގައި އޮއްވައި ނަގާފައިވާ ގިނަ ފޮޓޯތަކެއް ވެސް ހުއްޓެވެ. އެ ފޮޓޯތަކުން ބެލެވޭ ގޮތުގައި އަނީސް އަށް ފަތަން އެނގެ އެވެ.
އޭނާގެ ޖަނާޒާ މިރޭ ފަތިސްނަމާދަށް ފަހު އާސަހަރާ މިސްކިތުގައި ބާއްވާގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.