ތިނަދޫގައި މާރާމާރީ ހިންގި ދެ މީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.


ފުލުހުން ބުނީ މާރާމާރީގައި، 25 އަހަރުގެ ފިރިހެނެއްގެ އަތަށް ވަޅިއަކުން ހަމަލާ ދީފައިވާ ކަމަށެވެ. އެ މައްސަލަ ހުށަހަޅާފައި ވަނީ ރޭ 11:00 ހާއިރު ކަމަށެވެ. މާރާމާރީ ހިންގި ކަމުގެ ތުހުމަތަށް ދެ މީހަކު ހައްޔަރުކުރީ ރޭ 12:30 ހާއިރު ކަމަށާއި އެއީ 26 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މި މާރާމާރީގައި ޒަހަމްވި ޒުވާނާ އަށް ފަރުވާދެމުން އަންނަނީ އެ ތިނަދޫގައި ހުންނަ ޑރ. އަބްދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.